Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ރަޝިއާގެ މިސައިލް ހަމަލާތަކަށްފަހު އެމެރިކާއިން ޔޫކްރެއިނަށް އެއަރ ޑިފެންސް ސިސްޓަމް ފޯރުކޮށްދެނީ

އެމެރިކާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ބައިޑަން ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 11 އޮކްޓޯބަރު 2022 | އަންގާރަ 08:04
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާއިން ޔޫކްރެއިނަށް ފަހުގެ އެއަރ ޑިފެންސް ސިސްޓަމްތައް ފޯރުކޮށްދޭނެ ކަމަށް އެގައުމުގެ ރައީސް ޖޯ ބައިޑަން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަރިހު ވައުދުވެވަޑައިގެންފިއެވެ.

އެމެރިކާއިން ޔޫކްރެއިނަށް ފަހުގެ އެއަރ ޑިފެންސް ސިސްޓަމްތައް ފޯރުކޮށްދޭން ނިންމާ އެކަން ކުރައްވާނެ ކަމަށް އެގައުމުގެ ރައީސް ބައިޑަން ވިދާޅުވެފައި މިވަނީ ހޯމަ ދުވަހު ރަޝިއާއިން ޔޫކްރެއިނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކާ ގުޅިގެންނެވެ.

ބައިޑަން ވަނީ ފޯނުން ގުޅުއްވާ ޒެލެންސްކީ އާ ވާހަކަފުޅުދައްކަވާފައެވެ. އެވާހަކަފުޅުތަކުގެ ތެރޭގައި ރަޝިއާގެ މިހަމަލާތައް އެމެރިކާއިން ހަރުއަޑުން ކުއްވެރިކުރާކަމަށް ވިދާޅުވެފައިވާއިރު، އެމެރިކާއިން ޔޫކްރެއިނާ އެކު ދެމިހުންނާނެ ކަމަށް ބައިޑަން ވިދާޅުވިއެވެ.

ފަހުގެ އެއަރ ޑިފެންސް ސިސްޓަމްތަކުގެ އިތުރުން އަސްކަރީ އެހެނިހެން އެހީ ފޯރުކޮށްދިނުމުގައި ވެސް އެމެރިކާއިން ދެމި ހުންނާނެ ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ހަނގުރާމައިގެ ޒިންމާ ރަޝިއާއިން ނަގަންޖެހޭނެ ކަމަށާއި އެމެރިކާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާނެކަމަށް ވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ. އަދި ޔޫކްރެއިނަށް އެއްބާރުލުންދީ އެގައުމަށް ބޭނުންވާ އަސްކަރީ، އިގުތިސާދީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށް ވެސް ބައިޑަން ވިދާޅުވިއެވެ.

މިއަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން އެމެރިކާއިން ވަނީ މިހާތަނަށް 16.8 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަދަދެއްގެ އަސްކަރީ އެހީ ޔޫކްރެއިނަށް ފޯރުކޮށްދީފައެވެ. އަދި ރަޝިއާއާ ދެކޮޅަށް ގިނަ އަދަދެއްގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމައެމެރިކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު