Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިކުރީ ހަނގުރާމަ

ޤައުމިއްޔަތަށް މިއަދު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފިކުރީ ހަނގުރާމަ - ރައީސް

ދިވެހި ޤައުމިއްޔަތުގެ ބުންޔާދަކީ، އިސްތިޢުމާރީ އަޅުވެތިކަމުން މިންޖުވުމަށްޓަކައި، އުތީމު ތިން ބެއިންނާއި ދެ ޙާޖީންނާއި ދަންޑެހެލުގެ ފަހަތްޕުޅުގައި، ހިތްވަރުގަދަ ދިވެހިން ކުރި މަތިވެރި ޖިހާދު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 އޮކްޓޯބަރު 2022 | ބުރާސްފަތި 18:18
ރައީސް ޞާލިހް ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ޞާލިހް ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ޤައުމިއްޔަތަށް މިއަދު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފިކުރީ ހަނގުރާމަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ދިވެހި ގައުމާއި މުހާތަބުކުރައްވާ ވާހަކަފުޅުއްދަކަވަމުންނެވެ.

ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ޤައުމިއްޔަތާ މެދު ވިސްނައި ފިކުރު ކުރުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި މިހާރު ކުރަންޖެހެނީ ކޮން ކަމެއްތޯ ބަލަންޖެހޭނެ ކަމަށާއި، ޤައުމިއްޔަތަށް ހުރި ގޮންޖެހުންތަކާއި ހުރަސްތަކަކީ ކޮބައިތޯ ދެނެގަންނަން އެބަޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ މިއަދު އަޅުގަނޑުމެން ފަޚުރުވެރިވާ ދިވެހި ޤައުމިއްޔަތުގެ ބުންޔާދަކީ، އިސްތިޢުމާރީ އަޅުވެތިކަމުން މިންޖުވުމަށްޓަކައި، އުތީމު ތިން ބެއިންނާއި ދެ ޙާޖީންނާއި ދަންޑެހެލުގެ ފަހަތްޕުޅުގައި، ހިތްވަރުގަދަ ދިވެހިން ކުރި މަތިވެރި ޖިހާދު ކަމަށެވެ. އެ ޖިހާދުގެ އާރަކީ، ވަޒަނުގެ އަހުލުވެރިން އީމާންވެގެން ތިބި އެއްކައުވަންތަކަމުގެ ޢަޤީދާއާއި، މި ފަސްގަނޑާ މެދު އެބައިމީހުންގެ ހިތުގައި އޮތް ލޯބި ކަމަށެވެ.

ރައީސް ވިދާޅުވީ ޤައުމިއްޔަތަށް މިއަދު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފިކުރީ ހަނގުރާމަ ކަމަށެވެ. އެ ހަނގުރާމައިން ދިފާޢުވެ، ޤައުމިއްޔަތު ދިރުވުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި އުފައްދަންވީ ޤައުމީ ލޯބި ކަމަށާއި ޅަދަރިންގެ ހިތްތަކުގައި އަށަގަންނުވަންވީ ޙުއްބުލް ވަޠަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ޤައުމު ދެކެ ތިމާ ލޯބިވާންވީ، އެ ޤައުމުން ތިމާއަށް ލިބޭ މަންފާއަކަށްޓަކައި އެކަންޏެއް ނޫން ކަމަށާއި، ޤައުމު ދެކެ ލޯބިވާންވީ، އެ ބިމަކަށް ތިމާ އުފަންވީތީ، އެ ފަސްގަނޑަށް ތިމާ ނިސްބަތްވީތީ، އަދި އެ ވަޒަނެއްގައި ތިމާގެ ވަންހައާއި ނަސްލު ދެމިއޮތަތީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ހަމައިން ޤައުމަކާ މެދު ދެކެން ފަށައިފި ނަމަ، އެ ޤައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި ޤައުމިއްޔަތަށް ވުރެ އަގުމާތް ޖައުހަރެއް ނޯންނާނެ ކަމަށެވެ. އަދި ޤައުމިއްޔަތެއް ދިރުވައި އާލާކުރުމުގެ ހަކަތައަކީ، އެބައެއްގެ މެދުގައި އޮންނަ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ކަމަށެވެ.

އަޅުގަނޑުމެން އުޅެމުން މިދަނީ ލާމެހިފައިވާ ދުނިޔެއެއްގައި ކަމަށާއި، އެހެން ޤައުމުތަކާ އެކުގައި ހަރުދަނާ ބަދަހި ގުޅުމެއް ދެމެހެއްޓުމަކީ ވެސް ޤައުމިއްޔަތު ދިފާޢުކުރުމަށްޓަކައި ހަމަ އެހާމެ ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަޅުނޑުމެންގެ މެދުގައި ޤައުމީވަންތަކަމާއި ޤައުމިއްޔަތުގެ ރޫޙު ދެމެހެއްޓުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް ކަމަށެވެ. އަދި އަޅުގަނޑުމެން އެންމެން މިއަދު އުޅެމުން މިއަންނަނީ ފުރިހަމަ މިނިވަންކަމާއި ޙައްޤުތައް ވެސް ލިބިގެން ކަމަށެވެ. ހުޅުވައިލެވިފައިވާ ޑިމޮކްރެޓިކް ޖައްވެއްގައި، ޑިމޮކްރެސީއެއް ދެމެހެއްޓުމުގައި ވެސް އެންމެ މުހިންމު ކަމަކީ، ޤަނޫނީ އިމުގެ ތެރެއިން ކަންކަން ކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު