Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު

ވީއައިއޭގެ އާ ޓާމިނަލް ތަރައްގީކޮށް ނިންމައި، ހުޅުވާނީ 2022ގައި: އެމްއޭސީއެލް

އެއީ އެއާޕޯޓް ތަރައްގީގެ ދެ ވަނަ ފިޔަވަހީގައި މަސައްކަތެއް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 29 ޑިސެމްބަރު 2018 | ހޮނިހިރު 13:07
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ތަރައްގީކޮށް ނިންމައި، ހުޅުވާނީ 2022 ވަނަ އަހަރުގައި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެކްޓިން މެނޭޖިން ޑިރެކްޓަރ މޫސާ ސޯލިހް ވިދާޅުވެއްޖެއެވެ.

އެއާރޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ކުރިއަށްދާ ގޮތް ހޮނިހިރު ދުވަހު ނޫސްވެރިންނަށް ދައްކާލުމަށްފަހު ދެއްވި އިންޓަވިއުއެއްގައި މޫސާ ސޯލިހު ވިދާޅުވީ އާ ޓާމިނަލް ހުޅުވުން 2022 ވަނަ އަހަރަށް ލަސްވަނީ އެއާޕޯޓުގެ މަސައްކަތަކީ ހަތަރު ފަރާތަކުން ފައިސާ ހޯދައިގެން ކުރިއަށް ގެންދާ މަޝްރޫއަކަށް ވާތީ ކަމަށެވެ. ދެހާސްސޯޅަ ވަނަ އަހަރު ފެށި އެ މަޝްރޫއު ތިން އަހަރު ތެރޭގައި ނިންމައި، އަންނަ އަހަރު ޓާމިނަލް ބޭނުންކުރާ ގޮތަށް ކުރިން އޮތީ ނިންމާފައެވެ. ނަމަވެސް އެ މަޝްރޫއަށް ފައިސާ ހަރަދު ކުރުމުގައި ދިމާވި ދަތިތައް ހައްލުކޮށް، ފައިސާ ހަމަޖެހިފައި ވާތީ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

"މަސައްކަތް ނިންމާލުން ލަސްވި ނަމަވެސް މަޝްރޫއުގެ ޖުމްލަ އަގަށް ބަދަލު ނާންނާނެ ކަމަށާއި ޓާމިނަލްގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން ފަސެންޖަރުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް،" މޫސަ ވިދޅުވިއެވެ.

އެއާޕޯޓުގެ އާ ޓާމިނަލް އެޅުމުގެ މަސައްކަތަކީ އެއާޕޯޓް ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހީގައި ހިމެނޭ މަސައްކަތެކެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ. އާ ޓާމިނަލް އެޅުމުގެ މަސައްކަތް ސައޫދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ ހަވާލުކުރީ 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ހަތް މިލިއަން މީހުންނަށް، ކުރިއަށް އޮތް 50 އަހަރަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ކުރާ އެއާޕޯޓްގެ ބިޔަ މަޝްރޫއުގެ ދަށުން އާ ރަންވޭ އާއި، އޭޕްރޮން އާއި، ފިއުލް ފާމަކާއި، ކާގޯ ޓާމިނަލްއެއް ތަރައްގީކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
26 ފެބުރުއަރީ 2017

ޓައިނީ ހާޓްސްއަށް ޔުނިވަރސަލް ފައުންޑޭޝަނުން އެހީތެރިވާން ނިންމައިފި

26 ފެބުރުއަރީ 2017
ޓައިނީ ހާޓްސްއަށް ޔުނިވަރސަލް ފައުންޑޭޝަނުން އެހީތެރިވާން ނިންމައިފި
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު