Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުތަންތަން ކުއްޔަށް ހިފުން

ތަން ކުއްޔަށް ހިފިއިރު ދިން ޑިޕޮސިޓް އަނބުރާ ލިބުނުތަ؟

16 އޮކްޓޯބަރު 2022 | އާދީއްތަ 18:01

ކިތަންމެ ރަނގަޅަށް އުޅެފައި އެތަނުން ނިކުތަސް ދެއްކި އެޑްވާންސް ފައިސާއެއް ނުލިބޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 އޮކްޓޯބަރު 2022 | އާދީއްތަ 18:01
ގިނަ ތަންތަނުގެ ކުލި އިހު ކުރި ގޮތަށް ބަދަލުވެއްޖެ

ގިނަ ތަންތަނުގެ ކުލި އިހު ކުރި ގޮތަށް ބަދަލުވެއްޖެ

ޒަމާނުއްސުރެން އެންމެން ދައްކާ ވާހަކައަކީ ކުއްޔަށް ދޫކުރާ އެޕާޓްމަންޓްތަކުގެ ކުލި ބޮޑު ވާހަކައެކެވެ. ކޮވިޑުގެ ހާލަތުގައި ބައެއް ތަންތަނުގެ ކުލި ކުޑަވިނަމަވެސް މިހާރު ގިނަ ތަންތަނުގެ ކުލި އިހު ކުރި ގޮތަށް ބަދަލުވެއްޖެއެވެ. އެގޮތުން މިހާރު އެއް ކޮޓަރީގެ އެޕާޓްމަންޓެއް ވެސް 10،000 ރުފިޔާއަށްވުރެން މަތިން ލިބިގެންދާއިރު ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު މިއުޅެނީ 15،000 ރުފިޔާއަށްވުރެން މަތީގައެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު އުޅެނީ 20،000 ނޫނީ 25،000 ރުފިޔާއަށެވެ. މިއީ ތަނެއްގެ އެއްމަހުގެ ކުއްޔެވެ.

ދެން އޮތީ ތަނުގެ ޑިޕޮސިޓް ނުވަތަ އެޑްވާންސް ފައިސާގެ ވާހަކައެކެވެ. ތަނެއްގެ ޑިޕޮސިޓް  ނުވަތަ އެޑްވާންސް ފައިސާ އަކީ އެއް މަހުގެ ކުލި ނުވަތަ ދެ މަހުގެ ކުއްޔެވެ. އެގޮތުން ބަލާނަމަވެސް އެއް ކޮޓަރީގެ ތަނެއް ހިފިޔަސް އަތުގައި 20،000 ރުފިޔާ ނެތި މާލެސިޓީން ތަނެއް ކުއްޔަކަށް ނުލިބޭނެއެވެ. އެހެން މިހެން ފައިސާ ރައްކާކޮށްގެން، ތަންތަން ހިފާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ.

ގިނަ ފަހަރަށް ތަނެއް ކުއްޔަށް ހިފާއިރު، އެމީހަކު އެތަނަކުން ނިކުމެގެންދާއިރު ތަނަށް ގެއްލުމެއް ވެފައި ނެތިއްޔާ އެ ޑިޕޮސިޓް ފައިސާ އަނބުރާ ދޭނެ ކަމަށް ގޭގެ ވެރިފަރާތުން އެއްބަސްވެއެވެ. އެހެންނަމަވެސް ގިނަ ފަހަރަށް މިހެން ކަންތައްތައް ވެގެންދާ މަންޒަރެއް ފެނިގެނެއް ނުދެއެވެ. މިކަން ހާމަވެގެން ދިޔައީ ޕޭޖަކުން ފޭސްބުކްގައި ކުއްޔަށް ހިފިއިރު ދިން ޑިޕޮސިޓް، ތަން ހުސްކުރިއިރު އަނބުރާ ލިބުނުހޭ އަހާ އެ ސުވާލު ކޮށްލުމުންނެވެ.

މި ޕޯސްޓަށް ކޮމެންޓްކޮށްފައި ހުރި ގިނަ މީހުން ބުނި ގޮތުގައި ކިތަންމެ ރަނގަޅަށް އުޅެފައި އެތަނުން ނިކުތަސް، އެ ދެއްކި އެޑްވާންސް ފައިސާއެއް ނުލިބެއެވެ. އަދި ބައެއް މީހުން އެ ފައިސާ ނުލިބިގެން ޕޮލިހަށް މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށް ބުނެފައި އެބަހުއްޓެވެ. އަދި އެ ފައިސާ އަކީ ފަހުން ދޭ ގޮތަށް ނަގާ ފައިސާއެއް ނޫން ކަމަށް ވެސް ތަން ކުއްޔަށް ދޭ ބައެއް މީހުން ބުނެފައިވާ ކަމަށް އެމީހުން ބުންޏެވެ. މިހާރަކަށް އައިސް ބައެއް އެޕާޓްމަންޓްތަކުން އެގްރީމަންޓް ހަދާއިރު ޑިޕޮސިޓް ފައިސާ އަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫން ކަމަށް ބުނެ، އެގޮތަށް އެގްރީމަންޓް ވެސް ހަދާފައި އެބަހުއްޓެވެ.

މި މީހުންގެ ވާހަކަތަކަށް ބަލާލުމުން އެއްބައި މީހުންގެ އަތުން އެޑްވާންސް ނުވަތަ ޑިޕޮސިޓް ފައިސާއަށް 60،000 ރުފިޔާ ނުވަތަ 40،000 އަދި 20،000 ވެސް ދައްކައިފައި އެބަހުއްޓެވެ. ގިނަ މީހުންނަށް މި ފައިސާ އަނބުރާ ލިބިފައި ނުވާކަމަށް ބުނެފައިވާއިރު ވަރަށް މަދު ބަޔަކަށް ތަން ކުއްޔަށް ހިފިއިރު ދެއްކި އެޑްވާންސް ފައިސާ، އެތަން ދޫކޮށް ދިޔައިރު އަނބުރާ ލިބުނު ކަމަށް ވަނީ ބުނެފައެވެ.

މިކަމުގެ ބަހުސް މިހާރު ބޮޑުވެފައިވާއިރު ތަން ކުއްޔަށްދޭ ބައެއް މީހުން ބުނަނީ ގިނަ ފަހަރަށް އެތަނުގައި އުޅުނު މީހުން ތަން ދޫކޮށްފައި ދާއިރު އެތަނުގެ ބިލްތައް ނުދައްކާ ހުންނަ ކަމަށެވެ. އަދި ތަން މަރާމާތު ކުރުމަށާއި ބިލްތައް ދެއްކުމަށް ފައިސާ ޚަރަދު ކުރުމަށްފަހު އަތުގައި ބާކީ އޮންނަނީ މަދު ފައިސާ ކޮޅެއް ކަމަށެވެ. އަދި ބައެއް ފަހަރު އަމިއްލަ އަތުން ފައިސާ ޚަރަދު ކުރަން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

މިކަންތައްތަކަށް ބަލާލުމުން ވެސް ކުލި ދެއްކުމަށާއި އެޑްވާންސް ފައިސާ އަށް އާންމު ރައްޔިތުންގެ އަތުން ޚަރަދުވާ މިންވަރު ސާފުކޮށް ފެންނަން ހުރިއިރު މާލެސިޓީގައި ގިނަ ފަހަރަށް "ކުލި ދައްކައިގެން އުޅޭ މީހުން" މި ޖެހެނީ މިފަދަ ހާލެއްގައި އުޅޭށެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމަށް ބުނެ ފްލެޓްތައް އެޅިޔަސް އަސްލު މައްސަލައަށް ހައްލެއް ނާދެއެވެ. ކުއްޔާއި އެޑްވާންސް ފައިސާގެ އަދަދުތައް މިދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. މިކަމަށް ދެމެހެއްޓެނެވި ހައްލެއް އެބަ ބޭނުންވެއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި "ރެންޓް ކޮންޓްރޯލް" ގާނޫނުތައް ހަދައި، އަމަލު ކުރަމުން ވެސް އެބަދެއެވެ. ރެއަލްއެސްޓޭޓް ވިޔަފާރި ފުދޭ ވަރަކަށް ފުޅާވެ ކުރިއަރާފައިވާ އިރު ކުލިތައް ދަށަށް ދިއުމަކީ ނުވަތަ ކޮންޓްރޯލް ކުރުމަކީ އެ ފަރާތްތަކަށް ލިބޭނެ ގެއްލުމެކެވެ. އެހެންކަމުން އެފަދަ ރިސްކެއް ނެގުމަކީ ރާއްޖޭގައި ވެރިކަން ކުރާ ފަރާތްތަކަށް ކުރަން ކެރިދާނެ ކަމެއްތޯ ސުވާލު އުފެދެއެވެ؟ ޚާއްސަކޮށް ކޮންމެ ސަރުކާރެއްގައި ވެސް މާލޭގެ ނުފޫޒު ގަދަ ގެދޮރުވެރިން ނުވަތަ "ޒަމީންދާރުން" ގެ ހިއްސާ ބޮޑުވުމުން އެފަދަ ކަމެއް ކުރުމަކީ ސަރުކާރަށް ލޮޅުން އަރާވަރުގެ ކަމަކަށް ވެސް ވެދާނެއެވެ. ރާއްޖެއިން މިއަދު ފެންނަ މަންޒަރަކީ ރައްޔިތު މީހާ ދިރިއުޅޭ ތަނަށް ދައްކަންޖެހޭ ކުލީގެ އަޅަކަށް ވާ މަންޒަރެވެ.

ޑިޕޮސިޓް ފައިސާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

15 މެއި 2017

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

15 މެއި 2017
ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ
27 އެޕްރީލު 2017

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް
07 އެޕްރީލު 2017

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
23 ޖެނުއަރީ 2017

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ
16 ޖެނުއަރީ 2017

ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

16 ޖެނުއަރީ 2017
ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!
11 ޖެނުއަރީ 2017

ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!

11 ޖެނުއަރީ 2017
ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް