Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބޯހިމެނުން 2022

ބޯހިމެނުން 2022: ރަޖިސްޓާޑް އާބާދީގެ %89 ގުނައިފި، ރާއްޖޭގައި ދިރިއުޅޭ އާބާދީއަކީ 452،495

ރާއްޖޭގައި ދިރިއުޅެނީ 355،331 ދިވެހިންނާއި 97،164 ބިދޭސީން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2022 | ހުކުރު 02:15
މާލޭގެ މަގުމަތި

މާލޭގެ މަގުމަތި

ސެޕްޓެމްބަރ މަހުގެ 13ން ފެށިގެން ކުރިޔަށްގެންދިޔަ މިއަހަރުގެ ބޯ ހިމެނުމުގައި މިހާތަނަށް ގުނިފައިވާ އަދަދުތަކަށް ބަލާއިރު ރާއްޖޭގައި ދިރިއުޅޭ އާބާދީ އަކީ 452،495 ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފިއެވެ.

އެއިދާރާއިން ވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ގުނި އަދަދުތަކުގެ ތަފާސްހިސާބު ހާމަކޮށްފައެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ މިހާތަނަށް ގުނިފައިވާ އާބާދީއަކީ އިދާރީ ރިކޯޑުތަކުން ބަލާއިރު ރާއްޖޭގެ ރަޖިސްޓާޑް އާބާދީގެ 89 އިންސައްތަކަމަށެވެ. ރަޖިސްޓާޑް އާބާދީގެ ތެރޭގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވެސް ހިމެނޭކަމަށް އެއިދާރާއިން ބުނެއެވެ.

Advertisement - newsAdvertisement

ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދިރިއުޅެނީ 355،331 ދިވެހިންނާއި 97،164 ބިދޭސީންނެވެ. އެންމެފަހުން ބޯހިމަނާފައިވާ 2014 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އޭރު ރާއްޖޭގައި ދިރިއުޅޭ އާބާދީކަމަށް ރިކޯޑު ކުރެވިފައިވަނީ 402،071 މީހުންނެވެ. އެއީ 338،434 ދިވެހިންނާއި 63،637 ބިދޭސީންނެވެ.

އެހެންކަމުން ފާއިތުވި އަށް އަހަރުގެ ތެރޭގައި އިތުރުވެފައިވަނީ 16،897 ދިވެހިންނާއި 33،527 ބިދޭސީންނާއެކު ޖުމްލަ 50،424 މީހުންނެވެ. މިއީ އަދި ވަގުތީ އަދަދުތަކަކަށް ވުމުން މިއަދަދުތަކަށް ބަދަލުއައުމަކީ އެކަށީގެންވާކަމެކެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ ގޮތުގައި ބިދޭސީންގެ ގޮތުގައި ގުނާފައިވާ 97،164 މީހުންނަކީ އިމިގްރޭޝަންގެ ރިކޯޑްތަކުން ދައްކާ ބިދޭސީންގެ އާބާދީގެ 65 އިންސައްތައެވެ. އެހެންކަމުން މިއަދަދު އިތުރަށް ފުރިހަމަކުރުމަށްޓަކައި ވަޒީފާތަކަށް ބިދޭސީން ގެނެސްފައިވާ އެމްޕްލޯޔަރުންނާއި ގުޅިގެން ބިއުރޯއިން ދަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެއިތުރުން ވެސް ތަޅުލާފައިވާ ތަންތަނާއި ބޯހިމެނިފައިނުވާ ފަރާތަކާއި ބިއުރޯގެ ފަރާތުން ގުޅުމުން ނުވަތަ ޒިޔާރަތްކުރުމުން ދޭ އެއްބާރުލުމަށް ރިއާޔަތްކޮށް، ބޯހިމެނުމުގެ މައުލޫމާތު ފުރިހަމަ ކުރުމަށް މިވަގުތު އެންމެ އެކަށީގެންވާ ގޮތަކީ އެފަރާތްތަކާއި ގުޅައިގެން މަޢުލޫމާތު ލިބެމުންދާ މިންވަރަކުން މައުލޫމާތު ނަގަމުން ގެންދިއުންކަމަށް އާބާދީ އާ ގުޅޭ ތަފާސްހިސާބުގެ މާހިރުން ލަފާދެއްވާފައިވާތީ، މިހާރުން ފެށިގެން ނޮވެންބަރު މަހުގެ 10 ގެ ނިޔަލަށް ޕޯސްޓް އެނިއުމަރޭޝަން ކޮލިޓީ ވަޒަންކުރުމަށް ސަރވޭއެއް ވެސް ބިއުރޯގެ ފަރާތުން ކުރިއަށްގެންދާނެކަމަށް ބިއުރޯއިން ބުނެއެވެ. މިއީ ޔޫ.އެން.އެފް.ޕީ އޭގެ ސަޕޯޓާއެކު ކުރެވޭ މަސައްކަތެކެވެ.

ބޯހިމެނުން ފުރިހަމަވާނީ ހުރިހާ ފަރުދުން ހިމެނިގެންކަމުން ބޯހިމެނުމުގައި ކޮންމެ ފަރުދަކު ވެސް ހިމެނުނުކަން ޔަޤީންކުރުމަށް ބިއުރޯއިން އެދެއެވެ. އެހެންކަމުން މިހާތަނަށް ބޯހިމެނިފައިނުވާ ގޭބިސީތަކުން ބިއުރޯގެ ހޮޓްލައިން 1423 ނުވަތަ 3008400 އަށް ގުޅާ ނުވަތަ ވެބްސައިޓުގައިވާ ފޯމު ފުރިހަމަ ކުރުމަށް ވަނީ އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ހޯދުމަށް ރާއްޖެއިން ހުށައެޅި ހުށައެޅުން ޤަބޫލުކޮށްފި

އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ހޯދުމަށް ރާއްޖެއިން ހުށައެޅި ހުށައެޅުން ޤަބޫލުކޮށްފި

10 ޑިސެމްބަރު 2020
2022 ވަނަ އަހަރު ރާއްޖޭގައި ބޯހިމެނުމަށް ނިންމައިފި

2022 ވަނަ އަހަރު ރާއްޖޭގައި ބޯހިމެނުމަށް ނިންމައިފި

20 އޮކްޓޯބަރު 2020
އާބާދީގެ ނިސްބަތުން ހަނގުރާމަތަކުގައި ބައިވެރިވާން އެންމެ ގިނައިން ދަނީ ދިވެހިން

އާބާދީގެ ނިސްބަތުން ހަނގުރާމަތަކުގައި ބައިވެރިވާން އެންމެ ގިނައިން ދަނީ ދިވެހިން

17 އޮކްޓޯބަރު 2020
ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން 44 ޕަސެންޓް އިޔާދަކުރަނިވި ހަކަަތައަށް 2022 ވަނަ އަހަރު ބަދަލު ކުރެވޭނެ: ފެނަކަ

ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން 44 ޕަސެންޓް އިޔާދަކުރަނިވި ހަކަަތައަށް 2022 ވަނަ އަހަރު ބަދަލު ކުރެވޭނެ: ފެނަކަ

17 އޮކްޓޯބަރު 2020
ފަތުރުވެރިކަމުގެ ސިނާއަތަށް 48 އަހަރު، މައުސޫމްގެ އުއްމީދަކީ 2022 ވަނަ އަހަރަކީ ފަތުރުވެރިކަމުގެ އަހަރަކަށް ހެދުން

ފަތުރުވެރިކަމުގެ ސިނާއަތަށް 48 އަހަރު، މައުސޫމްގެ އުއްމީދަކީ 2022 ވަނަ އަހަރަކީ ފަތުރުވެރިކަމުގެ އަހަރަކަށް ހެދުން

03 އޮކްޓޯބަރު 2020

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު