Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންމެ ގިނައިން ޓެސްޓްކުރާ ގައުމަކީ ރާއްޖެ

"އާބާދީގެ ނިސްބަތުން މި ސަރަހައްދުގައި އެންމެ ގިނައިން ކޮވިޑަށް ޓެސްޓްކުރާ ގައުމަކީ ރާއްޖެ"

23 ޖޫން 2020 | އަންގާރަ 13:26

ޕޮޒިޓިވްވާ މީހުންނަށް އެކަށީގެންވާ ވަރަށް ފަރުވާދިނުމަށް ތައްޔާރުވެވިފައި ވާކަން ފާހަގަ ކުރެއްވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 23 ޖޫން 2020 | އަންގާރަ 13:26
ލެބޯޓްރީގައި ކޮވިޑް-19 އަށް ޓެސްޓް ކުރަނީ

ލެބޯޓްރީގައި ކޮވިޑް-19 އަށް ޓެސްޓް ކުރަނީ

ދިވެހިރާއްޖެއަކީ އާބާދީގެ ނިސްބަތުން މިހާރުވެސް މި ސަރަހައްދުގައި އެންމެ ގިނައިން ކޮވިޑް-19އަށް ޓެސްޓް ކުރެވޭ ޤައުމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކޮވިޑް-19 އަކީ ދުނިޔޭގެ ކޮންމެ ގައުމެއްގެ ސިއްޚީ ނިޒާމް ހުއްޓުވުމަކަށް ގެނުވި ހަމަލާއެއް ކަމަށާއި ހުރިހާ ގައުމަކުންވެސް މި ބައްޔާއި ދެކޮޅަށް ކުރަން ޖެހުނީ އާއު ތަޖުރިބާ ތަކެއް ކަމަށެވެ.

Advertisement - newsAdvertisement

ފަރުވާއެއް ހޯދިފައި ނުވާ މި ބައްޔާއި ކުރިމަތިލި ކޮންމެ ގައުމަކުން ވެސް ހޯދަން ޖެހުނީ އައު ގޮތްތަކެއް ކަމަށާއި، އެކަމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެންމެ ބޮޑެތި ގައުމުތަކުންވެސް އިސްތިސްނާނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެ ގައުމަކުން ވެސް ދިޔައީ އައު ހޯދުންތައް ހޯދަމުން ކަމަށާއި ރާއްޖެވެސް މި ބައްޔައި ކުރިމަތިލީ މިހާލަތުގައި ކަމަށެވެ. ރާއްޖެއިން މިހާތަނަށް ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖޭގައި މި ބައްޔަށް ޝައްކުވެގެން ފުރަތަމަ ނެގި ހަތް މީހުންގެ ސާމްޕަލްވެސް ޓެސްޓް ކުރަން ފޮނުވަން ޖެހުނީ ރާއްޖެއިން ބޭރަށް ކަމަށެވެ. ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑަށް ޓެސްޓުކުރަން ފޮނުވީ އިންޑިއާގެ ޕޫނޭއަށެވެ.

މީގެ އިތުރުންވެސް ކޮވިޑާއި ގުޅިގެން ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް އެތައް ބައެއްގެ މަސައްކަތުން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް އެކަށީގެންވާވަރަށް ފަރުވާދިނުމަށް ތައްޔާރުވެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި 41699 ޕީސީއަރު ޓެސްޓް ހެދިފައިވާ ކަމަށާއި މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް 250 އައިސީޔޫ އެނދު އަދި 655 އައިސޮލޭޝަން އެނދު ޤާއިމް ކުރެވިފައިވާ ކަމަށެވެ. މި ކުރެވުނު ބުރަ މަސައްކަތާއި އެކު ރާއްޖެ މިވަނީ އާންމު ދިރިއުޅުމަކަށް ދިއުމަށް ދެވަނަ މަރުހަލާއެއް ފަށަން ތައްޔާރުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

29 ޖޫން 2017

ފުވައްމުލަކު ކުޅީ ސަރަހައްދުގައި އަނެއްކާ ވެސް އަލިފާން ރޯވެއްޖެ

29 ޖޫން 2017
ފުވައްމުލަކު ކުޅީ ސަރަހައްދުގައި އަނެއްކާ ވެސް އަލިފާން ރޯވެއްޖެ
19 ޖޫން 2017

ކާނިވާ ސަރަހައްދުގައި އަޅާ މިސްކިތުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއްވެދާނެ: އީއައިއޭ ރިޕޯޓް

19 ޖޫން 2017
ކާނިވާ ސަރަހައްދުގައި އަޅާ މިސްކިތުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއްވެދާނެ: އީއައިއޭ ރިޕޯޓް
11 ޖޫން 2017

ކާނިވާ ސަރަހައްދުގައި ހުރި ބައެއް ކެފޭތަކައި ރެސްޓޯރެންޓްތައް ނަގަނީ

11 ޖޫން 2017
ކާނިވާ ސަރަހައްދުގައި ހުރި ބައެއް ކެފޭތަކައި ރެސްޓޯރެންޓްތައް ނަގަނީ
16 މެއި 2017

ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

16 މެއި 2017
ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
11 އެޕްރީލު 2017

ފެބްރުއަރީމަހު އެންމެ ގިނައިން ހުށައަޅާފައިވަނީ، ކުޑަކުދީންނަށް އަނިޔާ ކުރުމުގެ މައްސަލަތައް: ޖެންޑަރ

11 އެޕްރީލު 2017
ފެބްރުއަރީމަހު އެންމެ ގިނައިން ހުށައަޅާފައިވަނީ، ކުޑަކުދީންނަށް އަނިޔާ ކުރުމުގެ މައްސަލަތައް: ޖެންޑަރ
22 މާރިޗު 2017

އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ

22 މާރިޗު 2017
އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ
04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް