Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރަަމަޟާން

އިކޮނޮމިކް މިނިސްޓްރީން ބުނަނީ އެންމެ ހެޔޮ އަހު "އަގު މަގު" ޕޯޓަލް އިން ފެންނާނެ ކަމަށް

2 މާރިޗު 2025 | އާދީއްތަ 10:09

މި ޕޯޓަލްގެ ޒަރީއާ އިން މާރުކޭޓުގެ އަގުތަކުގެ ހާމަކަން އިތުރުކުރުމުގެ ސަބަބުން ހަމަހަމަ ވާދަވެރިކަން އިތުރުވެ، ރޯދަމަހު ގޭބިސީތަކަށް ކުރިމަތިވާ މާލީ ބުރަ ލުއިވާނެކަމަށް މިނިސްޓްރީން ބުނޭ.

ރާއްޖެ އެމްވީ | 2 މާރިޗު 2025 | އާދީއްތަ 10:09
ފޭރު

ފޭރު

އިކޮނޮމިކް މިނިސްޓްރީން ރޯދަމަހު އަސާސީ މުދަލުގެ އަގުތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ލިބޭނެ 'އަގު މަގު ޕޯޓަލް' އިފްތިތާހު ކޮށްފިއެވެ. މިނިސްޓަރ މުޙައްމަދު ސަޢީދު އިފްތިތާހުކުރެއްވި މި ޕޯޓަލް އިން އަސާސީ މުދާ އެންމެ ހެޔޮ އަގުގައި ލިބެން ހުރި ތަންތަނުގެ މައުލޫމާތު ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، މި ޕޯޓަލްގައި ހަފްތާއަކު އެއްފަހަރު އިންސްޕެކްޝަން ޓީމުތަކުން ފިހާރަތަކަށް ޒިޔާރަތްކޮށް އެއްކުރާ މަޢުލޫމާތުގެ އަލީގައި އަސާސީ ކާބޯތަކެތީގެ އެންމެ ދަށް އަގުތައް ފެންނަން ހުންނާނެއެވެ. މިއީ ރޯދަމަހު އަގުތައް މަތިކުރުން ހުއްޓުވުމަށާއި ރައްޔިތުންނަށް އެންމެ އެކަށީގެންވާ އަގުތައް ހޯދުމަށް އެހީތެރިވެދޭނެ ވަސީލަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވި ކަމަށް ބައެއް މީޑިއާތަކުގައ ރިޕޯޓު ކޮށްފައިވަނީ މި ޕޯޓަލް ފަރުމާކުރެވިފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި ކުރިމަގުގައި ވިޔަފާރިވެރިންނަށްވެސް އަމިއްލައަށް އަގުތައް ޕޯސްޓްކުރެވޭނެ ގޮތަށް ޕޯޓަލް ތަރައްޤީކުރެވޭނެކަމަށް ސައީދު ވިދާޅުވިއެވެ.މިވަގުތު މި ޕޯޓަލްގައި ހުރީ ހަމަ އެކަނި މާލެ އާއި ހުޅުމާލޭގެ އަގުތަކެވެ. އަދި ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގެ އަގުތައްވެސް ހިމެނޭނެކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. ޕޯޓަލްގައި ހިމެނޭ އަސާސީ ކާބޯތަކެތީގެ ލިސްޓު އެކުލަވާލެވިފައިވަނީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ މިންގަނޑުތަކާ އެއްގޮތައް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.މާރުކޭޓުގެ އަގުތަކުގެ ހާމަކަން އިތުރުކުރުމުގެ ސަބަބުން ހަމަހަމަ ވާދަވެރިކަން އިތުރުވެ، ރޯދަމަހު ގޭބިސީތަކަށް ކުރިމަތިވާ މާލީ ބުރަ ލުއިވާނެކަމަށް މިނިސްޓްރީން ބުނެއެވެ.

މިހާރު ޕޯޓަލުގައި ފެންނަ ހުރި ބައެއް ތަކެތީގެ އަގުތަކަށް ބަލާއިރު ބާސްމަތީ ހަނޑޫ ކިލޯއެއް އުޅެނީ 41ރ އަށެވެ. ކެބެޖް ކިލޯއެއް 35ރ އަށް ހުރި އިރު، މަސް ދަޅެއް 19ރ އަށް ލިބޭ ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން ކެބެޖް ކިލޯ އެއް 35ރ އަށް ލިބޭ ކަމަށާއި، ގިތެޔޮ މިރުސް ކިލޯ އެއް 250ރ އަށް ލިބޭ ކަމަށް ބުނެފައިވެއެވެ. ލުނބޯ 50ރ އަށް ލިބޭ ކަމަށް ބުނެފައިވާއިރު އަލުވި ކިލޯ އެއް 25ރ އަށް ލިބެން ހުރި ކަމަށްވެސް ބުނެއެވެ.

ޕޯޓަލްގައި ބުނެފައިވަނީ ޑިސްޕްލޭ ކޮށްފައިވާ އަގުތަކަކީ ރެންޑަމް ކޮށް މިނިސްޓްރީގެ އޮފިޝަލުން ތަންތަނަށް ގޮސްގެން ހޯދާ މައުލޫމާތުގެ އިތުރުން ވިޔަފާރި ކުރާ ތަންތަނުން ފޯރުކޮށްދީފައިވާ މައުލޫމާތު ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2017

"ލުއިފުޅި" ގޭހުގެ ރެޖިސްޓްރޭޝަން ފީ އަގު ހެޔޮކޮށްފި

01 ނޮވެމްބަރު 2017
"ލުއިފުޅި" ގޭހުގެ ރެޖިސްޓްރޭޝަން ފީ އަގު ހެޔޮކޮށްފި
31 އޮކްޓޯބަރު 2017

އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެމްބަރު މަހު: އިކޮނޮމިކް މިނިސްޓްރީ

31 އޮކްޓޯބަރު 2017
އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެމްބަރު މަހު: އިކޮނޮމިކް މިނިސްޓްރީ
21 ސެޕްޓެމްބަރު 2017

ފްލައި ދުބާއީގެ ޓިކެޓް އަގު ހެޔޮކޮށްފި

21 ސެޕްޓެމްބަރު 2017
ފްލައި ދުބާއީގެ ޓިކެޓް އަގު ހެޔޮކޮށްފި
26 އޯގަސްޓު 2017

އުރީދޫން ބުނަނީ ފެންތައްޓެއް ބޯލުންހާ، ސެލްފީއެއް ނެގުންހާ ފަސޭހަ ކަމަށް

26 އޯގަސްޓު 2017
އުރީދޫން ބުނަނީ ފެންތައްޓެއް ބޯލުންހާ، ސެލްފީއެއް ނެގުންހާ ފަސޭހަ ކަމަށް
13 ޖުލައި 2017

މޯލްޑީވިއަންގެ ޓިކެޓް ހެޔޮކޮށްފި

13 ޖުލައި 2017
މޯލްޑީވިއަންގެ ޓިކެޓް ހެޔޮކޮށްފި
07 ޖުލައި 2017

އެއަރޕޯޓުން ވިއްކާ ޖެޓް ފިޔުލްގެ އަގު ހެޔޮކޮށްފި

07 ޖުލައި 2017
އެއަރޕޯޓުން ވިއްކާ ޖެޓް ފިޔުލްގެ އަގު ހެޔޮކޮށްފި
04 ޖުލައި 2017

ކަރަންޓު ޔުނިޓަކުން 38 ލާރި ހެޔޮކޮށްފި

04 ޖުލައި 2017
ކަރަންޓު ޔުނިޓަކުން 38 ލާރި ހެޔޮކޮށްފި
18 ޖޫން 2017

ފިޔާ، އަލުވި އަދި ބިސް އަގު ހެޔޮކޮށްފި

18 ޖޫން 2017
ފިޔާ، އަލުވި އަދި ބިސް އަގު ހެޔޮކޮށްފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
22 އެޕްރީލު 2017

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް