Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރެފިއުޖީ ކޭމްޕުގައި ކޮލެރާ ފެތުރުން

ސޫރިޔާގެ ރެފިއުޖީ ކޭމްޕުތަކުން ލުބްނާންގެ ބޯޑަރު ހުރަސްކޮށް ކޮލެރާ ފެތުރުމުގެ ބިރު ބޮޑުވެއްޖެ

ލުބްނާނުން ރެކޯޑް ކޮށްފައިވާ ކޮލެރާގެ ގިނަ ކޭސްތައް ރިޕޯޓް ކޮށްފައި ވަނީ ރެފިއުޖީންގެ ގޮތުގައި ސޫރިއާގެ މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ ކޭމްޕުތަކުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2022 | އާދީއްތަ 09:34
ލުބްނާނުން ކޮލެރާގެ ފުރަތަމަ ކޭސް ރެކޯޑް ކުރީ މި ހިނގާ އޮކްޓޯބަރު މަހުގެ ކުރީކޮޅު، އެއީ ފާއިތުވީ 30 އަހަރު ދުވަހުގެ ތެރޭގައި ލުބްނާނުން ކޮލެރާ ބެކްޓީރިއާ ފެނިގެން ކުރި ފުރަތަމަ އިޝާރާތް

ލުބްނާނުން ކޮލެރާގެ ފުރަތަމަ ކޭސް ރެކޯޑް ކުރީ މި ހިނގާ އޮކްޓޯބަރު މަހުގެ ކުރީކޮޅު، އެއީ ފާއިތުވީ 30 އަހަރު ދުވަހުގެ ތެރޭގައި ލުބްނާނުން ކޮލެރާ ބެކްޓީރިއާ ފެނިގެން ކުރި ފުރަތަމަ އިޝާރާތް

އިޤްތިޞާދީ އަދި މާލީ ގޮތުން އިނދަޖެހި، ހީނަރު ކަމުގެ އަނދަވަޅަކަށް ވެއްޓި، ސާފު ބޯފެނުގެ ޚިދުމަތުން މަޚްރޫމުވެ، ހޮސްޕިޓަލުތަކުގެ ޚިދުމަތްތައް މުޅިންހެން ހުއްޓިފައިވާ ލުބްނާންގެ ކޭމްޕުތަކުގައި ދިރިއުޅެމުންދާ ސޫރިއާގެ ރެފިއުޖީންނަށް ކޮލެރާ ރޯގާގެ ބިރުވެރިކަމާ ކުރިމަތިލާން މަޖުބޫރުވެއްޖެއެވެ.

ލުބްނާނުން ކޮލެރާގެ ފުރަތަމަ ކޭސް ރެކޯޑް ކުރީ މި ހިނގާ އޮކްޓޯބަރު މަހުގެ ކުރީކޮޅުގައެވެ. އެއީ ފާއިތުވީ 30 އަހަރު ދުވަހުގެ ތެރޭގައި ލުބްނާނުން ކޮލެރާ ބެކްޓީރިއާ ފެނިގެން ކުރި ފުރަތަމަ އިޝާރާތެވެ. މިއަދު އެ ޤައުމުގައި ކޮލެރާގެ 220 ކޭސް ރަޖިސްޓަރ ކޮށްފައި ވާ އިރު، މަރުގެ 5 ކޭހެއް ވަނީ ރިޕޯޓް ކޮށްފައެވެ.

ލުބްނާނުން ރެކޯޑް ކޮށްފައި ވާ ކޮލެރާގެ ގިނަ ކޭސްތައް ރިޕޯޓް ކޮށްފައި ވަނީ، ދާޚިލީ ހަނގުރާމައިގެ ސަބަބުން އުފަން ފަސްގަނޑު ދޫކޮށް، ރެފިއުޖީންގެ ގޮތުގައި ސޫރިއާގެ މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ ކޭމްޕުތަކުން ކަމަށް، ލުބްނާނުގެ ސިއްޙަތާ ބެހޭ ވަގުތީ ވަޒީރު ފިރާޒް އަބިއާދު ވަނީ ވިދާޅުވެފައެވެ.

ޤުބް އިއްލިއާސް ސަރަޙައްދުން އެކަނިވެސް 7 ކޭސް ރެކޯޑް ކޮށްފައި ވާ އިރު، އޭގެ ތެރޭގައި ސޫރިއާގެ ކިތަން މީހުން ހިމެނޭ ކަމެއް، ނުވަތަ އަސަރު ފޯރާފައި ވަނީ ކޮންކޮން ކޭމްޕުތަކަކަށް ކަމެއް، ލުބްނާންގެ ސިއްޙަތާ ބެހޭ ވުޒާރާއިން ތަފްސީލު ކޮށްދީފައެއް ނުވެއެވެ.

ކޭމްޕުތަކުން ރޮއިޓަރޒްއާ ވާހަކަ ދެއްކި މީހުންނަށް ބަލާއިރު، އެންމެ އަންހެނެއް ފިޔަވާ އެހެން މީހުންނަކަށް ކޮލެރާ ރޯގާގެ މާ ބޮޑު ތަފްސީލެއް ނުވެސް އެނގެއެވެ.

9 ދަރިންގެ މަންމައެއް ކަމަށް ވާ ފާޠިމާ ހުޞައިން އޭނާގެ ހާލަތު ކިޔައިދިނެވެ.

ފާޠިމާ ބުނާ ގޮތުގައި، ނަޖިސް ފެން ބޭރު ކުރާ ސަރަޙައްދެއްގައި ހުރި ފެން އިސްކުރަކުން، އޭނާގެ އެންމެ ހަގު އަންހެން ދަރިފުޅު ފެން ބޯން ހުއްޓަތީ އޭނާއަށް ވަނީ ފެނިފައެވެ. އަދި ފެންވަޅުން ފެން ނުބުއިމަށް އޭނާގެ ދަރިންނަށް އިރުޝާދު ދެމުން ދާ ކަމަށް، ކަރުނަތައް ފޮހެމުން، ފާޠިމާ ބުންޏެވެ.

ރޮއިޓަރޒްއާ ވާހަކަ ދެއްކި ގިނަ ރެފިއުޖީން ބުނި ގޮތުގައި، ބަންދުކުރި ފުޅީގައި ހުންނަ ބޯފެނަށް ފައިސާ ދައްކަނީ އަމިއްލަ ޖީބުންނެވެ. ނަމަވެސް ބާޒާރުތަކުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުން ދިއުމުގެ ސަބަބުން، އެއީ އަތްފޯރާ ވަރުގެ ކަމަކަށް ނުވުން އޮތީ މާ ދުރުގައި ނޫން ކަމުގައިވެސް ވެދާނެއެވެ.

ކަން މިހެން އޮތް އިރު، ބޮޑު މަންޒަރަށް ބަލާލުން މުހިންމެވެ.

ލުބްނާންގައި ހުންނަވާ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑައިރެކްޓަރު، ޢަބްދުއްނާޞިރު އަބޫބަކުރު ވިދާޅުވީ، ކޮލެރާގެ ސަބަބުން ލުބްނާނަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ވާ ކަމަށާ، އެހެން ޤައުމުތަކަށްވެސް ބަލިމަޑުކަން ފެތުރިގެން ދިއުން ވަރަށް ގާތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
މެކްސިކޯ ބޯޑަރުގެ ކަންތަކުގައި ޓްރަމްޕް ގޮތްދޫކުރައްވަން ނިންމަވައިފި

މެކްސިކޯ ބޯޑަރުގެ ކަންތަކުގައި ޓްރަމްޕް ގޮތްދޫކުރައްވަން ނިންމަވައިފި

26 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017
ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި

21 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު