Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު މިނިސްޓަރު މަޚްލޫފް

ދަނޑުތައް ޤާއިމުކުރަނީ ކައުންސިލާއި ރައްޔިތުން ނިންމާ ގޮތަކަށް: މަޚްލޫފް

މަޚްލޫފް ވިދާޅުވީ ރަށްރަށުގައި ދަނޑުތައް ޤާއިމު ކުރަނީ މިނިސްޓްރީން ބޭނުންވާ ގޮތަކަށް ނޫން ކަމަށާއި، އެކަންކަން ކުރަނީ އެރަށެއްގެ ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތަަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އޮކްޓޯބަރު 2022 | ބުދަ 06:10
މިނިސްޓަރު މަޚްލޫފް

މިނިސްޓަރު މަޚްލޫފް

ސަރުކާރުން ރަށްރަށުގައި ފުޓުބޯޅަ ދަނޑުތައް ޤާއިމުކުރަމުންދަނީ އެ ރަށެއްގެ ކައުންސިލާއި، ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރި ސުވާލަކީ ޓާފް ދަނޑުތައް އެޅުމުގެ ބަދަލުގައި ވިނަ ދަނޑު ޤާއިމި ކުރުމުގެ ވިސްނުން ގެންގުޅެންތޯއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ ރަށްރަށުގައި ދަނޑުތައް ޤާއިމު ކުރަނީ މިނިސްޓްރީން ބޭނުންވާ ގޮތަކަށް ނޫން ކަމަށާއި، އެކަންކަން ކުރަނީ އެރަށެއްގެ ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތަަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލުން ބޭނުންވަނީ ޓާފްގެ ބަދަލު ވިނަ ދަނޑެއް ކަމުގައިވަނީނަމަ، އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކައުންސިލާ ހަވާލުކުރާނެ ކަމަށެވެ. އަދި ޓާފް ދަނޑު އެޅުމަށް ކުރަން ޖެހޭ ޚަރަދަށްވުރެ، ވިނަ ދަނޑު އެޅުމަށްދާ ޚަރަދު ކުޑަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ތ.ކަނޑޫދޫގައި އޮތީ ވިނަ ދަނޑު ހަދާ ގޮތަށް ކައުންސިލާ ހަވާލުކޮށްފައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރަށެއްގައި ވިނަ ދަނޑެއް ހައްދައިގެން އެކަން ކުރެވޭނެ ކަމަކަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. ސަބަބަކީ އެ ދަނޑުގެ މެއިންޓެނެންސްއަށް ބޮޑު ހޭދައެއް ކުރަން ޖެހޭނޭތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މާލާގެ ގަލޮޅު ދަނޑާއި، ހެންވޭރު ދަނޑުގެ މެއިންޓެނެންސް ބަލަހައްޓަން ޔޫތު މިނިސްޓްރީން ކުރަން ޖެހޭ ޚަރަދާއި މަސައްކަތް އެނގިލައްވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތިމާވެށީގައި ވިނަ ދަނޑު ހައްދައިގެން ނުކުޅެވޭނެތީ ޓާފް ދަނޑު އަޅަނީ ކަމަށެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ބަޖެޓު ކުރެވިފައިވާ ރަށްތަކުގެ ކައުންސިލުން ވިނަ ދަނޑު ހަދަން ބޭނުންވެގެން އެދޭނަމަ އެކަން އެގޮތަށް ކުރުމަށް ކައުންސިލާ ހަވާލުކުރާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

ތިންވަނާގައި އޮވެ ފުރަތަމަ ބުރު ނިންމާލެވޭނެ ކަމުގެ ކޮންފިޑެންސް އެބަ އޮތް: ނިޒާމްބެ

11 މެއި 2017
ތިންވަނާގައި އޮވެ ފުރަތަމަ ބުރު ނިންމާލެވޭނެ ކަމުގެ ކޮންފިޑެންސް އެބަ އޮތް: ނިޒާމްބެ
06 މެއި 2017

ތިންވަނަ ސްކޫލް ހޭންޑްބޯލް މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ނިންމާލައިފި

06 މެއި 2017
ތިންވަނަ ސްކޫލް ހޭންޑްބޯލް މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ނިންމާލައިފި
02 މެއި 2017

އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު ކެރިޔަރު ނިންމާލަން ނުޖެހޭ: އެޖެންޓް

02 މެއި 2017
އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު ކެރިޔަރު ނިންމާލަން ނުޖެހޭ: އެޖެންޓް
22 އެޕްރީލު 2017

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

22 އެޕްރީލު 2017
ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ
20 އެޕްރީލު 2017

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި
18 އެޕްރީލު 2017

ފުރަތަމަ އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި

18 އެޕްރީލު 2017
ފުރަތަމަ އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި
15 އެޕްރީލު 2017

އެމްއޯސީން ކުރިޔަށް ގެންދިޔަ ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމް ނިންމާލައިފި

15 އެޕްރީލު 2017
އެމްއޯސީން ކުރިޔަށް ގެންދިޔަ ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމް ނިންމާލައިފި
19 ފެބުރުއަރީ 2017

އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

19 ފެބުރުއަރީ 2017
އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު