Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަސްޓަމްސްގެ ތަފާސްހިސާބު

ސެޕްޓެމްބަރު މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި

15 އޮކްޓޯބަރު 2022 | ހޮނިހިރު 02:31

ސެޕްޓެމްބަރު މަހު ދައުލަތަށް އިމްޕޯޓާއި އެކްސްޕޯޓުން 351 މިލިއަން ރުފިޔާ ލިބުނު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 އޮކްޓޯބަރު 2022 | ހޮނިހިރު 02:31
ހިތަދޫ ޕޯޓް

ހިތަދޫ ޕޯޓް

ސެޕްޓެމްބަރު މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފިއެވެ.

ފާއިތުވި ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓްކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު, 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 27 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ބުނެފައެވެ. ފާއިތުވި ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ, 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 25 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 281 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު މި އަދަދު ވަނީ 351 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

Advertisement - newsAdvertisement

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ; އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރެވެ. އޮމާނުން 794 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާއިން 627 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޗައިނާއިން 525 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައިވާއިރު، ޔޫއޭއީން 438 މިލިއަން ރުފިޔާގެ މުދާ، އަދި ސިންގަޕޫރުން 392 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

އިމްޕޯޓް އިތުރުވިނަމަވެސް ސެޕްޓެމްބަރު މަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރުވަނީ ދަށްވެފައެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއިން 172 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރުމަހު އެކްސްޕޯޓްކޮށްފައި ވަނީ 166 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ; ތައިލޭންޑް، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، ސްޕެއިން، އަދި ފަރަންސޭސިވިލާތަށެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ 51 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑަށެވެ. އަދި 11 އިންސައްތަ މުދާ ޖަރުމަންވިލާތަށް އެކްސްޕޯޓްކޮށްފައިވާއިރު، ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ 7 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ.

މިދިޔަމަހު ރާއްޖެއަށް މުދާ ހިފައިގެން 88 އުޅަނދެއް އައިސްފައިވާއިރު 92 އުޅަނދެއް ފުރާފައިވެއެވެ.

ކަސްޓަމްސް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި
08 ޑިސެމްބަރު 2025

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި
20 ނޮވެމްބަރު 2025

ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް

20 ނޮވެމްބަރު 2025
ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް
09 ނޮވެމްބަރު 2025

އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟

09 ނޮވެމްބަރު 2025
އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟
09 ނޮވެމްބަރު 2025

މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިއާދަކުރައްވާ، ރައީސް މުއިއްޒު އުނބަށް ޖައްސަވައިފި

09 ނޮވެމްބަރު 2025
މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިއާދަކުރައްވާ، ރައީސް މުއިއްޒު އުނބަށް ޖައްސަވައިފި
09 ނޮވެމްބަރު 2025

މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް ލަފާ ދޭން ނިންމައިފި

09 ނޮވެމްބަރު 2025
މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް ލަފާ ދޭން ނިންމައިފި
28 އޮކްޓޯބަރު 2025

ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް

28 އޮކްޓޯބަރު 2025
ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް
27 އޮކްޓޯބަރު 2025

ހޯމް މިނިސްޓަރު އިހުސާނު އަށް 241 ކޮމެޓީގެ ދެ އެންގުމެއް!

27 އޮކްޓޯބަރު 2025
ހޯމް މިނިސްޓަރު އިހުސާނު އަށް 241 ކޮމެޓީގެ ދެ އެންގުމެއް!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް