Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީޗަރ ރިޕޯޓް

"މީހަކަށް އަނިޔާއެއް ވީމަތަ ރަނގަޅު ކުރަން ޖެހެނީ؟"

ކާނުގަނޑަކަށް ވެއްޓި ކުޑަކުއްޖަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2022 | ހުކުރު 16:15
ކުޑަކުއްޖަކަށް އަނިޔާވުމުން މާލެ ސިޓީ ކައުންސިލުން ކާނުގަނޑު ރަނގަޅު ކުރަނީ

ކުޑަކުއްޖަކަށް އަނިޔާވުމުން މާލެ ސިޓީ ކައުންސިލުން ކާނުގަނޑު ރަނގަޅު ކުރަނީ

ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުން ފެނުނީ ކުޑަ ކުއްޖެއްގެ ފައި ކާނުގަނޑެއްގެ ތެރެއަށް ވަދެ، ވަރަށް ބޮޑަށް ޒަހަމްވެ، ފަރުވާ ދޭ ފޮޓޯއެކެވެ. އެ ފޮޓޯއާއެކު ރަފީ ޖަމިއްޔާގެ ފައިންޑަރު ޑރ. އައިޝަތު ރަފިއްޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވިގޮތުގައި އަނިޔާވީ ހަތަރު އަހަރުގެ ކުއްޖަކަށެވެ. އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ޓެގް ކުރައްވައި ވިދާޅުވީ އެ ހާދިސާއިން ވެސް އެނގެނީ މުއިއްޒުއަށް ޒިންމާ އަދާނުކުރެވޭ ކަން ކަމަށެވެ. އެއާއެކު އާއްމުންގެ ފަރާތުން ގިނަ ފާޑުކިޔުންތަކެއް މުއިއްޒުއަށް ވަނީ އަމާޒުވެފައެވެ.

އެ ފޮޓޯއަށް ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މޭޔަރ މުއިއްޒު އާއި މުޅި މާލެ ސިޓީ ކައުންސިލް ވެސް އޮތީ ފެއިލް ވެފައެވެ. މާލޭގައި އެފަދަ ކިތަންމެ ތަނެއް ރަނގަޅު ކުރަން ހުރިއިރު ހުރިހާ ކަމެއް ސަރުކާރަަށް މަތި ކުރުމަށްފަހު މުއިއްޒު އުޅުއްވަނީ އަމިއްލަ ޒިންމާއިން ރެކެން ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

ކުޑަކުއްޖަކަށް އަނިޔާވިކަން ހާމަކޮށް ޓްވީޓު ކުރުމާއެކު މުއިއްޒު ވަނީ އެކަމަށް އެޓެންޑުވެ، އެ ކުއްޖާއަށް އަނިޔާވި ކާނުގަނޑު ރަނގަޅުކޮށް، ޓްވީޓެއް ވެސް ކުރައްވާފައެވެ. އެ ޓްވިޓުގައި ވިދާޅުވީ ހާދިސާގެ ޚަބަރު ލިބުނުތާ ގަޑިއެއްގެ ތެރޭގައި ކާނުގަނޑު ރަނގަޅުކޮށްފައިވާކަމަށެވެ.

މުއިއްޒުގެ މި ޓްވީޓާއެކު އާއްމުން ކުރަން ފެށީ އެންމެ ސުވާލެކެވެ. "މީހަކަށް އަނިޔާ ވީމަތަ ރަނގަޅު ކުރަން އެނގެނީ؟" މި ސުވާލެވެ.

މާލޭގައި ހަލާކުވެފައި ހުރީ އެންމެ ކާނުގަނޑެއް ނޫނެވެ. އެފަދަ އެތައް ތަނެއް އެބަހުއްޓެވެ. ކައުންސިލްގެ ސަމާލުކަމަށް ވެސް އެތައް ފަހަަރަކު ގެނެސްފައިވާ ތަންތަން ވެސް އެބަހުއްޓެވެ. ނަމަވެސް ސަމާލުކަން ލިބުނީ ކުއްޖަކަށް އަނިޔާ ލިބުމުންނެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކާނުގަނޑުތަކުގެ އިތުރުން މާލޭގެ މަގުތަކުގައި އަޅާފައިި ހުންނަ ޕެލެޓުތަކަކީ ވެސް އޭގެ ސަބަބުން މީހުންނަށް އަނިޔާ ލިބޭ ތަކެއްޗެވެ. ނަމަވެސް އަދިވެސް މިހާތަނަށް އެ ޕެލެޓުތައް ނަގަން ފަށާނެ ކަމަށް ބުނުން ނޫން ވާހަކައެއް ސިޓީ ކައުންސިލަށް ދެއްކިފައިނުވެއެވެ. ކޮންމެ ފަހަރަކު ޕެލެޓް އަޅާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ބުނެ، ކޮންމެ ވެސް ސަބަބަކާ ހުރެ އެކަން އޮންނަނީ ފަސްކުރަން ޖެހިފައެވެ.

މާލޭގެ މަގުތަކުގެ ކާނުގަނޑުތަކުގެ ހާލަތު ކޮންމެ މީހަަކަށް ވެސް އެނގޭނެއެވެ. އޭގައި ހުންނަ ކޮންކްރީޓް ބައި ހަލާކުވެ، ދަގަނޑުތައް ވެސް ހުންނަނީ ފެންނަ ގޮތަށެވެ. ބައެއް ކާނުގަނޑުތަކުގައި ހުންނަ ދަގަނޑު ބުރިވެފައި ވެސް ހުރެއެވެ.

މާލޭގެ އިތުރުން މާލެ ސިޓީ ކައުންސިލުން ބަލަހައްޓަން ޖެހޭ ވިލިމާލޭގައި ވެސް މަގުތަކުގެ ހާލު އޮތީ މި ފެންވަރުގައެވެ. ވިއްސާރަވެ، ފެންބޮޑުވެއްޖެނަމަ މަގުމަތީގައި ހުންނަ އެފަދަ ވަޅުގަނޑުތަކާއި ހަލާކުވެފައި ހުންނަ ތަންތަން ނުފެނި، އެތައް ބަޔަކަށް އަނިޔާވެއެވެ.

ބައެއް މީހުން ސިފަ ކުރާ ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ކުއްޖަކަށް އަނިޔާވި ޚަބަރާއެކު އެތަން ރަނގަޅުކޮށް މުއިއްޒު ޓްވީޓް ކުރެއްވީ ނޫސްތަކުގެ ފަލަސުރުހީތަކުން ޖާގަ ހޯދުމުގެ ބޭނުމުގައެވެ. އެހެން ނޫންނަމަ މާލޭގެ ރައްޔިތުންގެ ދުވަސްވެފައިވާ އެ ކަންބޮޑުވުން އޮންނާނީ އެފަދަ ހާދިސާއެއް ދިމާނުވަނީސް ހައްލުވެފައި ކަމަށް އެ ފަރާތްތަކުން ގަބޫލު ކުރެއެވެ.

އަނިޔާއެއް ލިބުމުން ކަންކަން ހައްލު ކުރަނީ މާލެސިޓީ ކައުންސިލުން އެކަންޏެެއް ނޫނެވެ. ހުޅުމާލޭގައި ސްޕީޑް ބްރޭކަރުތަކުގައި ފާހަގަކުރެވޭ ވަރަށް ކުލަ އަލި ކުރަން އެނގުނީ މީހަކު މަރުވުމުންނެވެ. އަނދިރި މަގުތައް އަލި ކުރަން ވެސް އެނގުނީ މީހަކު މަރުވުމުންނެވެ.

ކޮންމެ ބަޔަކު ކުރި ނަމަވެސް ރައްޔިތުން އެދެނީ މީހަކަށް އަނިޔާއެއް ނުވަނީސް އެތަނެއްގައި ހުންނަ ކަންކަން އެ ހަވާލުވެގެން ތިބޭ ބަޔަކު ހައްލު ކުރުމެވެ. ކުޑަކުއްޖާއަށް އަނިޔާވި ކާނުގަނޑު އެކަނި ބަދަލުކުރުމުގެ ބަދަލުގައި ދެންވެސް އެފަދަ ހާދިސާއެއް ހިނގިޔަ ނުދިނުމަށް މާލޭގައި އެގޮތަށް ފާހަގަކުރެވޭ ހުރިހާ ތަނެއް ބަދަލު ކުރުމެވެ.

މާލޭ ސިޓީ ކައުންސިލްފީޗަރ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު