Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ރެއާލުން ޒަބީ އަލޮންސޯ އަށް ފާރަލަނީ!

16 އޮކްޓޯބަރު 2022 | އާދީއްތަ 04:05

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ރެއާލުން އަލޮންސޯ އަށް ފާރަލަމުން އަންނަނީ އެޓީމުގެ ކޯޗުކަމުން ކާލޯ އަންޗެލޮޓީ ވަކިވާ ހިސާބަނުން އޭނާ ހަމަޖައްސާ ގޮތަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އޮކްޓޯބަރު 2022 | އާދީއްތަ 04:05
ލެވަކޫސަނުން ކުޅުނު މެޗުގެ ތެރެއިން އަލޮންސޯ

ލެވަކޫސަނުން ކުޅުނު މެޗުގެ ތެރެއިން އަލޮންސޯ

ސްޕެއިންގެ ރެއާލް މެޑްރިޑުން މުސްތަޤުބަލުގައި އެ ޓީމުގެ ކޯޗަކަށް ގެނައުމަށް ޒަބީ އަލޮންސޯ އަށް ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ސްޕެއިންގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ރެއާލުން އަލޮންސޯ އަށް ފާރަލަމުން އަންނަނީ އެޓީމުގެ ކޯޗުކަމުން ކާލޯ އަންޗެލޮޓީ ވަކިވާ ހިސާބަނުން އޭނާ ހަމަޖައްސާ ގޮތަށެވެ. ރެއާލާއެކު އަންޗެލޮޓީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުއެވެ. އުމުރުން 63 އަހަރުގެ އަންޗެލޮޓީ ވަނީ އެއަށްފަހު އޭނާ ރިޓަޔާވާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. އޭނާ ބުނީ ކޯޗިން ކެރިއަރު ނިންމާލާނީ ރެއާލުން ކަމަށެވެ.

މި މަހުގެ ތެރޭގައި އަލޮންސޯ ވަނީ ބަޔާ ލެވަކޫސަންގެ ކޯޗުކަމާ ހަވާލުވެފައެވެ. އޭނާ މިހާރު އަންނަނީ އެ ކުލަބަށް އިރުޝާދު ދެމުންނެވެ. ލެވަކޫސަންގެ ކޯޗުކަމާ އަލޮންސޯ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ޓީމާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ލެވަކޫސަންގައި އަލޮންސޯ ކުރަމުން އަންނަ މަސައްކަތް ރެއާލުން ވަރަށް ގާތުން ބަލާނެއެވެ. އެ ޓީމާއެކު އޭނާ އަށް ރަނގަޅު މަސައްކަތެއް ކުރެވޭތޯ ބަލަމުން އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުރިން ރެއާލަށް ކުޅެދީފައިވާ އަލޮންސޯ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2018 ވަނަ އަހަރު ރެއާލް މެޑްރިޑުގެ 14 އަހަރުން ދަށުގެ ޓީމުންނެވެ. އެއަށްފަހު 2019 ވަނަ އަހަރު އޭނާ ވަނީ ރެއާލް ސޮސިއެޑާޑްގެ ބީ ޓީމުގެ ކޯޗުކަމާ ހަވާލުވެ، އެ ޓީމަށް އިރުޝާދު ދީފައެވެ. އެ ޓީމުގެ ކޯޗުކަން އޭނާ ދޫކޮށްލީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އޭނާ ވަނީ ރެއާލްގެ އިތުރުން ލިވަޕޫލާއި ބަޔާން މިއުނިކަށް ވެސް ކުޅެދީފައެވެ.

ޒަބީ އަލޮންސޯރެއާލް މެޑްރިޑް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް