Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެސްއެމްއީ ހަބް

އެސްއެމްއީ ހަބްގެ ކިއޮސްކްތަކަށް ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އަންނަ އަންގާރަ ދުވަހުގެ މެންދުރު 2:00އާ ހަމައަށް ވަނީ މުއްދަތު އިތުރުކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2022 | ބުދަ 16:46
ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް

ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ން ތަރައްގީކުރާ އެސްއެމްއީ ހަބުން ކުދި ވިޔަފާރިތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްތަކަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން މި އަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމައިފައިވާ ހަބެކެވެ.

Advertisement - newsAdvertisement

އެ ކުންފުނިން ކުރިން ބުނެފައިވާގޮތުގައި، ކިއޮސްކުތަކަށް އެދުމުގެ ފުރުސަތު ބުރާސްފަތި ދުވަހު ހަމަވާނެއެވެ. ނަމަވެސް ބުދަ ދުވަހު ކުރި އިއުލާނެއްގައި އެ ކުންފުނިން ބުނީ، ކިއޮސްކުތަކަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ މެންދުރު 2:00އާ ހަމައަށް އިތުރުކޮށްފައިވާކަމަށެވެ.

ބީސީސީން މިފަދަ ހަބެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ، އެކި ދާއިރާތަކުން ވިޔަފާރިކުރާ ފަރާތްތަކަށް މާކެޓް އެކްސެސް ހޯދައިދިނުމާއި، މި ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުންކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން ފުރަތަމަ ފަންގިފިލާގެ ކިއޮސްކުތައް ޚާއްސަކުރެވިފައިވަނީ ކާބޯތަކެތި ތައްޔާރުކޮށް، ވިއްކާ ފަރާތްތަކަށެވެ.

އެލައިޑް ބިލްޑިންގުގެ 3 ފަންގިފިލާގައި ތަރައްގީކުރަމުން އަންނަ އެސްއެމްއީ ހަބަކީ މޯލެއްގެގޮތުގައި ތަރައްގީކުރާ ތަނެކެވެ. އެތަނުގެ ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ.

އެސްއެމްއީ ހަބުން އަމިއްލައަށް ވިޔަފާރި އައުޓްލެޓެއް ހުޅުވުމުގެ ކުރިން، އެމީހަކު އުފައްދާ އުފެއްދުމަކީ ނުވަތަ ފޯރުކޮށްދޭ ޚިދުމަތަކީ މުޖްތަމައު ބަލައިގަންނަ، ޑިމާންޑް އޮތް، ނުވަތަ ވިއްކޭނެ މުދަލެއްކަން ޔަގީންކޮށް، ވިޔަފާރި ހުޅުވުމާ ދޭތެރޭގައި ތަޖުރިބާކޮށްލަން ފުރުސަތު ލިބިގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޑިފުއްޓާއި ކޮމަންޑޫގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުބައިލައިފި

މަޑިފުއްޓާއި ކޮމަންޑޫގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުބައިލައިފި

17 މެއި 2017
ވޯޓަށް ނުފޫޒު ފޯރުވުމާއި ރިޝްވަތުގެ ހުށަހެޅުމުގެ ތުހުމަތު ފާރިސް އަށް ވެސް ކޮށްފި

ވޯޓަށް ނުފޫޒު ފޯރުވުމާއި ރިޝްވަތުގެ ހުށަހެޅުމުގެ ތުހުމަތު ފާރިސް އަށް ވެސް ކޮށްފި

24 އެޕްރީލު 2017
ގެޓްސެޓް ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ

ގެޓްސެޓް ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ

02 އެޕްރީލު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ

ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ

20 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު