Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޕާލުގައި ފެންބޮޑުވުން

ނޭޕާލުގައި ފެންބޮޑުވުމުގެ ހާދިސާތަކުގައި 33 މީހުން މަރުވެއްޖެ

ނޭޕާލުގައި ފެން ބޮޑުވުމުގެ ސަބަބުން މިއަހަރު މިހާތަނަށް 110 މީހުން މަރުވެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 12 އޮކްޓޯބަރު 2022 | ބުދަ 07:07
ނޭޕާލުގައި ފެންބޮޑުވި ހިސާބުތަކުން މީހުން ދުރަށް ގެންދަނީ

ނޭޕާލުގައި ފެންބޮޑުވި ހިސާބުތަކުން މީހުން ދުރަށް ގެންދަނީ

ނޭޕާލުގެ ހުޅަނގު ފަޅީގެ ހިސާބުތަކަށް ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭ ކުރި ބޯ ވިއްސާރައިގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ އެކި ހާދިސާތަކުގައި މަދުވެގެން 33 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މޫސުން އެންމެ ބޮޑަށް ގޯސްވި ހުޅަނގު އުތުރުގެ ކަރްނާލީ ޕްރޮވިންސުން އެތައްހާސް ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދެވުނު ކަމަށް ވެސް އޮފިޝަލުން މައުލޫމާތުދީފައިވެއެވެ.

ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކުގައި އެތައް ސަތޭކަ ގެޔަކަށް ގެއްލުންވެފައިވާ އިރު، 22 މީހުން ގެއްލި އެތައްބަޔަކަށް އަނިޔާވެފައިވެއެވެ. އަދި މެދުނުކެނޑި ވާރޭ ވެހެމުން ދިއުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް ފަރުބަދަ މަތީގެ ހިސާބުތަކަށް ފޯރުމަށް ދަތިވެފައިވާ ކަމަށް ޚަބަރުލިބެއެވެ.

މީހުން ގެއްލުނު ކަމުގެ ރިޕޯޓުތައް ގިނައިން ލިބިފައިވަނީ ބިންތިރި ކާލިކޮޓް ޑިސްޓްރިކްޓުންނެވެ. ފާއިތުވި ހަފްތާއެއްހާ ދުވަހު މިހިސާބުން ވެސް މީހުން ދުރު ހިސާބުތަކަށް ދަނީ ގެންދެވެމުންނެވެ.

މި ހިސާބުތަކަށް ސަރުކާރުން ހެލިކޮޕްޓަރުގައި އެހީގެ ތަކެތި ފޯރުކޮށްދެމުންދާކަމަށް ޚަބަރު ލިބެއެވެ. އަދި ޔުނިސެފުން ވެސް ދަނީ ފެނުގެ އަސަރު އެންމެ ބޮޑަށް ކުރި ހިސާބުތަކަށް ކާބޯތަކެއްޗާއި ބޭސް ބަހަމުންނެވެ.

އާންމުގޮތެއްގައި ޖޫން މަހުން ފެށިގެން އޮކްޓޯބަރު މަހަށް ނޭޕާލަށް މޫސުމީ ވިއްސާރަ ކުރެއެވެ. ވިއްސާރައާ ގުޅިފައިވާ އެކި ހާދިސާތަކުގައި ނޭޕާލުގައި މިއަހަރު މިހާތަނަށް 110 މީހުން މަރުވެފައިވާ ކަމަށް އެޤައުމުގެ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވެއެވެ.

ނޭޕާލްދުނިޔެ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!

05 ޑިސެމްބަރު 2025
ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!
27 ސެޕްޓެމްބަރު 2025

ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
27 ސެޕްޓެމްބަރު 2025

ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި
14 ސެޕްޓެމްބަރު 2025

ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ ޖެން-ޒީން ގެ ވިސްނުމާ އެއްގޮތައް ކަމަށް ނޭޕާލުގެ އައު ބޮޑުވަޒީރު ވިދާޅުވެއްޖެ

14 ސެޕްޓެމްބަރު 2025
ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ ޖެން-ޒީން ގެ ވިސްނުމާ އެއްގޮތައް ކަމަށް ނޭޕާލުގެ އައު ބޮޑުވަޒީރު ވިދާޅުވެއްޖެ
12 ސެޕްޓެމްބަރު 2025

ޖެން-ޒީ ލީޑަރުންގެ ރުހުމާ އެކު ނޭޕާލުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރު ކަމަށް ގެނެސްފި

12 ސެޕްޓެމްބަރު 2025
ޖެން-ޒީ ލީޑަރުންގެ ރުހުމާ އެކު ނޭޕާލުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރު ކަމަށް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު