Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިރިހުރުމަށް ކުރަމުންދާ ހަނގުރާމަ

ކޮންމެ މިނެޓަކު ނޭވާލުމަށް ކުރަނީ ހަނގުރާމަ، ދަރިފުޅުގެ އުންމީދަކީ މަންމަ އަވަހަށް ރަނގަޅުވުން

އިރާދުކުރެއްވިއްޔާ މަންމަ ވަރަށް އަވަހަށް ރަނގަޅުވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2022 | އާދީއްތަ 10:57
ނައުޝާ އާއި އޭނަގެ ދަރިފުޅު

ނައުޝާ އާއި އޭނަގެ ދަރިފުޅު

އަހަރުމެން އިންސާނުންނަކީ ކަންތައްތައް ނުލާހިކު އަވަހަށް ހަނދާން ނެތޭ ބަޔެކެވެ. އަދި ގިނަފަހަރަށް ޝުކުރުވެރިވުން ވެސް ކުޑަ ބަޔެކެވެ. މާތްﷲ އަހަރުމެންނަށް އެތައް ލުއިފަސޭހަތަކާއި ނިއުމަތްތައް މިދުނިޔެ މަތީގައި ލައްވާފައިވާއިރު ގިނަފަހަރަށް އެކަލާނގެއަށް ޒިކުރުކޮށް، ޝުކުރު ކުރުމަށް އަހަރުމެން ނުކުޅެދެއެވެ. މިކަން އިހުސާސް ވަނީ ދުނިޔެމަތީގައި އެތައް ވޭންތަކެއް ތަހައްމަލުކުރަމުންދާ މީހުންނާއި ދިމާވެ، އެމީހުންގެ ވާހަކަތައް އަޑުއިވުމުންނެވެ. ދުނިޔޭގައި ދިރިހުރުމަށްޓަކައި އެމީހުން ކޮންމެ ދުވަހަކު ކުރަން ޖެހޭ ހިތްދަތި ހަނގުރާމައިގެ ވާހަކަތައް އެނގުމުންނެވެ.

އުމުރުން 25 އަހަރުގެ ނައުޝާ އިރުޝާދަކީ ވެސް ދުނިޔޭގައި ދިރިހުރުމަށްޓަކައި މިފަދަ ހަނގުރާމެއް ކުރަމުންދާ ހިތްވަރުގަދަ މީހެކެވެ. ނައުޝާ އަކީ ކުރިން އަހަރުމެންފަދައިން، އާއިލާއާއެކު އުފާވެރި ދުވަސްތައް ވޭތު ކުރަމުންދިޔަ މީހެކެވެ. އެހެންނަމަވެސް ފާއިތުވި އެއްއަހަރު ދުވަހުގެ ތެރޭގައި ދިރިއުޅުން މިވަނީ އެފުށުން މިފުށަށް ޖަހާފައެވެ. މިދިޔަ އަހަރު ނޭވާލާން އުނދަގޫވެގެން ޑޮކްޓަރަށް ދެއްކިއެވެ. ބައެއް ޓެސްޓްތައް ހެދުމަށްފަހު ފުއްޕާމޭގެ ބައްޔެއް ހުރިކަން ނައުޝާއަށް އެނގުނެވެ. އެހެންނަމަވެސް ސީދާ އެއީ ކޮންބަޔެއްކަން ދެނެގަތުމަށްޓަކައި ފުއްޕާމޭގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ހޮސްޕިޓަލުން އިރުޝާދު ދިނެވެ.

އޭރު ވެސް ނޭވާލާން ނައުޝާއަށް އުނދަގޫވެއެވެ. ކުޑަކޮށް ހިނގާލިޔަސް މިހާ ހުންނަނީ ވަރުބަލިވެފައެވެ. ނައުޝާގެ ހާލަތު އިތުރަށް ގޯސްވާތީ ނައުޝާގެ ފިރިމީހާ ނިންމީ، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށެވެ. އެހެންކަމުން ނައުޝާ ގޮވައިގެން އިމަރޖެންސީކޮށް އިންޑިއާއަށް ފުރިއެވެ. އިންޑިއާއަށް ދިޔައިރުވެސް، އޮކްސިޖަން ލެވަލް ދަށްވެގެން ފްލައިޓް ތެރެއިން ވެސް ނައުޝާއަށް ވަނީ ފަރުވާދީފައެވެ. އިތުރަށް ހެދި ޓެސްޓްތަކުން އިންޑަސްޓްރިއަލް ލަންގް ޑިޒީޒް ހުރިކަން އެނގުނެވެ. މި ބަލި ޖެހުމުން ފުއްޕާމޭގައި ހުންނަ ޓިޝޫޓައް ވަރަށް އަވަހަށް ހަލާކުވެ، ޕުއްޕާމެއިން އޮކްސިޖަން ފޯރުކޮށެއް ނުދެއެވެ. އޭގެފަހުން ތިން ދުވަސްވަންދެން ދެ ލީޓަރުގެ އޮކްސިން ނައުޝާ ބޭނުން ކުރަން ޖެހުނެވެ. އެފަރުވާ ހޮސްޕިޓަލުން ނެގުމަށްފަހު، ގޭގައި ހުރެގެން އޮކްސިން ބޭނުންކުރެވޭ ގޮތަށް ނައުޝާ ވަނީ ގެއަށް ދޫކޮށްލާފައެވެ.

އޭގެފަހުން ވެސް ހާލަތު ގޯސްވެގެން ހޮސްޕިޓަލުގެ އައިސީޔޫގައި ނައުޝާ އެޑްމިޓް ކުރިއެވެ. އެ ވޭނު ގައި ފަސް މަސްދުވަސް ހޭދަކުރުމަށްފަހު، އަނބުރާ ރާއްޖެއަޔެވެ. އެ ފަސްމަސް ދުވަހަށް ބޭސްފަރުވާއަށް 48،000 ޑޮލަރު ނައުޝާގެ އަތުން ޚަރަދުވިއެވެ. މާލެ އައުމަށްފަހު ވެސް ނައުޝާގެ ދިރިއުޅުން އެއްކޮށް ބިނާވީ، ނޭވާލުމަށް އޮކްސިން ހޯދުމަށެވެ. ފުރޮޅުލީ ގޮނޑިއެއްގައި، މުޅި ދުވަހު އެއްކޮށް، އޮކްސިންޖް ހޯދުމަށް ބޭނުންވާ ހޮޅި އަޅައިގެން ނައުޝާ އުޅެއެވެ. އުނދަގޫވި ނަމަވެސް ނައުޝާގެ ހިތުގައި އޮތީ އެންމެ އުންމީދެކެވެ. އާއިލާއާއެކު އަދި މިދުނިޔެމަތީގައި އުފާވެރި ދުވަސްތަކެއް ހޭދަކޮށްލަން ބޭނުންވާކަމެވެ.

މި އުންމީދުގައި ހުއްޓާ، ރާއްޖޭގެ ޑޮކްޓަރުންނަށް ދެއްކުމުން ލަފާ ދިނީ، ނައުޝާ ރާއްޖެއިން ބޭރަށް ގޮސް ފުއްޕާމޭގެ ޓްރާންސްޕްލާންޓް ހެދުމަށެވެ. އެކަމަށް ތައްޔާރުވަމުން ދަނިކޮށް ނައުޝާގެ ހާލަތު އަނެއްކާވެސް ގޯސްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދިނެވެ. ރާއްޖެއިން ފަރުވާ ހޯދުމަށްފަހު ނައުޝާގެ އާއިލާއިން ފުރީ އިންޑިއާއަށެވެ. ފުއްޕާމޭގެ ޓްރާންސްޕްލާންޓް ހެދުމަށެވެ. އެތަނުން ބެލުމަށްފަހު ޑޮކްޓަރު ބުނީ ނައުޝާ ޖެހޭނީ ޑަބަލް ލަންގް ޓްރާންސްޕްލާންޓް ހެދުމަށް ކަމަށެވެ. އަދި އެއީ އޮތް އެންމެ ފަހު ގޮތްކަމަށް ވެސް ޑޮކްޓަރު ބުންޏެވެ. ނައުޝާ މިހާރު ތައްޔާރުވަމުންދަނީ ޑަބަލް ލަންގް ޓްރާންސްޕްލާންޓް ހެދުމަށެވެ. ބޭނުންވަނީ ހެޔޮ އެދޭ އެންމެންގެ ދުޢާ އާއި ދީލަތި އެހީއެވެ. ނައުޝާ ފުއްޕާމޭގެ ޓްރާންސްޕްލާންޓް ހެދުމަށް އެއްކުރި ފައިސާ ވެސް ޚަރަދު ކުރަން ޖެހުނީ އިންޑިއާއަށް ފުރުމުގެ ކުރިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ހޯދުމުން އެކަމަށެވެ. ގާތްގަނޑަކަށް އެފަހަރު ވެސް މުޅި ދަތުރަށް 45،000 ރުފިޔާ ޚަރަދު ކުރަން ޖެހުނެވެ. އެއީ އާސަންދަ ނެތް ހޮސްޕިޓަލަކަށްވުމުންނެވެ.

އާއިލާ މީހުން ދިން ފައިސާ އިންނާއި ލޯނު ނަގައިގެން ނައުޝާ މިހާރު އިންޑިއާގައި ދުވަސްތައް ވޭތުކުރަމުންދަނީ ލަންގް ޓްރާންސްޕްލާންޓް ހެދޭނެ ދުވަހަކަށެވެ. ޑޯނަރެއްގެ ފުއްޕާމެ އިންޑިއާގެ އެހެން ސިޓީއަކުން ހަމަޖެހި، ބެންގަލޫރަށް ގެންނަން 10،000 ޑޮލަރު ހޭދަވާނެއެވެ. ފައިސާގެ ގޮތުން ދަތިތަކާއި ކުރިމަތިވިނަމަވެސް ނައުޝާގެ އުންމީދަކީ އެ ފައިސާ ދާދިއަވަހަށް ހަމަޖެހިގެން ދިޔުމެވެ. މިހާރު ވެސް އޮކްސިޖަން ސިލިންޑަރަށް ކޮންމެ މަހަކު ނައުޝާގެ އަތުން 500 ޑޮލަރު ޚަރަދު ކުރަންޖެހެއެވެ.

ނައުޝާ މިފަދަ ވޭނެއް ތަހައްމަލުކުރަމުންދާއިރު އޭނާއަށް އެންމެ ފުރަތަމަ ދުވަހުން ވެސް އެހީތެރިވެދިނީ އާއިލާގެ މީހުންނެވެ. އުންމީދު ކަނޑާނުލާ ދިމާވި ކޮންމެ ގޮންޖެހުމަކާއެކު ވެސް އަނބިމީހާއާއެކު ސާބިތުކަމާއެކު، ނައުޝާގެ ފިރިމީހާ ހުއްޓެވެ. ނުނިދާ، ގައި މޮޑެލަ މޮޑެލާ ނައުޝާގެ މަންމަ ހުރީ ކިތައް ދުވަހު ކަމެއް ވެސް އޭނާއަކަށް ބުނާކަށް ނޭނގެއެވެ. ނައުޝާގެ މިވޭންތައް އެންމެ ކައިރިއިން ފެނުނު އަނެކަކީ ނައުޝާގެ އަންހެން ދަރިފުޅެވެ. އުމުރުން އެންމެ 6 އަހަރުގެ އެ ދަރިފުޅަށް މާބޮޑު އެއްޗެއް ނުވިސްނު ނަމަވެސް މަންމަގެ ހާލު އިހްސާސްވެއެވެ. މަންމަ ގާތުގައި ކޮންމެ ދުވަހަކުމެ ބުނަނީ އެއްވާހަކައެކެވެ. އިރާދުކުރެއްވިއްޔާ މަންމަ ވަރަށް އަވަހަށް ރަނގަޅުވާނެއެވެ.

އެހެންމީހުންނެކޭ އެއްފަދައިން ނައުޝާ ވެސް ބޭނުންވަނީ އާއިލާއާއެކު އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ދުވަހެއް މާތްﷲ މިންވަރު ކުރެއްވުމެވެ. މި ދުނިޔެމަތީގައި އަދި ގިނަ ދުވަސްތަކެއް އާއިލާއާއެކު ހޭދަކޮށް، ލޯބިވާ ފިރިމީހާ އާއި ދަރިފުޅު ގައިގައި ބައްދާލެވި، އަރާމު ނިންޖެއް ނިދާލެވޭނެ ދުވަހެއް ފެނިގެން ދިޔުމެވެ.

ނައުޝާގެ އެކައުންޓް ނަންބަރު:7703532478101

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު