Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރު ޝާހިދު އޮމާން އަށް ވަޑައިގަތުން

ރައީސް ޞާލިޙުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު ޝާހިދު އޮމާން އަށް

18 އޮކްޓޯބަރު 2022 | އަންގާރަ 05:11

މި ދަތުރުފުޅުކުރެއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 18 އިން 20ގެ ނިޔަލަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 އޮކްޓޯބަރު 2022 | އަންގާރަ 05:11
އޮމާން އަށް ޝާހިދު ކުރައްވާ ދަތުރުފުޅުގެ ތެރެއިން

އޮމާން އަށް ޝާހިދު ކުރައްވާ ދަތުރުފުޅުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޮމާން އަށް ވަޑައިގަންނަވައިފިއެވެ.

އަންގާރަ ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ އޮމާންގެ މުސްކަޓް އަށް ވަޑައިގެންނެވިކަން ފާހަގަކުރައްވާފައެވެ. އޮމާންގައި ނަންގަވާފައިވާ ފޮޓޯއަކާ އެކު ކުރެއްވި އެ ޓްވީޓުގައި އޮމާން އާއި ރާއްޖެ އައި ދެ ގައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުންތަކާ މެދު މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އޮމާންއަށް ވަޑައިގަތުމަކީ ލިބިވަޑައިގަތް ފަޚުރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ދަތުރުގެ ތެރެއިން ރާއްޖެ އާއި އޮމާންގެ ގުޅުން އެކި ދާއިރާއަކުން އިތުރަށް ބަދަހިކުރުމަށް އާ ދޮރުތައް ހުޅުވިގެން ދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ޝާހިދު އޮމާން އަށް ވަޑައިގަތުމުން އެމަނިކުފާނަށް އޮމާން އިން މަރުޚަބާ ދަންނަވާފައި ވަނީ އޮމާންގެ ޗީފް އޮފް ޕްރޮޓޮކޯލް ޚާލިދު އަލްޖަރާދީއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މި ދަތުރުފުޅުކުރެއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 18 އިން 20ގެ ނިޔަލަށް ކަމަށެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ފަރާތުން އޮމާންގެ ރަސްގެފާނު ހައިތަމް ބިން ތާރިގު އަށް ޚާއްސަ ސިޓީ އެއް އެރުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގުޅުން ހުރި ދާއިރާތަކުން މަޝްވަރާކުރުމާއި، ދެ ގައުމުގެ ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރުމުގެ އިތުރުން ގުޅުން ހުރި ބައިނަލްއަޤުވާމީ މައުޟޫތަކާ މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރް އަލް ބުސައިދީ އާއި ބައްދަލުކުރައްވުމާއި، އޮމާންގެ ހެރިޓޭޖް އަދި ޓުއަރިޒަމް މިނިސްޓަރު ސަލީމް ބިން މުހައްމަދު އަލް މަޙްރޫގީ އާއި ބައްދަލުކުރައްވުމާއި، އޮމާންގެ އިންވެސްޓްމެންޓް އޮތޯރިޓީ އާއި ބައްދަލުކުރައްވާ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޢަބްދުﷲ ޝާހިދުޚާރިޖީ ވުޒާރާ

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
18 ޖުލައި 2025

ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި

18 ޖުލައި 2025
ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި
29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
01 މެއި 2025

ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި

01 މެއި 2025
ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި
31 ޖެނުއަރީ 2025

"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"

31 ޖެނުއަރީ 2025
"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް