Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑެންގީ އިޖާބަ ޕްރޮގްރާމް

އެޗްޑީސީގެ "ޑެންގީ އިޖާބަ" އަށް ބޮޑު ތަރުހީބެއް، އިތުރު ޕްރޮގްރާމްތައް ބާއްވަނީ

22 އޮކްޓޯބަރު 2022 | ހޮނިހިރު 05:56

އެޗްޑީސީ އިން ވަނީ މި ހަރަކާތުގެ ތެރެއިން ފެން ހަރުލާ ގޮތަށް ހުރި ބޮޑެތި ފެންގަނޑު ފަދަ ތަންތަނަށް ކެމިކަލް އަޅާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އޮކްޓޯބަރު 2022 | ހޮނިހިރު 05:56
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ، ކްލަބް އެޗްޑީސީއިން އިސްނަގައިގެން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ޑެންގީ އިޖާބަ ހަރަކާތް ވަރަށް ކާމިޔާބު ކަމަށާއި އެފަދަ އިތުރު ހަރަކާތްތަކެއް ހިންގުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ އެ ހަރަކާތަށް ފަހު "ރާއްޖެ ޓީވީ" އާއި ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެޗްޑީސީގެ އިސްނެގުމާއި އެކު މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ހުޅުމާލެއަކީ ރައްކާތެރި ސާފު ތަނަކަށް ހެދުން ކަަމަށެވެ. ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ މަގުތަކާއި، މަގުތަކުގެ ވަށައިގެން ވާ ސަރަހައްދުގައި ހުރި ތަންތަނުގައި ފެން ހަރުލާގޮތަށް ހުރި ތަންތަން ނައްތާލާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ބާއްވާ ހަރަކާތްތަކުގައި ހުޅުމާލެ އިތުރަށް ސާފުކުރުމަށް ވިސްނުން ގެންގުޅުއްވާނެ ކަަމަށް އާތިފް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ކްލަބް އެޗްޑީސީގެ ވައިސް ޕްރެސިޑެންޓް މަރިޔަމް އަރީޝާ އަހުމަދު ވިދާޅުވީ ޑެންގީ ހުން ފެތުރުން ހުއްޓުވުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށާއި މި ހަރަކާތަށް ސަރުކާރުގެ ބައެއް އިދާރާތަކާއި، ބޭންކް އޮފް މޯލްޑިވްސް ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން، ހުޅުމާލެ ފުުލުހުންނާއި، ހުޅުމާލޭގެ ބައެއް ސްކޫލްތައް އަދި ހުޅުމާލެ ހޮސްޕިޓަލުގެ އެއްބާރުލުންލިބުނުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެ ހަރަކާތް ކުރިއަށް ދިޔައީ 9 ޒޯން އަކަށް ބަހާލައިގެން ކަަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ އާދިއްތަ ދުވަހު މުޅި ހުޅުމަލެ ފޮގްކުރުމުގެ ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަރީޝާ ވިދާޅުވިއެވެ.

މި ހަރަކާތުގެ ބައިވެރިން ވަނީ އެ ބައިވެރިންނަށް ފާހަގަކުރެވުނު ބައެއް ކަންކަން ހިއްސާކޮށްފައެވެ. އެގޮތުން ފުޅި ފަދަ ތަކެތި މަތި ނުޖަހާ މަގުމައްޗަށް އުކާފައި ހުރުމުން އޭގައި ފެން ހަރުލާ، މަދިރި އާލާވުމުގެ ފުރުސަތު ބޮޑުވާކަން ފާހަގަކޮށްފައިވެއެވެ. އަދި ހޮނިހިރު ދުވަހު ސާފުކުރި ބައެއް ތަންތަކީ އާއްމުން ދިރިއުޅޭ ސަރަހައްދުތަކާއި ވަރަށް ކައިރީގައި ހުރި ތަންތަނަށް ވުމާއި އެކު އެފަދަ ތަންތަން ސާފުކުރުމަކީ ފަރުދީ ޒިންމާ އެއް ކަަމަށް ދެކުން މުހިންމުކަން އެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

ގާތްގަނޑަކަށް 500އެއްހާ މީހުން ބައިވެރިވި މި ހަރަކާތް ކުރިއަށްގެންގޮސްފައި ވަޏީ ހެނދުނު 7 އިން 9:30 އަށެވެ. އެޗްޑީސީ އިން ވަނީ މި ހަރަކާތުގެ ތެރެއިން ފެން ހަރުލާ ގޮތަށް ހުރި ބޮޑެތި ފެންގަނޑު ފަދަ ތަންތަނަށް ކެމިކަލް އަޅާފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް