Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލެޓާއި ބިން ދޫކުރުން

ފްލެޓާއި ބިން ދިނުމުގައި ވަކި ބަޔަކު ދޭ ލިސްޓަކަށް މި ސަރުކާރަކުން ނުބަލާނެ: ރައީސް އޮފީސް

ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ސުންގަޑި ވަނީ ހަމަވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2022 | ބުރާސްފަތި 09:27
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

މިފަހަރު ފްލެޓާއި ބިން ދޫކުރެވިގެންދާނީ ވަކި ބަޔަކު ނުވަތަ ވަކި ތަނަކުން ފޮނުވާ ލިސްޓަކަށް ބަލާފައެއް ނޫން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ ގޮދޮރުވެރިން ޕްރޮގްރާމުގެ ތެރެއިން ހިންގާ ބިންވެރިޔާ ސްކީމާއި ފްލެޓަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެރޭ 11:59 ގައެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންނަށް މިތަންތަން ހަވާލުކުރާާނެ މުއްދަތާ ގުޅޭގޮތުން ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޓައިމްލައިނާ އެއްގޮތަށް އެ މަސައްކަތް ނިމި ފްލެޓްތަކަށް މީހުންނަށް ވަދެވޭ ވަރު ވާނެ ކަމަށެވެ. ފްލެޓުތައް ރައްޔިތުންނަށް ލިބިގެންދާއިރު އިތުރަށް އެކަމާ ގުޅޭގޮތުން ސުވާލުކުރާނެ ފުރުސަތެއް ނޯންނާނެ ކަމަށާއި، އެތަންތަން ދޭއިރު، ވަކި މީހަކު ނުވަތަ ވަކި ތަނަކުން ފޮނުވާ ލިސްޓަކަށް ނުބަލާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ މިއީ ވަކި ޕްލޭނެއްގެ ދަށުން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އިތުރު ޝަކުވާއަކާ ނުލާ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމަވާނެ ކަމުގެ ޔަގީންކަން މިއުވާން ވަނީ ދެއްވާފައެވެ.

ބިންވެރިޔާ ސްކީމާއި ފްލެޓަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީއިރު 35،861 ފޯމު ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 2 ކޮޓަރީގެ ފްލެޓުތަކަށް އެދި ކުރިމަތިލާފައިވަނީ 6،208 މީހުންނެވެ. އަދި 3 ކޮޓަރީގެ ފްލެޓުތަކަށް އެދި 14،489 މީހުން ކުރިމަތިލާފައިވާއިރު، ބިންވެރިޔާ ސްކީމަށް 15،164 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ފޯމުތައް އިވެލުއޭޓުކޮށް ޕްރޮސެސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. ހުރިހާ މަސައްކަތެއް ކުރިއަށް އޮތް 3 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދުކުރާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މާލެއިން ގޯތި ނުދޭތާ އެތަކެއް އަހަރުވެފައިވާ އިރު، ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބިން ދޫކުރުމަށް ނިންމާ، އެކަމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. އެގޮތުން ހުޅުމާލެއިން 1000 ގޯތި، އަދި ގުޅީފަޅުން 2000 ގޯތި މިބުރުގައި ދޭނެއެވެ. ޖުމްލަ 5000 ގޯތި ދެއްވާނެކަމަށް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. މީގެ އިތުރުން މާލެ މީހުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން 4000 ފުލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު