Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަރުމަނުގެ ސައިބަރ ސެކިއުރިޓީ ޗީފް މަގާމުން ވަކިކު

ރަޝިއާ އާ ގުޅުން ބާއްވާކަމުގެ ތުހުމަތުގައި ޖަރުމަނުގެ ސައިބަރ ސެކިއުރިޓީ ޗީފް މަގާމުން ވަކިކޮށްފި

ޖަރުމަނުގެ ފެޑެރަލް އިންފޮމޭޝަން ސެކިއުރިޓީ އެޖެންސީގެ އިސްވެރިޔާގެ މަގާމުު ޖަރުމަނުގެ އިންޓީރިއަރ މިނިސްޓްރީން އަރން އަށް ދީފައި ވަނީ 2016 ވަނަ އަހަރު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2022 | ބުދަ 03:55
ޖަރުމަނުގެ ސައިބަރ ސެކިއުރިޓީ ޗީފް އަރން ޝޮއެންބޮމް

ޖަރުމަނުގެ ސައިބަރ ސެކިއުރިޓީ ޗީފް އަރން ޝޮއެންބޮމް

ޖަރުމަނުގެ އިންޓީރިއަރ މިނިސްޓްރީން އެގައުމުގެ ސައިބަރ ސެކިއުރިޓީ ޗީފް މަގާމުން ވަކިކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޖަރުމަނުގެ ސައިބަރ ސެކިއުރިޓީ ޗީފް އަރން ޝޮއެންބޮމް މަގާމުން ވަކިކޮށްފައި ވަނީ އޭނާ ރަޝިއާ އާ ގުޅުން ބާއްވާކަމަށް އެގައުމުގެ މީޑީއާތަކުން ތުހުމަތުކުރަން ފެށުމާއެކުއެވެ. އެގޮތުން އަރން ރަޝިއާގެ ސެކިއުރިޓީ އޮފިޝަލުންނާއި ބައްދަލުކޮށްފައިވާ ކަމަށް މީޑިއާތަކުން ވަނީ ތުހުމަތުކޮށްފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަރން އަކީ ރަޝިއާގެ ކޭޖީބީގެ ކުރީގެ މެމްބަރަކު އިސްވެ އުފައްދާފައިވާ ސައިބަރ ސެކިއުރިޓީ ކޮންސަލްޓެންސީއެއްގެ މެމްބަރެކެވެ. އެ ސައިބަރ ސެކިއުރިޓީ ކޮންސަލްޓެންސީގެ ސަބްސިޑަރީއެއް ޖަރުމަނުގައި ހުޅުވުމުގައި އަރން ވަނީ ހަރަކާތްތެރިވެފައިކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އަރން ވަނީ 2012 ވަނަ އަހަރު ސައިބަރ ސެކިއުރިޓީ ކައުންސިކް ޖަރމަނީ އުފައްދާފައެވެ. އަރން އަކީ ސައިބަރ ސެކިއުރިޓީ ކައުންސިލް ޖަރމަނީގެ ކޯ ފައުންޑަރެކެވެ.

ޖަރުމަނުގެ ފެޑެރަލް އިންފޮމޭޝަން ސެކިއުރިޓީ އެޖެންސީގެ އިސްވެރިޔާގެ މަގާމުު ޖަރުމަނުގެ އިންޓީރިއަރ މިނިސްޓްރީން އަރން އަށް ދީފައި ވަނީ 2016 ވަނަ އަހަރުއެވެ.

އަންގާރަ ދުވަހު އަރން މަގާމުން ވަކިކުރުމަށްފަހު ޖަރުމަނުގެ އިންޓީރިއަރ މިނިސްޓްރީން ވަނީ މިކަމުގެ ތަހުގީގެއް ވެސް ފަށާފައެވެ.

އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާނަކު ވަނީ އަރން މަގާމުން ވަކިކިރެވުނީ އޭނާ އަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން ރައްޔިތުންގެ އިތުބާރާއެކު މަގާމުގެ މަސްއޫލިއްޔަތުތައް އޭނާ އަށް ފުރިހަމަ ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭތީކަމަށް ވިދާޅުވެފައެވެ. އޭނާއަށް ކުރެވޭ ތުހުމަތުތަކާއެކު އަލުން އަނބުރާ ނުހޯދޭނެ އިތުބާރު ގެއްލިފައިވާކަމަށް ތަރުޖަމާނު ވަނީ ފާހަގަކުރައްވާފައެވެ.

ރޮއިޓަރސްއާ ވާހަކަދައްކަވަމުން އަރން ވަނީ އޭނާ އަމިއްލައަށް މިކަމުގެ ތަހުގީގެއް ކުރިއަށްގެންދިއުމަށް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ. މިހާތަނަށް އައިރު، އޭނާ އަށް ދެކޮޅަށް ކުރާ ތުހުމަތުތަކުގެ ހެކި ހުރިތޯ ބެލުމުގެ މަސައްކަތް މިހާތަނަށް އައިރު މިނިސްޓްރީން ބަލާފައިވާކަން ސާފު ނޫންކަމަށް އަރން ފާހަގަކުރައްވައެވެ.

މީގެ އިތުރުން އޭނާ މިހާރު ސައިބަރ ސެކިއުރިޓީ ކައުންސިލް ޖަރމަނީގެ އެކްޓިވް މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ނުހަދާކަމަށާއި މިސެޕްޓެމްބަރު މަހު އެ ކައުންސިލްގެ ދިހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފުލާގައި އޭނާ ވާހަކަދައްކާފައި ވަނީ އިންޓީރިއަރ މިނިސްޓްރީން އެކަމުގެ ހުއްދަ ލިބިގެން ކަމަށް އަރން ވަނީ ވިދާޅުވެފައެވެ.

ޖަރުމަނުގެ އިންޓެލިޖެންސް ހިދުމަތާ ގުޅޭ އެގައުމުގެ މަޖިލީސް ކޮމިޓީގެ މުގައްރިރު ކޮންސްޓަންޓިން ވޮން ނޮޓްޒް ވަނީ އަރން އާ ދެކޮޅަށް ތުހުމަތުކުރެވޭ ކަންތައްތައް ހާމަކޮށް، އެކަމާ ގުޅިގެން ކުރެވޭ ހުރިހާ ސުވާލަކަށް ޖަވާބުދިނުމަށް އިންޓީރިއަރ މިނިސްޓްރީއަށް ގޮވާލާފައެވެ. ކޮންސްޓަންޓިން ވަނީ އަރން އާ ރަޝިއާގެ ސެކިއުރިޓީ އޮފިޝަލުންނާ މިފަހުން އެއްވެސް ގުޅުމެއް އޮތްތޯ ކަށަވަރުކޮށް އެސުވާލުގެ ޖަވާބު ރައްޔިތުންނަށް ލިބުން އެއީ މުހިންމުު ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި އެއިދާރާއާ މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު އިތުރައް ގެއްލުން ދެވެން ނެތްކަމަށް ވެސް ކޮންސްޓަންޓިން ވިދާޅުވިއެވެ.

އަރންގެ ބަދަލުގައި އެމަގާމަށް ދެން އިސްކުރަން ބޭނުންވާ މީހެއްގެ ނަން ހުށަހަޅަށް ވެސް ކޮންސްޓަންޓިން ވަނީ ގޮވާލާފައެވެ.

ރަޝިއާޖަރުމަނުރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު