Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު މިނިސްޓަރު މަޚްލޫފް

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރަށްރަށުގައި ފުޓުބޯޅަ ކުޅުން އޮތީ ނިމުމަމަށް އައިސްފައި: މަޚްލޫފް

ރަށްރަށުގައި ފުޓުބޯޅަ ކުޅުން ހުއްޓިފައި އޮތްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރަށްރަށުން ފެންނަނީ ފުޓްސަލް ކުޅޭ މަންޒަރު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އޮކްޓޯބަރު 2022 | ބުދަ 05:50
މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މަޚްލޫފް

މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މަޚްލޫފް

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތީ ރަށް ރަށުގައި ފުޓުބޯޅަ ކުޅުން އެއްކޮށް ނިމުމަކަށް އައިސްފައިކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން އެއް މަސައްކަތަކީ ރަށް ރަށުގައި ބޮޑު ފުޓުބޯޅަ ދަނޑު ޤާއިމުކުރުން ކަމަށެވެ. މި ސަރުކާރު އައިި އިރު ރަށްރަށުގައި ފުޓުބޯޅަ ކުޅުން ހުއްޓިފައި އޮތްކަން ފާހަގަކުރަމުން މިނިސްޓަރު ވިދާޅުވީ، ރަށްރަށުން ފެންނަނީ ފުޓްސަލް ކުޅޭ މަންޒަރު ކަމަށެވެ. މަޚްލޫފް ވިދާޅުވީ ރަށްރަށުގައި ބޮޑެތި ދަނޑުތައް ޤާއިމު ކުރުމުގެ ބޭނުމަކީ ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ މިހާރު ރަށްރަށަށް ކުރަމުން އަންނަ ދަތުރުތަކުގައި ތުއްތު ކުދިން ނުކުމެ ފުޓުބޯޅަ ކުޅުމުގައި އުޅޭ މަންޒަރު މަޑުމަޑުން ފެންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއީ ފުޓުބޯޅައިގައި ރަނގަޅު ހުނަރުވެރި ކުދިން އުފެދިގެން އަންނާނެ ކަމެެއް ކަމަށެވެ.

މަޚްލޫފް ވިދާޅުވީ މުބާރާތްތަކުގައި ރާއްޖޭގެ ކޮޅަށް ގިނަ ލަނޑު ޖެހިޔަސް، މިނިސްޓަރަކަށް ހުންނަ މީހަކު އެކަމުގައި ކުރާނެ ކަމެއް ނޯންނާނެކަމަށެވެ. ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ގޮސްފައިވާ ހިސާބާމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް މީގެ ކުރީ ޖަލްސާގައި ވެސް މަޚްލޫފް ވަނީ ފާހަގަކުރައްވާފައެވެ. މަޚްލޫފް މިއަދު ވިދާޅުވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އެކަމުގައި ހުރި ކަންބޮޑުވުންތައް ބައްސާމް އަދީލް ޖަލީލާ ހިއްސާކުރެއްވި ކަމަށެވެ. އަދި ސަރުކާރުން ފުޓުބޯޅަ ކުރިއެރުވުމަށް ބޮޑު ހޭދަ ކުރަމުން އަންނަ އިރު، ޤައުމީ ޓީމުތައް ރަނގަޅަށް ތައްޔާރުކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

22 މާރިޗު 2017
 މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ
11 މާރިޗު 2017

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

11 މާރިޗު 2017
ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި
07 މާރިޗު 2017

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު