Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

ޒުވާނުން ބިނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 18 ޖުލައި 2023 | އަންގާރަ 02:13
ސްކިލްސް ޑެވެލޮޕްމަންޓް ކޮންސަލްޓެންޓް އަހުމަދު ނިޝާމް

ސްކިލްސް ޑެވެލޮޕްމަންޓް ކޮންސަލްޓެންޓް އަހުމަދު ނިޝާމް

ޒުވާނުން ވާޒީފާގެ މާހައުލަށް ތައްޔާރު ކުރުމަށް ސަރުކާރުން ފަށާފައިވާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ކާމިޔާބު ޕްރޮގްރާމެއް ކަމަށް ޔޫތު މިނިސްޓްރީގެ ސްކިލްސް ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް އަހުމަދު ނިޝާމް ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނިޝާމް ވިދާޅުވީ ޒުވާނުން ބިނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މީގެ ތެރޭގައި ހިމެނޭ މުހިންމު ޕްރޮގްރާމެއް ކަމަށާއި މިހާތަނަށް އެ ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުގެ އަދަދު 1100 އަށްވުރެ އިތުރުކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހުރި ފަރާތްތައް ނުލިބުމާއި ޒުވާނުން ކިޔަވައިގެން ނުކުންނަ ދާއިރާތަކުން ވަޒީފާ ނުލިބުން ފަދަ މައްސަލަތައް ހުރިކަން ފާހަގަކުރައްވައި ނިޝާމް ވިދާޅުވީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ސަބަބުން އެކަމަށް ހައްލެއް ލިބިގެންދާ ކަމަށެވެ. އެގޮތުން، މި ޕްރޮގްރާމް ހިންގަނީ ރާއްޖޭގެ އިގްތިސާދުގައި މުހިންމު ހުރިހާ ދާއިރާތައް ހިމަނައިގެން ކަމަށާއި މިހާތަނަށް ޕްރޮގްރާމް ފުރިހަމަ ކުރި ގިނަ ބައިވެރިންނަށް ވަޒީފާ ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދާއިރު ތަމްރީނުތައް ދިނުމުގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑެވެލޮޕްމަންޓް އޮތޯރިޓީގެ ސްޓެންޑަޑްތަކަށް ވަރަށް ބޮޑަށް ބަލާކަމަށާއި އޭގެ ސަބަބުން މި ޕްރޮގްރާމުގެ ދަށުން ތަމްރީނުވާ ފަރާތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ވެސް ނިޝާމް ވިދާޅުވިއެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ޤައުމީ ފެންވަރުގައި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން 3000 ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިކަން ހާސިލުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ނޫން ވެސް ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ކުންފުނިތަކާއެކު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްކުޅިވަރާ ބެހޭ ވުޒާރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެމްޓީސީސީގެ 87 މުވައްޒަފުން ދަސްވެނިވެއްޖެ

އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެމްޓީސީސީގެ 87 މުވައްޒަފުން ދަސްވެނިވެއްޖެ

13 ސެޕްޓެމްބަރު 2023
ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

09 މެއި 2023

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު