Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ ސިޔާސީ މަސްރަހު

ޕާކިސްތާނަކީ ނުރައްކާތެރި ގައުމެއްކަމަށް ޖޯ ބައިޑަން ވިދާޅުވި ބަސްފުޅު ބަލައެއް ނުގަނެވޭ: ޝަހްބާޒް ޝަރީފް

މިމައްސަލައިގައި ކުރީގެ ދެ ބޮޑުވަޒީރުން ވެސް ވަނީ ގައުމުގެ ދިފާއުގައި ޓްވީޓް ކުރައްވާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 16 އޮކްޓޯބަރު 2022 | އާދީއްތަ 02:02
ޝަހްބާޒް ޝަރީފް، ޕާކިސްތާނުގެ ބޮޑުވަޒީރު

ޝަހްބާޒް ޝަރީފް، ޕާކިސްތާނުގެ ބޮޑުވަޒީރު

ޕާކިސްތާނަކީ (ނިއުކްލިއަރ ހަތިޔާރުގެ ގޮތުން) އެންމެ ނުރައްކާތެރި އެއް ގައުމުކަމަށް ވެދާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވާތީ އެކަން ބަލައި ނުގަނެވޭނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ. ޝަހްބާޒް ވިދާޅުވީ ބައިޑަން ވިދާޅުވި އެ ބަސްފުޅަކީ ހަގީގަތެއް ނޫން ކަމަށާއި އެއީ ބަޔަކަށް އޮޅުން ވެސް އަރާފަދަ ބަސްފުޅެއް ކަމުގައެވެ.

ޕާޓީ ބައްދަލުވުމެއްގައި ޖޯ ބައިޑަން މިމޭރުމުން ވާހަކަފުޅު ދެއްކެވުމުން އެކަމާއި ނުރުހުން ފާޅުކުރުމަށް ޕާކިސްތާނުގައި ހުންނަ އެމެރިކާގެ ސަފީރު ވަނީ ޚާރިޖީ ވުޒާރާއަށް ހާޒިރުކުރެވިފައެވެ.

ބައިޑެން ވިދާޅުވި ބަސްފުޅާއި ގުޅިގެން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރުން ކަމަށް ވާ އިމްރާން ޚާން އާއި ނަވާޒް ޝަރީފް ވެސް ވަނީ ޕާކިސްތާނުގެ ދިފާއުގައި ޓުވީޓް ކުރައްވާފައެވެ. ދެބޭފުޅުން ވެސް ވިދާޅުވެފައިވަނީ ޕާކިސްތާނުގެ ނިއުކްލިއަރ ކޮމާންޑު އެންޑް ކޮންޓްރޯލް ސިސްޓަމަކީ މުޅި ދުނިޔޭގައި ވެސް ވާ އެންމެ ރައްކާތެރި، އެންމެ ހިމާޔަތް ކުރެވިފައިވާ އެއް ސިސްޓަމް ކަމުގައެވެ. އަދި ދެބޭފުޅުން ވެސް ވިދާޅުވެފައިވަނީ ޕާކިސްތާނަކީ ޒިންމާދާރު ނިއުކްލިއަރ ދައުލަތެއް ކަމަށާއި އަމިއްލަ ގައުމިއްޔަތާ އިސްތިޤްލާލް ހިމާޔަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ ގައުމެއް ކަމުގައެވެ.

ފާއިތުވި ދިހަވަރަކަށް އަހަރުތެރޭ ޕާކިސްތާނުން ވަނީ އިގްތިސާދީ އަދި ޑިފެންސް ބޭނުންތައް ފުއްދުމަށް ސަރަހައްދީ "ރަހުމަތްތެރިޔާ" ޗައިނާ އާ ދިމާލަށް ވަރަށް ބޮޑަށް ލެނބިފައެވެ. މިކަމުގެ ނަތީޖާއަކަށް ވީ އެމެރިކާ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުންތައް މަޑުމަޑުން ކެނޑެމުން ދިއުމެވެ.

ޕާކިސްތާނާއި އެމެރިކާއާ ދެމެދު އޮތްގުޅުންތައް އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ ތާލިބާން ހަގުރާމަވެރިންނަށް ޕާކިސްތާނުން ހިމާޔަތް ދޭކަމަށް އެމެރިކާއިން ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ. ޕާކިސްތާނުން ތަކުރާރުކޮށް މިކަން އަންނަނީ ދޮގު ކުރަމުންނެވެ.

ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ދުރު ކުރެވުނީ މަޖިލީހުގައި ނެގުނު އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. އިމްރާން ޚާން ވިދާޅުވަމުން ގެންދަވަނީ އެމަކުގެ ފަހަތުގައި އެމެރިކާގެ އަތެއް ވާކަމުގައެވެ.

ޕާކިސްތާންދުނިޔެ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު