Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ވްލެޑްމިއަރ ޕުޓިންގެ ރޭވުމަކީ ކޮބާ؟

ރަޝިއާގެ ކުރީގެ ސިޔާސީ ބޭފުޅެއްކަމަށްވާ ގްރިގޮރީ ޔަވްލިންސްކީ ފާހަގަކުރައްވާ ގޮތުގައި ޕުޓިން ހުންނެވީ ހުޅަނގާއެކު ސީދާ ކުރިމަތިލުމަކަށް ދާންޖެހިއްޖެ ހާލަތެއްގައި އެކަމަށް ތައްޔާރަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2022 | ހުކުރު 17:54
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިނަށް އަރާ ހަމަލާތައް ދޭން ފެށުމާއެކު، އުފެދުނު އެއް ސުވާލަކީ ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ހާސިލްކުރައްވަން ބޭނުންވަނީ ކޮންކަމެއްތޯއެވެ. އެމަނިކުފާނު ވިސްނަވަނީ ނުވަތަ ރާވަމުން ގެންދަވަނީ ކޮންކަމެއްތޯއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވަނީ އެމަނިކުފާނު ވްލެޑްމިއަރ ޕުޓިން އާއެކު ހަތަރުކަޅި ހަމަކޮށްލުމުން އޭނާއަކީ ކޮންކަހަލަ މީހެއްކަން ދެނެގަނެވުނުކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު ރަޝިއާ އާ ހުޅަނގުގެ ގައުމުތަކުގެ ގުޅުން އޮތް ހާލަތަށް ބަލައި އެދުވަހު ބުޝް ވިދާޅުވި ވާހަކައާމެދު މިވަނީ ސުވާލުއުފެދިފައެވެ.

އެހެންކަމުން ޕުޓިންގެ ވިސްނުންފުޅު ހުރީ ކޮންކަމެއް ހާސިލުކުރައްވަންތޯ ހޯދުން އެއީ ފަސޭހަކަމަކަށް ނުވާނެއެވެ. އަދި ކުރިއަށްވުރެ މިހާރު އެކަން އުނދަގޫވާނެހެންވެސް ހީވެއެވެ.

ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމައިގައި މިހާރު ހިނގަމުންދާ ކަންކަމާއެކު ރަޝިއާގެ ރައީސަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިވަމުންދާކަމާމެދު ޝައްކެތްނެތެވެ. ޔޫކްރެއިންގައި ކުރިއަށްގެންދާ "ހާއްސަ އަސްކަރީ ހަރަކާތް" އެންމެ ބޭނުންވި ގޮތަށް ކުރިއަށްގެންދެވޭ ތަނެއް ނުފެނެއެވެ.

ޕުޓިންގެ މިހާއްސަ އޮޕަރޭޝަން ފެށީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލުމުގެ ނިޔަތުގައެވެ. އެހެން ނަމަވެސް ހަނގުރާމަ އަށް މަސް ދުވަހަށް ދިގުލައިގެން ގޮސްފައިވާއިރު، ހަނގުރާމައިގެ ނިމުން އަވަހަށް އަންނާނެ ކަމަކަށް ނުބެލެވެއެވެ.

ހަނގުރާމައިގެ މިހާ ހިސާބަށް އައިރު، ރަޝިއާ އަސްކަރިއްޔާއަށްވެސް ގެއްލުންތަކެއް ލިބިފައިވާކަމަށް ވަނީ އެއްބަސްވެފައެވެ. ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޔޫކްރެއިނުން ހިފާފައިވާ ބައެއް ސަރަހައްދުތައްވެސް ވަނީ ގެއްލިފައެވެ.

ރަޝިއާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އެގައުމުގެ އިގުތިސާދު މަޑުމަޑުން ދަށަށް ދަމުންދާއިރު، އެގައުމުގެ އާންމު ރައްޔިތުންވެސް އަސްކަރިއްޔާއާ ގުޅުމަށް ޕުޓިން ވަނީ ސެޕްޓެމްބަރު މަހު އަމުރުކުރައްވާފައެވެ. މިއީ ދެ ވަނަ ބޮޑު ހަނގުރާމައަށްފަހު އެގައުމުގެ އާންމުން އަސްކަރިއްޔާއާ ގުޅެން އެންގުނު ފުރަތަމަ ފަހަރެވެ.

މިހުރިހާ ކަމަކާއެކު ޔޫކްރެއިންގައި "ހާއްސަ އަސްކަރީ އޮޕަރޭޝަނެއް" ފެށުމަކީ އެޅުނު ގޯސް ފިޔަވަޅެއްކަމަށް ޕުޓިން މިހާރު ވިސްނަވަމުންދާނެތޯ އެއީ އުފެދޭ ސުވާލެކެވެ.

ރަޝިއާގެ ނޫހެއްކަމަށްވާ ނެޒަވިސިމަޔާ ގަޒެޓާގެ އެޑިޓަރ އިން ޗީފް، ކޮންސްޓަންޓިން ރެމްޝުކޮވް ގަބޫލުކުރައްވާ ގޮތުގައި މިހަނގުރާމައިގެ ދުވެލި ބިނާވެގެންވަނީ އެކަމާ މެދު ޕުޓިން ދެކިވަޑައިގަންނަވާގޮތުގެ މައްޗަށެވެ. އޭނާ ވަނީ ޕުޓިން އަކީ ނިއުކްލިއަރ ބޮޑު ބާރެއްގެ ލީޑަރުކަން ފާހަގަކުރައްވާފައެވެ. އަދި ޕުޓިން އަކީ އެއްވެސް މީހަކު ވާދަނުކުރާ ބޮޑު ގައުމެއްގެ ލީޑަރު ކަން ފާހަގަކުރަމުން ރެމްޝުކޮވް ވަނީ ޕުޓިން ހާސިލް ކުރައްވަން ބޭނުންފުޅުވާ ކަންތައްތަކެއް އެބަ ހުރިކަމަށާއި އެކަންތައް ހާސިލުކުރެއްވުމަށް ކޮންމެ ކަމެއްވެސް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ފެންނަކަމަށް ވިދާޅުވެފައެވެ.

މިފަދަ ކަންތައްތައް ހާސިލުކުރުމުގައި ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް ހުންނެވިކަމަށް މިހާތަނަށް އައިރުވެސް ޕުޓިން ދައްކަވާފައިވާ ކަމަށާއި މިހަނގުރާމަކީ ޕުޓިންގެ އިތުރުން މުޅި ރަޝިއާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވަން ފަށާފައިވާކަމަށް ރެމްޝުކޮވް ވިދާޅުވިއެވެ.

އެހެންކަމުން، މިހަނގުރާމައަކީ ޕުޓިންގެ ދިރިހުންނެވުމާ ގުޅިފައިވާކަމެއްކަމަށް ގަބޫލުކުރައްވާނަމަ މިހަނގުރާމަ ކާމިޔާބުކުރެއްވުމަށް އެމަނިކުފާނު ތައްޔާރައް ހުންނެވީ ކިހާވަރަކަށްތޯއެވެ. ހަނގުރާމަ ކާމިޔާބުކުރުމުގެ ނަމުގައި ޕުޓިން ނުކުރައްވާނީ ކޮންކަމެއްތޯއެވެ.

މިފާއިތުވި މަސްތަކުގެ ތެރޭގައި ޕުޓިންގެ އިތުރުން، ރަޝިއާގެ އެހެނިހެން އިސްލީޑަރުންވެސް ވަނީ އެގައުމުން މިހަނގުރާމާގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ތައްޔާރަށް އޮތްކަމަށް ވިދާޅުވަމުންނެވެ.

ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޕުޓިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރައްވާނެ ކަމަށް ގާބުލުނުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މިގޮތަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާނެ ކަމަށް ވާހަކަ ދެއްކެވުމަކީ ޕުޓިން ކުރައްވާ ވަރަށް ޒިމަންދާރުކަންކުޑަ އަމަލެއް ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

މިހަފުތާގެ ތެރޭގައި ރަޝިއާއިން ޔޫކްރެއިނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކާއެކު ހަނގުރާމަ ކާމިޔާބުކުރުމަށް އެގައުމުން ދޭ ހަމަލާތައް ވަރުގަދަކުރަން ރަޝިއާއިން ތައްޔާރަށް އޮތްކަން ވަނީ ހާމަވެފައެވެ.

ރަޝިއާގެ ކުރީގެ ސިޔާސީ ބޭފުޅެއްކަމަށްވާ ގްރިގޮރީ ޔަވްލިންސްކީ ފާހަގަކުރައްވާ ގޮތުގައި ޕުޓުން ހުންނެވީ ހުޅަނގާއެކު ސީދާ ކުރިމަތިލުމަކަށް ދާންޖެހިއްޖެ ހާލަތެއްގައި އެކަމަށް ތައްޔާރަށެވެ. އެހެންނަމަވެސް އެކުރިމަތިލުމަށް ނުގޮސް ވޭތޯވެސް ޕުޓިން މަސައްކަތްކުރައްވާކަމަށް ޔަވްލިންސްކީ ވިދާޅުވިއެވެ.

މިހާރު އޮތް އެންމެ ބޮޑު ބިރަކީ ހަމަގައިމުވެސް ނިއުކްލިއަރ ހަނގުރާމައެއް ފެށުމުގެ ބިރެވެ. އަދި ހަނގުރާމަ ހުއްޓާނުލައި ކުރިއަށް ދިއުމުގެ ބިރުވެސް އެބައޮތެވެ.

ހަނގުރާމައެއް ހުއްޓާނުލައި ކުރިއަށްގެންދަށް ހުސްނުވެ ހަތިޔާރު ބޭނުންވާނެއެވެ. އެހެންނަމަވެސް ރަޝިއާއިން ހަތިޔާރު ހުސްނުވެ ހުރެދާނެ ކަމަކަށް ނުބެލެވެއެވެ. މިފަހުން ޔޫކްރެއިނަށް ރަޝިއާއިން ދިން މިސައިލް ހަމަލާތަކާއެކު އެގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް ކިހާ ދުވަހެއްވަންދެން މިފަދަ ހަމަލާތައް ރަޝިއާއަށް ދެވިދާނެތޯ އެއީ އުފެދޭ ސުވާލެކެވެ.

މިފަދަ ހަމަލާތައް ހުއްޓާނުލައި ހަފުތާތަކަކަށް ނުވަތަ މަސްތަކަކަށް ގެންދިއުން އެއީ ކުރެވޭނެކަމެއް ކަމަކަށް ގިނަ މާހިރުން ގަބޫލެއް ނުކުރެއެވެ.

ހަނގުރާމަ ކާމިޔާބު ކުރެވޭނެ ކޮންކަމެއް ހާސިލުކުރެވޭނީ ކޮންކަމެއް ވުމުންތޯވެސް އެއީ އުފެދޭ ސުވާލެކެވެ. މިސުވާލުގެ ޖަވާބު ޕުޓިން އަށް އެނގިލައްވާތޯވެސް އެއީ ހަމަ އުފެދޭ ސުވާލެކެވެ.

ހަނގުރާމަ ފެށުނު އިރު، ރަޝިއާގެ އަމާޒެއްކަމުގައި ފެނުނީ ވީހާވެސް އަވަހަކަށް ޔޫކްރެއިންގެ މައްޗަށް ކުރި ހޯދާ ހަނގުރާމަ ނިންމާލުމެވެ. އެހެން ނަމަވެސް އެގޮތަށް އެކަން ވެގެނެއް ނުދިޔައެވެ. ފެނުނީ ޔޫކްރެއިންގެ ރައްޔިތުންނާއި އަސްކަރިއްޔާއިން ގައުމުގެ ދިފާއުގައި ތެދުވެ ހިތްވަރާ ބާރާއެކު ރަޝިއާގެ އަސްކަރިއްޔާއާ ކުރިމަތިލި މަންޒަރެވެ. އަދި މިއީ ފަސޭހައިން ރަޝިއާއަށް ކާމިޔާބުކުރެވޭނެ ކަމެއްކަމަށް ގަބޫލުކުރުން ވެގެން ދިޔައީ ކުރެވުނު ގޯސް ހީއަކަށެވެ.

އެހެންކަމުން މިހާރު ހަނގުރާމަ މިއޮތް ހިސާބުން ޕުޓިން ވިސްނަވަމުން މިގެންދަވަނީ ކޮންކަމެއްތޯއެވެ. ޕުޓިންގެ ރޭވުމަކީ ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް ރަޝިއާގެ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު ހަނގުރާމަ މަޑުޖައްސާލުންތޯއެވެ. ނޫންނަމަ މުޅި ޔޫކްރެއިންގެ ކޮންޓްރޯލް ނެގެންދެން ހަނގުރާމަ ކުރިއަށްގެންދިއުމަށް ޕުޓިން ދަނީ ވިސްނަވަމުންތޯއެވެ؟

ދާދި ފަހުން ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް ވަނީ ޔޫކްރެއިން މިހާރު އެއޮތް ވިސްނުމުގައި އެގައުމުގައި އޮތުން އެއީ ރަޝިއާއަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެ، ރަޝިއާގެ އަމާޒަކަށް ވާންވާނީ ޔޫކްރެއިންގެ ސިޔާސީ ވެރިކަން ނިމުމަކަށް ގެނައުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މެޑްވެޑެވްގެ ވިސްނުންފުޅަކީ ޕުޓިންގެ ވިސްނުންފުޅާ އެއްގޮތް ވިސްނުންފުޅެއް ނަމަ، ހަނގުރާމަ ދިގުލައިގެން ގޮސް އިތުރަށް ވަރުގަދަވުމަކީ މާދުރުގައި އޮތްކަމެއް ނޫނެވެ.

ނަމަވެސް ގައުމުން ބޭރުގައި ޕުޓިން ކުރައްވަމުން މިގެންދވާ ކަންތައްތަކުގެ އަސަރު ރަޝިއާގެ އާންމު ރައްޔިތުންނަށް މިހާރު މިދަނީ ކުރަމުންނެވެ. މިހާ ދުވަހު ޕުޓިން ރަޝިއާގެ ރައްޔިތުންނަށް ވިސްނާދެމުންދިޔައީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިހާ ދުވަހަކު ރައްޔިތުންނާ ގައުމުގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމަށެވެ. ނަމަވެސް މިއީ އެގައުމުގެ ރައްޔިތުންނަށްވެސް މިހާރު ބަލައިގަންނަން ފަސޭހަކަމަކަށް ނުވާނެއެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިނަށް އަރައި ހަމަލާދޭން ފެށުން ވެގެން ދިޔައީ ގިނަ ބަޔަކު ސިއްސުވާލިކަމަކަށެވެ. މިކަން ހައިރާންކުރަނިވި ކަމެއް ކަމަށް ނުުދެކޭ އެއް ބޭފުޅަކީ ޔަވްލިންސްކީއެވެ. ޔަވްލިންސްކީ ގަބޫލުކުރައްވާ ގޮތުގައި މިކަންތައް ކުރަން ޕުޓިން ވިސްނަވަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. މިހަނގުރާމައާ ދިމާއަށް ޕުޓިން ގެންދެވީ މަޑުމަޑުން ދަތުރުކުރައްވަމުންނެވެ.

އެގޮތުން 2001 ވަނަ އަހަރު ރަޝިއާގެ އަމިއްލަ މީޑިއާތައް ނައްތާލަން ފެށިއިރު، 2003 ވަނަ އަހަރު އެގައުމުގެ އަމިއްލަ ވިޔަފާރިތައް ނައްތާލުމުގެ މަސައްކަތް ޕުޓިން ވަނީ ފައްޓަވާފައެވެ. 2014 ވަނަ އަހަރަށް ފަހު ކްރިމިއާ އަދި ޑޮންބަސްގައި "ހާއްސަ އަސްކަރީ އޮޕަރޭޝަނެއް" ކުރިއަށްގެންދިޔައެވެ.

ޔަވްލިންސްކީ ވިދާޅުވީ ރަޝިއާގެ މައްސަލައަކީ އެގައުމުގެ މުޅި ސިސްޓަމްކަމަށެވެ. ޕުޓިން ފަދަ ބޭފުޅަކު އުފެއްދި އެސިސްޓަމް ކަމަށް ޔަވްލިންސްކީ ވިދާޅުވިއެވެ. އަދި މިސިސްޓަމް އުފެއްދުމުގައި ހުޅަނގުގެ ރޯލަކީ ކޮބައިތޯ އެއީ ވަރަށް ބޮޑު ސުވާލެއް ކަމަށްވެސް ޔަވްލިންސްކީ ވިދާޅުވިއެވެ.

ވްލަޑިމިއަރ ޕުޓިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު