Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައޫދީ ވަލީއަޙުދު އިންޑިޔާއަށް

ސައޫދީ ވަލީއަޙުދު އަންނަމަހު އިންޑިޔާ އަށް ދަތުރުފުޅެއް ކުރައްވަނީ

24 އޮކްޓޯބަރު 2022 | ހޯމަ 02:16

މުހައްމަދު ބިން ސަލްމާން އިންޑިޔާ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިންޑޮނިޝިޔާ އަށް ކުރައްވާ ދަތުރުފުޅެއްގެ ކުރިން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 24 އޮކްޓޯބަރު 2022 | ހޯމަ 02:16
ސައުދީ ވަލީއަޙުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން

ސައުދީ ވަލީއަޙުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ސައޫދީ ވަލީއަޙުދު މުހައްމަދު ބިން ސަލްމާން އަންނަމަހު އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ.

މުހައްމަދު ބިން ސަލްމާން އިންޑިޔާ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިންޑޮނިޝިޔާގެ ބާލީގައި އޮންނަ ޖީ ޓްވެންޓީ ގައުމުތަކުގެ ވެރިންގެ ސަމިޓު ބައްދަލުވުމަށް ވަޑައިގެންނެވުމުގެ މަގުމަތީގައެވެ.

އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި މުހައްމަދު ބިން ސަލްމާން ނޮވެމްބަރު 14 ވަނަ ދުވަހު އިންޑިޔާ އަށް ވަޑައިގެން ނަރެންދުރަ މޯދީ އާ ބައްދަލުކުރެއްވުމަށްފަހު އިންޑޮނީޝިޔާ އަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ދެ ބޭފުޅުން އެކުއެކީގައެވެ.

ޖީ-ޓުވެންޓީ ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 15 އިން 16 އަށް އިންޑޮނީޝިޔާގެ ބާލީގައެވެ.

އޭގެ ކުރިން، ދަތުރު ނުކުރެއްވުމަށް ޑޮކްޓަރުން ލަފާއަރުވާފައިވާތީ ނޮވެމްބަރު އެއްވަނަ ދުވަހު އަލްޖީރިޔާގައި އޮންނަ އަރަބި ސަމިޓުގައި ސައޫދީގެ ވަލީއަޙުދު ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ބުނެ އަލްޖިރާގެ ރިޔާސަތުން ވަނީ، ބަޔާނެއް ނެރެފައެވެ. މިބަޔާނުގައި ބުނެފައިވާ ގޮތުން އަލްޖީރިޔާގެ ރައީސް އަބްދުލްމަޖީދު ތަބޫން އަށް ފޯނު ކުރައްވައި ސައޫދީ ވަލީއަޙުދުވަނީ އަރަބި ސަމިޓުގައި ބައިވެރިވެ ވަޑައިނުގެންނެވޭތީ ހިތާމަ ފާޅުކުރައްވާފައެވެ.

އޭގެ ފަހުން ސައޫދީ ޚާރިޖީ ވުޒާރާ އިން ވެސް ވަނީ ބަޔާނެއް ނެރެ، ދެ ބޭފުޅުން ފޯނުން ގުޅުއްވި ވާހަކަ ހާމަކޮށްފައެވެ. ނަމަވެސް އަރަބި ސަމިޓުގައި ވަލީއަޙުދު ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ބުނެފައެއް ނުވެއެވެ.

އަރަބި ހެޑް އޮފް ސްޓޭޓުންގެ 31 ވަނަ ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 1ން 2އަށެވެ.

އިންޑިޔާގެ އެކްސްޓަރނަލް އެފެއާސް މިނިސްޓަރު އެސް.ޖައިޝަންކަރު މިދިޔަ މަހު ވަނީ ރިޔާޟް އަށް ދަތުރުފުޅެއް ކުރައްވާފައެވެ. އަދި މޯދީގެ ދައުވަތު ހުށަހަޅުއްވާފައިވަނީ އެ ދަތުރުފުޅުގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

ފަލަސްތީނުގެ ބޮޑު ވަޒީރު ތާރީޚީ ދަތުރުފުޅެއްގައި ގާޒާ އަށް ވަޑައިގެންފި

03 އޮކްޓޯބަރު 2017
ފަލަސްތީނުގެ ބޮޑު ވަޒީރު ތާރީޚީ ދަތުރުފުޅެއްގައި ގާޒާ އަށް ވަޑައިގެންފި
05 ސެޕްޓެމްބަރު 2017

އިންޑިޔާގެ ނޫސްވެރިޔަކު ބަޑިޖަހާ މަރާލައިފި

05 ސެޕްޓެމްބަރު 2017
އިންޑިޔާގެ ނޫސްވެރިޔަކު ބަޑިޖަހާ މަރާލައިފި
17 އޯގަސްޓު 2017

ޤަތަރުގެ 2400 ހައްޖާޖީންނަށް 4000 މީޓަރުގެ ސަރަހައްދެއް ސައޫދީން ޚާއްޞަ ކޮށްފި

17 އޯގަސްޓު 2017
ޤަތަރުގެ 2400 ހައްޖާޖީންނަށް 4000 މީޓަރުގެ ސަރަހައްދެއް ސައޫދީން ޚާއްޞަ ކޮށްފި
23 ޖުލައި 2017

ދެދުވަހުގެ ދަތުރުފުޅެއްގައި އުރުދުޣާން ގަލްފަށް

23 ޖުލައި 2017
ދެދުވަހުގެ ދަތުރުފުޅެއްގައި އުރުދުޣާން ގަލްފަށް
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
22 މާރިޗު 2017

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
07 ފެބުރުއަރީ 2017

އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

07 ފެބުރުއަރީ 2017
އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް