Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ތިންވަނަ ބޮޑު ހަނގުރާމަ ފެށިދާނެކަމުގެ އިންޒާރު ރަޝިޔާއިން ދީފި

ޔޫކްރެއިނުން ވަނީ "އަވަސްގޮތަކަށް" ނޭޓޯގެ މެންބަރުކަން ދިނުމަށް އެދިފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2022 | ހުކުރު 14:23
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން

ޔޫކްރެއިނަށް ނޭޓޯގެ މެންބަރޝިޕް ދީފިނަމަ ތިންވަނަ ބޮޑު ހަނގުރާމަ ފެށޭނެ ކަމަށް ބުނެ ރަޝިޔާއިން އިންޒާރު ދީފިއެވެ. ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ އިސް އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެފަދަ ފިޔަވަޅެއް އަޅައިފިނަމަ މިއަދުގެ ހާލަތު އިތުރަށް ގޯސްވެ ތިންވަނަ ބޮޑު ހަނގުރާމައެއް ފެށުމާއި ހަމަޔަށް ކަންތައް ދާނެކަމަށް ޔޫކްރެއިނަށް ރަނގަޅަށް އެނގޭނެއެވެ.

މިމޭރުމުން ވާހަކަ ދެއްކެވި ރަޝިޔާގެ އިސް އޮފިޝަލު ނިކޮލައި ޕަޓްރުޝޭވް އަކީ ޕުޓިންގެ ވަރަށް އަރިސް ބޭފުޅެކެވެ. އޭނާ އިތުރަށް ވިދާޅުވީ ޔޫކްރޭނުން އަވަސް މެންބަރޝިޕަށް އެދި ހުށަހެށީ ހަމައެކަނި ޕްރޮޕަގެންޑާގެ ބޭނުމުގައި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެނީ ޔޫކްރެއިނަށް ނޭޓޯގެ މެންބަރުކަން ދީފިނަމަ، އޭގެ ނަތީޖާ ހުޅަނގަށް ވެސް ރަނގަޅަށް އެނގޭނެ ކަމަށާއި، ޔޫކްރެއިންގެ ބޭނުމަކީ އަޑުގަދަކޮށްގެން ދުނިޔޭގެ ސަމާލުކަން ހޯދުން ކަމަށެވެ. އަދި ނޭޓޯގެ މެންބަރު ގައުމުތަކަށް ވެސް މިކަމުގައި ހުރި ނުރައްކާ ރަނގަޅަށް އެނގޭނެ ކަމަށް ނިކޮލައި ޕަޓްރުޝޭވް ވިދާޅުވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އަވަސް ޕްރޮސެސްއެއްގެ ތެރެއިން ނޭޓޯއާ ގުޅުމަށް އެދިވަޑައިގެންފައިވާނެކަން ހާމަކުރައްވާފައެވެ.

ނިކޮލައި ޕަޓްރުޝޭވް ވިދާޅުވީ ނިއުކްލިއަރ ހަނގުރާމައެއްގެ އަސަރު ކުރާނީ ހަމައެކަނި ރަޝިޔާއަށާއި ހުޅަނގުގެ މަދު ގައުމުތަކަކަށް އެކަނި ނޫން ކަމަށާއި މުޅި ދުނިޔެއަށް ވެސް އަސަރު ކުރާނެކަން ހަނދާން ބަހައްޓަން ޖެހޭ ކަމުގައެވެ. އެކަމުގެ އަސަރު މި ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް ކުރާނެ ކަމަށާއި ނިއުކްލިއަރ ހަނގުރާމައެއް ވެގެން ދާނީ މުޅި އިންސާނީ ދަރިފަސްކޮޅަށް ވެސް ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލަކަށް ކަމުގައި ވިދާޅުވެފައިވެއެވެ.

ނޭޓޯއާ އަވަސް ގޮތަކަށް ގުޅުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވުމުގެ ދެތިންގަޑިއިރު ކުރިން ރަޝިޔާގެ ރައީސް ޕުޓިން ވަނީ ޔޫކްރެއިންގެ 18 އިންސައްތަ ބިން ހިމެނޭ ސަރަހައްދެއް ރަޝިޔާއާ ގުޅާލިކަން ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ.

ޔޫކްރެއިނުން ނޭޓޯއާ ގުޅުން އަވަސްކުރުމަށް ނިންމި ނިންމުން ބެލެވޭނީ ހަމައެކަނި ރަމްޒީ ކަމެއްގެ ގޮތުގައެވެ. އެހެނީ އެކަން ހަމަޖެހޭނީ މެމްބަރު 30 ގައުމުގެ ރުހުން ލިބިގެން ކަމަށް ވާތީއެވެ.

ރަޝިޔާގައި ގިނަ އަދަދަކަށް ނިއުކްލިއަރ ހަތިޔާރު ހުރި އިރު، ނޭޓޯ ފުޅާކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތާއި ގުޅިގެން މިތަކެތި ބޭނުންކުރާނެ ކަމަށް ބުނެ ޕުޓިން ތަކުރާރުކޮށް އިންޒާރުގެ މޭރުމުން ވާހަކަފުޅު ދައްކަވާފައިވެއެވެ. ޔޫކްރެއިންގެ ބިންތައް ގުޅުވާލަން ގަސްތުކުރައްވާކަން އިއުލާާނު ކުރައްވަމުން ސެޕްޓެމްބަރު 21 ވަނަ ދުވަހު ޕުޓިން ވިދާޅުވީ، ރަޝިޔާގެ ސަރަހައްދު ހިމާޔަތް ކުރަން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ވެސް ތައްޔާރަށް ހުންނެވި ކަމަށާއި އެއީ އޮޅުވާލަންވެގެން ވިދާޅުވި އެއްޗެއް ނޫން ކަމުގައެވެ.

ރަޝިޔާގެ ބިރު ދެއްކުންތަކާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވިދާޅުވެފައިވަނީ 1962 ވަނަ އަހަރު ހިނގި ކިއުބާ މިސައިލް ކްރައިސިސްއަށްފަހު، ނިއުކްލިއަރ ހަނގުރާމައެއްގެ ބިރު އެންމެ ބޮޑުވެފައިވަނީ މިވަގުތު ކަމުގައެވެ. ނޭޓޯއިން ވެސް ވަނީ ނިއުކްލިއަރ ހަމަލާއަކަށް ތައްޔާރު ވުމާއި ބެހޭ ގޮތުން ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

ދުނިޔޭގައިވާ އެންމެ ބޮޑު ނިއުކްލިއަރ ދެ ބާރަކީ އެމެރިކާ އާއި ރަޝިޔާއެވެ. ދުނިޔޭގައި ހުރި ނިއުކްލިއަރ ވޯހެޑްގެ 90 އިންސައްތަ ނިސްބަތްވަނީ މި ދެ ގައުމަށެވެ.

އަނެއްކޮޅުން ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރި ނަމަވެސް ރައްދުގައި ނޭޓޯގެ ގައުމުތަކުން ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެގައުމުތަކުގެ ގާނޫނު ތަންނުދޭކަމަށް ޚަބަރު ލިބެއެވެ. ފަރަންސޭސި ރައީސް މެކްރޯން ވެސް ވިދާޅުވީ އެގައުމުގެ ނިއުކްލިއަރ ޑޮކްޓްރީން ބުނާގޮތުން ފްރާންސުން ނިއުކްލިއަރ ހަމަލާއެއް ދެވޭނީ ސީދާ އެގައުމަށް ހަމަލާއެއް އައުމުން ކަމަށެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަދުނިޔެވްލަޑިމިއަރ ޕުޓިންޔޫކްރެއިންގެ ރައީސް ވޮލްޑީމިއަރ ޒެލެންސްކީނޭޓޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު