Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމާޝަލް ލޯ ހިންގުން

ޔޫކްރެއިނުން ހިފި 4 ސަރަހައްދުގައި ރައީސް ޕޫޓިން މާޝަލް ލޯ އިއުލާން ކުރައްވައިފި

ހަތަރު ސަރަހައްދު އެއްކޮށްލުމަކީ އަނބުރާ އިއާދަނުކުރެވޭނެ ބަދަލެއްކަމަށް ޕޫޓިން ވިދާޅުވެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2022 | ބުދަ 17:06
ވްލަޑިމިއަރ ޕޫޓިން

ވްލަޑިމިއަރ ޕޫޓިން

ގަދަބާރުން ޔޫކްރެއިނުން ހިފި ހަތަރު ސަރަހައްދު ރަޝިޔާއާ ގުޅާލިތާ ދެތިން ހަފުތާއަށްފަހު އެސަރަހައްދުގައި މާޝަލް ލޯ ހިންގެވިކަން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އިއުލާން ކުރައްވައިފިއެވެ. ޕޫޓިން މިކަން އިއުލާންކުރައްވާފައިވަނީ ރަޝިޔާގެ ސެކިއުރިޓީ ކައުންސިލަށް، ޓީވީ މެދުވެރިކުރައްވައި ފޮނުއްވި އެންގެވުމެއްގައެވެ. އަދި މިކަން ހިންގުމަށް ބޮޑުވަޒީރު މީޚާއިލް މިޝުސްތިން އިސްވެ ހުންނަވައި ޚާއްސަ ކޯޑިނޭޓިންގ ކައުންސިލެއް އުފެއްދެވުމަށްވެސް އަންގަވާފައިވެއެވެ.

ރަޝިޔާއާ އެއްކޮށްލިކަމަށް ދައުވާކުރާ ޑޮނެސްކް، ލުޚާންސްކް، ޚަރސަން އަދި ޒަޕޮރީޒިޔާ އެއްކޮށްލި ކޮށްލުން ބަލައިނުގަންނާނެކަމަށް ބުނެ އެއަމަލު ކުށްވެރިކޮށް، އދ.ގެ ސަލާމަތީ މަޖިލީހުންވެސް ވަނީ ގަރާރެއް ފާސްކޮށްފައެވެ. މިގަރާރަށް 143 ގައުމުން ތާއީދުކޮށްފައިވެއެވެ.

އަނެއްކޮޅުން ޔޫކްރެއިނާ ދެކޮޅަށް ކުރިއަށްގެންދާ ހަނގުރާމާގައި ބުދަ ދުވަހުވެސް އިތުރު މިސައިލް ހަމަލާތަކެއް ދިނުމުގެ ސަބަބުން ތިން މީހުން މަރުވެފައިވެއެވެ. ނަމަވެސް ހަނގުރާމާގައި ރަޝިޔާއަށް ލިބެމުން ދަނީ ނާކާމިޔާބާއި ގެއްލުންކަމަށް ޚަބަރުތައް ބުނެއެވެ.

ރައީސް ޕޫޓިން ވިދާޅުވާގޮތުގައި، އެއްކޮށްލެވުނު ހަތަރު ސަރަހައްދުގައި މާޝަލް ލޯ ހިންގުމުން އެސަހައްދުތަކަށް ހަމަޖެހުން އައިސް އިގުތިސާދު ހަމައަކަށް އެޅޭނެއެވެ. ނަތީޖާއެއްގެ ގޮތުން ޔޫކްރެއިންގައި ހިންގަމުންގެންދާ "ޚާއްސަ މިލިޓަރީ އޮޕަރޭޝަން"އަށް ކަންކަން ފަހިވެގެންދާނެކަމަށް ޕޫޓިން ވިދާޅުވެފައި ވެއެވެ.

މާޝަލް ލޯ ހިންގުނުކަން އިއުލާންކުރެއްވުމުގެ އެއްދުވަސް ކުރިން އަންގާރަ ދުވަހު، ރަޝިޔާ ސަރުކާރުގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވަނީ އެއްކޮށްލެވުނު ހަތަރު ސަރަހައްދު ވަނީ ރަޝިޔާގައި ހުރި ނިއުކްލިއަރ ހަތިޔާރުގެ ހިމާޔަތުގެ ދަށުގައިކަމަށް ބުނެފައެވެ. އަދި މި ހަތަރު ޓެރިޓަރީއަކީވެސް އަނބުރާ ދޫ ނުކުރެވޭނެ، ރަޝިޔަން ފެޑަރޭޝަންގެ ބައެއް ކަމަށާއި، ރަޝިޔާގެ އެހެން ސަރަހައްދުތަކެކޭ އެއްފަދައިން އެ ހަތަރު ސަރަހައްދުވެސް ހިމާޔަތްކުރެވިގެން ވާނެކަމުގައި ތަރުޖަމާނު ބުނެފައި ވެއެވެ.

ސެޕްޓެމްބަރު މަހުގެ ތިރީސްވަނަ ދުވަހު ރަޝިޔާއިން ހަތަރު ސަރަހައްދު އެއްކޮށްލާފައިވަނީ އޭގެ ކުރިން އާންމު ޚިޔާލު ހޯދުމަށް ވޯޓުލުމުގެ ހަތަރު ބުރެއްވެސް ބާއްވާފައެވެ. ނަމަވެސް މިއީ ހަމައެކަނި ނަމަކަށް ބޭއްވި ވޯޓެއްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ހަތަރު ސަރަހައްދު ރަޝިޔާއާ ގުޅާލިކަން އިއުލާންކުރެއްވުމަށް ދެއްވި ތަގުރީރުގައި ރައީސް ޕޫޓިންވެސް ހުޅަނގަށް އިންޒާރު ދެއްވަމުން ވިދާޅުވެފައިވަނީ، އެއްކޮށްލުމަކީ އަނބުރާ އިއާދަނުކުރެވޭނެ ބަދަލެއްކަމަށެވެ. އަދި ޔޫކްރެއިންގެ އަސްކަރިއްޔާއިން ހަތިޔާރު ބަހައްޓައި އަމާންދިނުމުގެ ވާހަކަތަކަށް އައުމަށް ގޮވާލައްވާފައިވެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
29 ޖެނުއަރީ 2017

ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު