Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ2022 ވަނަ އަހަރު ބޯހިމެނުން

2022 ވަނަ އަހަރު ރާއްޖޭގައި ބޯހިމެނުމަށް ނިންމައިފި

20 އޮކްޓޯބަރު 2020 | އަންގާރަ 13:25

އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައި ވަނީ 2014 ވަނަ އަހަރު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 20 އޮކްޓޯބަރު 2020 | އަންގާރަ 13:25
ރާއްޖޭގެ އާބާދީއަކީ 557،426 މީހުންގެ ތެރެއިން 40.8 އާބާދީ ދިރިއުޅެނީ ވެރިކަން ކުރާ މާލޭގައި

ރާއްޖޭގެ އާބާދީއަކީ 557،426 މީހުންގެ ތެރެއިން 40.8 އާބާދީ ދިރިއުޅެނީ ވެރިކަން ކުރާ މާލޭގައި

2022 ވަނަ އަހަރު ރާއްޖޭގައި ބޯހިމެނުމަށް ނިންމައިފިއެވެ.

ބައިނަލްއަގުވާމީ ތަފާސްހިސާބު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ސްޓެޓިސްޓިކް ބިއުރޯއިން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ 2022 ވަނަ އަހަރު ރާއްޖޭގައި ބޯ ހިމަނަން ނިންމާފައިވާ ކަން ހާމަ ކުރައްވާފައެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ 2022 ވަނަ އަހަރު ބޯހިމެނުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުން އަންނަ ކަމަށާ ބޯހިމެނުން ފުރިހަމަ ވާނީ ރާއްޖޭގެ އެންމެންގެ ވެސް ބައިވެރިވުމާ އެކުހައި ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް އެއްބާރުލުން ދެއްވުމަށް ރައްޔިތުންގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.

މިނިސްޓަރ އަސްލަމްގެ އިތުރުން ނެޝަނަލް ސްޓެޓިސްޓިކް ބިއުރޯއިން ވެސް ވަނީ ރައްޔިތުންގެ އެއްބާރުލުމަށް އެދިފައެވެ. އަންގާރަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި "ކައުންޓް މީ އިން" ގެ ނަމުގައި ލަވައެއް ވެސް ވަނީ އާއްމު ކޮށްފައެވެ.

އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައި ވަނީ 2014 ވަނަ އަހަރު އެވެ. އޭރުގެ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޖުމްލަ އާބާދީ އަކީ 402،071 ނަމަވެސް ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ހޯދުންތައް ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ އާބާދީއަކީ މިހާރު 557،426 މީހުންނެވެ.

މީގެ ތެރެއިން 40 އިންސައްތަ އާބާދީ މާލޭގައި ދިރިއުޅެމުން ދާއިރު، މާލެސިޓީގައި 227،486 މީހުންގެ އާބާދީއެއް އެބައޮތެވެ. މާލެ އޮންނަ ކ. އަތޮޅުގެ އާބާދީ ހިމަނައިފިނަމަ، އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ މާލެ އާއި މާލެ ކައިރި ރަށްރަށުގައެވެ.

އަތޮޅުތެރޭގެ ރަށްތަކަށް ބަލާއިރު އެންމެ އާބާދީ ބޮޑީ އަދިވެސް އައްޑޫ ސިޓީގައެވެ. އެ ސިޓީގެ އާބާދީއަކީ 26,635 އެވެ. ދެވަނައަށް އެންމެ އާބާދީ ބޮޑީ ހދ. އަތޮޅުގައެވެ. އެ އަތޮޅުގައި 23،157 މީހުން ދިރިއުޅެމުން އަންނައިރު، އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަނީ އުތުރުގައި އޮތް ހަމައެކަނި ސިޓީ ކަމުގައިވާ ކުޅުދުއްފުށީގައެވެ.

އައްޑޫ ސިޓީ (ސ. އަތޮޅު) އާއި ހދ. އަތޮޅު ނޫން އެހެން އަތޮޅުތަކަށް ބަލާއިރު، ތިން އަތޮޅެއްގައި 20،000 އިން މަތީގެ އާބާދީއެއް އޮވެއެވެ. އެއީ ބ. އަތޮޅު (21،145 މީހުން)، ރ. އަތޮޅު (20،297 މީޙުން) އަދި އދ. އަތޮޅު (20،248 މީހުން) އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ދައްކާ ގޮތުން ހއ. އަތޮޅުގައި 17،389، ނ. އަތޮޅުގައި 16،706، ށ. އަތޮޅުގައި 15358، ޅ. އަތޮޅުގައި 14،370، ގއ. އަތޮޅުގައި 14،616، ގދ.އަތޮޅުގައި 15،445، އއ. އަތޮޅުގައި 13،638، ތ. އަތޮޅުގައި 11،496، ދ. އަތޮޅުގައި 10،635، ޏ. އަތޮޅު (ފުވައްމުލައް ސިޓީ) 9،873، މ. އަތޮޅުގައި 6،747، ފ. އަތޮޅުގައި 5،941 އަދި ވ. އަތޮޅުގައި 2،688 މީހުންގެ އާބާދީއެވެ. އެންމެ ކުޑަ އާބާދީއެއް އޮތީ ވ. އަތޮޅުގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް