Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުން ލޯނަށް އެދުން

ފެންބޮޑުވުމުގެ ކާރިސާއަށްފަހު ޕާކިސްތާނުން އެތައް ބިލިއަން ޑޮލަރުގެ ލޯނު އެހީއަށް އެދެނީ

19 އޮކްޓޯބަރު 2022 | ބުދަ 07:10

ޔޫރަޕިއަން ޔޫނިއަނުން ވަނީ ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ފޯރުކޮށްދޭ އެހީ 30 މިލިއަން ޔޫރޯއަށް އިތުރުކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 19 އޮކްޓޯބަރު 2022 | ބުދަ 07:10
ޕާކިސްތާނުގައި ފެންބޮޑުވެ އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައި

ޕާކިސްތާނުގައި ފެންބޮޑުވެ އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައި

ޕާކިސްތާނުން އެތަށް ބިލިއަން ޑޮލަރުގެ ލޯނު އެހީއަށް އެދެން ނިންމާފައިވާކަމަށް ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓުކޮށްފިއެވެ.

ފައިނޭންޝަލް ޓައިމްސްއިން ވަނީ ޕާކިސްތާނަށް މިފަހުން ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއާއެކު އެގައުމުގެ އިގުތިސާދަށް ބޮޑު އަސަރެއް ކޮށްފައިވާކަން ފާހަގަކޮށްފައެވެ.

ބުދަ ދުވަހު ފައިނޭންޝަލް ޓައިމްސް އިން ކޮށްފައިވާ ރިޕޯޓުގައި ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފުގެ ބަސް ހިމަނާފައެވެ. އެމަނިކުފާނު ވަނީ އެގައުމުގެ ލޯނުތައް ރީޝެޑިއުލް ކުރުމާއި ތަފާތު މޮރޮޓޯރިއަމްތަކަށް ނޭދޭ ކަމަށާއި ހަމައެކަނި އެދެމުން މިދަނީ އިތުރު ފަންޑު ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވެފައެވެ.

ފެންބޮޑުވުމުގެ ކާރިސާގައި ގައުމަށް އުމްރާނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވާ އެކަންކަންކަން ހައްލު ކުރުމަށް ބޮޑު އަދަދެއްގެ ފައިސާ ބޭނުންވާ ކަމަށް ޝަހްބާޒް ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުން ލޯނަށް އެދޭ ސީދާ އަދަދެއް ޝަހްބާޒް ހާމަކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް ފެންބޮޑުވުމުގެ ކާރިސާގައި ލިބުނު ގެއްލުމުގެ އަދަދު ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

މިމަހުގެ ކުރީކޮޅު އދ އިން ވަނީ ޕާކިސްތާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 816 މިލިއަން ޑޮލަރުގެ އެހީ ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެންމެ ފުރަތަމަ އދ އިން ޕާކިސްތާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޯދަން އިއުލާނުކުރީ 160 މިލިއަން ޑޮލަރެވެ. މިއަދަދު އިތުރުކޮށްފައި މިވަނީ ފެންބޮޑުވުމުގެ ކާރިސާގެ ސަބަބުން އެގައުމުގައި ބަލިތައް ފެތުރުމާއި ބަނޑުހައި ހޫނުކަން އިތުރުވުމުގެ ސަބަބުންނެވެ. އަދި ކުރިއަތް އޮތްތާގައިވެސް މިފަދަ ފެންބޮޑުވުމުގެ ހާދިސާއެއް ކުރިމަތިވެދާނެކަމުގެ ބިރާވެސް އެކުގައެވެ.

މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަނުންވެސް ވަނީ ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ފޯރުކޮށްދޭ އެހީ 30 މިލިއަން ޔޫރޯއަށް އިތުރުކޮށްފައެވެ.

ޕާކިސްތާން ފައިސާގެ އަގު ދަށްވަމުންދިއުމާއެކު އެގައުމުގައި އިމްޕޯޓުގެ އަގު ވަނީ އުފުލެން ފަށާފައެވެ. އެގައުމުގެ އިންފްލޭޝަން 27.3 އިންސައްތައިގައި ހުރި އިރު، ދަރަނިވެސް ކުރިއަށް އޮތްތާގައި އިތުރުވެގެންދާނެ ކަމަށް ރިޕޯޓުތައް ފާހަގަކުރެއެވެ.

ޕާކިސްތާންޕާކިސްތާނުގެ އިޤްތިސާދު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 ސެޕްޓެމްބަރު 2025

ސެކިއުރިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޕާކިސްތާނުން އިސްރާއީލަށް ކުރުދޮށިން ދީފި

12 ސެޕްޓެމްބަރު 2025
ސެކިއުރިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޕާކިސްތާނުން އިސްރާއީލަށް ކުރުދޮށިން ދީފި
18 ޖުލައި 2025

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެއް ދުވަސް ތެރޭ 63 މަރު

18 ޖުލައި 2025
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެއް ދުވަސް ތެރޭ 63 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް