Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރާންސް ލީގު

މާސޭ ބަލިކޮށް ޕީއެސްޖީން އެއް ވަނަ މަޤާމު ދަމަހައްޓައިފި

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 0-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2022 | ހޯމަ 02:37
ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން

ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން

ފްރާންސް ލީގުގައި މާސޭ ބަލިކޮށް ޗެމްޕިއަން ޕެރިސް ސެއިން ޖާމަން (ޕީއެސްޖީ)އިން އެއް ވަނަ މަގާމު ދަމަހައްޓައިފިއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 0-1 އިންނެވެ. މެޗުގައި ޕީއެސްޖީގެ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ވަނީ ފުރަތަމަ 11 ގައި ހިމަނާފައެވެ. އެންމެ ފަހުން ޕީއެސްޖީން ކުޅުނު ދެ މެޗުގެ ވެސް ސްކޮޑުގައި މެސީ ހިމަނާފައެއް ނުވެއެވެ.

މެޗުގައި ޕީއެސްޖީން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ތިން ވަނަ މިނެޓުގައި މާސޭގެ އޭރިޔާ ތެރެއިން މެސީ ފޮނުވާލި ބޯޅަ މަތަކުރީ މާސޭގެ ކީޕަރެވެ. އޭގެ ފަހުން 11 ވަނަ މިނެޓުގައި ނޭމާ ޖޫނިއާ ދިން ބޯޅައެއް ކީލިއަން އެމްބާޕޭ ފޮނުވާލި ނަމަވެސް މާސޭގެ ކީޕަރު ވަނީ ބޯޅަ މަތަކޮށްފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލިބުނު ހިލޭ ޖެހުމެއްގައި މެސީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕީއެސްޖީ އަށް ލަނޑު ޖަހައިދިނީ ނޭމާއެވެ. އެއީ މާސޭގެ އޭރިޔާ ތެރެއިން އެމްބާޕޭ ދިން ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖައްސާ ގޯލަށް ވައްދާލައިގެންނެވެ.

މެޗުން މޮޅުވެ ޕީއެސްޖީ ވަނީ ލީގު ތާވަލްގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އެއީ ކުޅުނު 11 މެޗުން 29 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 26 ޕޮއިންޓާއެކު ލޮރިއެންޓެވެ. ތިން ވަނައިގައި އޮތް ލެންސް އަށް 24 ޕޮއިންޓު ލިބޭއިރު، ޕީއެސްޖީ އަތުން ބަލިވި މާސޭ އޮތީ 23 ޕޮއިންޓާއެކު ހަތަރު ވަނަ މަގާމުގައެވެ.

ފްރެންޗް ލީގުޕީއެސްޖީމާސޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު