Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންޓަރޕޯލް 90 ވަނަ އާންމު މަޖިލިސް

އިންޓަރޕޯލް 90 ވަނަ އާންމު މަޖިލިހުގައި ކޮމިޝަނަރ އޮފް ޕޮލިސް ބައިވެރިވެވަޑައިގެންފި

އިންޓަރޕޯލް ގްލޯބަލް ކްރައިމް ޓްރެންޑް ރިޕޯޓް ލޯންޗްކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2022 | އާދީއްތަ 11:08
އިންޓަރޕޯލް 90 ވަނަ އާންމު މަޖިލިހުގައި ކޮމިޝަނަރ އޮފް ޕޮލިސް ބައިވެރިވެވަޑައިގަންނަވަނީ

އިންޓަރޕޯލް 90 ވަނަ އާންމު މަޖިލިހުގައި ކޮމިޝަނަރ އޮފް ޕޮލިސް ބައިވެރިވެވަޑައިގަންނަވަނީ

އިންޓަރޕޯލްގެ 90 ވަނަ އާންމު މަޖިލިހުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންފިއެވެ.

އޮކްޓޯބަރ 18ން 21ށް އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްގެންދިޔަ މި މަޖިލިހުގައި، މިނިސްޓަރުންނާއި ފުލުހުންގެ މުއައްސަސާތަކުގެ އިސްވެރިންނާއި އެ މުއައްސަސާތަކުން ސީނިއަރ އޮފިސަރުން ހިމެނޭހެން 166 ގައުމަކުން ބައިވެރިވެވަޑައިގަތެވެ.

Advertisement - newsAdvertisement

މި މަޖިލިހުގައި، ދުނިޔޭގެ 195 މެމްބަރު ގައުމުގެ ކުށުގެ ހާލަތާއި އެކަމާ ގުޅޭގޮތުން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ފުރަތަމަ "އިންޓަރޕޯލް ގްލޯބަލް ކްރައިމް ޓްރެންޑް ރިޕޯޓް'' ލޯންޗްކޮށްފައިވެއެވެ. އަދި ފައިނޭންޝަލް ކްރައިމް އެންޑް ކޮރަޕްޝަން ފަދަ ކުށްތައް ހުއްޓުވުމާއި، އިންޓަރޕޯލް އިންޓަރނޭޝަނަލް ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޑާޓާބޭސް މެދުވެރިކޮށް، މިފަދަ ކުށްތައް ފާހަގަކުރެވޭނެ ގޮތްތަކާއި ކުށުގެ ޝިކާރައަކަށްވާ މީހާގެ ހައްގުތައް ހިމާޔަތްކުުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި މަޝްވަރާކޮށްފައިވެއެވެ. އަދި ކުށް މަދު ވެއްޓެއް ގާއިމުކުރުމަށް ގައުމުތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި ގައުމުތައް ގުޅިގެން ކުށް މަދުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި އަދި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި މަޝްވަރާކޮށްފައިވެއެވެ.

އޭގެ އިތުރުން، އިންޓަރޕޯލް ޕްރޮޖެކްޓް ޖެމިނާއި ކާމިޔާބުކަމާއެކު ދިވެހިރާއްޖޭގައި ބޭނުންކުރަމުންދާގޮތް ވީޑިއޯ ޕްރެޒެންޓޭޝަނަކުން ވަނީ ދައްކާލާފައެވެ.

އެގޮތުން، ޓެރަރިޒަމާއި ޓްރާންސްނޭޝަނަލް ކުށްތަކުގެ ނުރައްކަލާ ދެކޮޅަށް މަސައްކަތްކުރުމުގައި، ބައިނަލްއަގުވާމީގޮތުން ކޯޑިނޭޓްކޮށްގެން ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއްކަމަށާއި، އެކަން ހާސިލުކުރެވޭނީ ބޯޑަރުތައް ހުރަސްކޮށް ފުލުހުންގެ މައުލޫމާތު ވަގުތުން ބަދަލުކުރެވިގެންކަން އެ ޕްރެޒެންޓޭޝަންގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން އިންޓަރޕޯލުން ފޯރުކޮށްދެނީ ދުނިޔޭގެ ފެންވަރުގައި ފުލުހުންގެ މައުލޫމާތު ބަދަލުކުރެވޭނެ އައު ހައްލުތަކާއި ވަސީލަތްތައްކަމާއި، ފާއިތުވި އަހަރުތަކުގައި އިންޓަރޕޯލް އެންސީބީ މާލެއާއި ދިވެހި ފުލުހުންގެ ޚިދުމަތާއި އަދި ގާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކުން ގެންދަނީ ބިއުރޯ އޮފް ކައުންޓަރ ޓެރަރިޒަމް، ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އެހީތެރިކަމާއެކު އިންޓަޕޯލް ޕްރޮޖެކްޓް ޖެމިނާއިއާ ވަރަށް ގާތުން މަސައްކަތްކުރަމުންކަންވެސް ވީޑިއޯ ޕްރެޒެންޓޭޝަނުގައި ފާހަގަކޮށްފައިވެއެވެ.

ޕްރޮޖެކްޓް ޖެމިނާއިގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކާއެކު ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް ގުޅިގެން މަސައްކަތްކުރުމުގެ މާހައުލެއް ގާއިމުވެ، ވެށީގެ އަމާންކަން އައު ހަރުފަތަކަށް ގެންދިއުމުގެ ފުރުސަތު އިންޓަރޕޯލުން ވަނީ ފަހިކޮށްދީފައެވެ.  

އެގޮތުން، 2019 ވަނަ އަހަރު އިންޓަރޕޯލް ޕްރޮޖެކްޓް ޖެމިނާއިން ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބޯޑަރ މެނޭޖްމަންޓް ސިސްޓަމާއި އިންޓަޕޯލް ކްރިމިނަލް އިންފޮމޭޝަން ސިސްޓަމް އިންޓަރގްރޭޓް ކުރުމަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދީފައެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި ކުރިއެރުވުމުގެ ފުރުސަތު ފަހިވެގެންދިޔައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު