Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ ޔޫކްރެއިން ހަނގުރާމަ

ރަޝިއާއިން ފޮނުވި 84 މިސައިލުގެ ތެރެއިން 43 މިސައިލް ވައްޓާލެވުނު: ޒެލެންސްކީ

ކޮންމެ 10 މިނެޓަކުން ރަޝިއާ އަސްކަރިއްޔާގެ އިރާން ޑްރޯންތައް ވައްޓާލަމުންދާ ކަމުގެ މައުލޫމާތު ލިބެމުން ދިޔަކަމަށް ޒެލެންސްކީ ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2022 | އަންގާރަ 07:53
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ

ހޯމަ ދުވަހު ރަޝިއާއިން ޔޫކްރެއިނަށް އަމާޒުކޮށް ފޮނުވި 84 މިސައިލުގެ ތެރެއިން 43 މިސައިލް އެގައުމުގެ އަސްކަރިއްޔާއިން ވައްޓާލާފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވަނީ ރަޝިއާއިން ފޮނުވި 84 މިސައިލުގެ ތެރެއިން 43 މިސައިލް އެގައުމުގެ އަސްކަރިއްޔާއިން ވައްޓާލާފައިވާ ކަމަށާއި އެގައުމަށް ފޮނުވި 24 ޑްރޯންގެ ތެރެއިން 13 ޑްރޯން ވައްޓާލާފައިވާ ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން ކޮންމެ 10 މިނެޓަކުން ރަޝިއާ އަސްކަރިއްޔާގެ އިރާން ޑްރޯންތައް ވައްޓާލަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވަނީ ރަޝިއާގެ މި ހަމަލާތަކަކީ ގަސްތުގައި އެގައުމުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މިހަމަލާތަކުގެ ސަބަބުން ގެއްލުން ލިބުނު ތަންތަން އަލުން މަރާމާތުކުރަން ފަށާފައިވާ ކަމަށާއި އެހުރިހާ ތަނަކާއި ތަކެތި ވެސް މަރާމާތުކޮށް ނިންމަވާނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ހޯމަ ދުވަހު ރަޝިއާއިން ވަނީ ޔޫކްރެއިންގެ އެކި ހިސާބުތަކަށް ކްރޫސް މިސައިލުގެ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. މިއީ ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރެއިން ރަޝިއާ ހަނގުރާމަ ފެށުނު ފަހުން މިހާ ވަރުގަދަ ވައިގެ ހަމަލާތަކެއް ރަޝިއާއިން ދިން ފުރަތަމަ ފަހަރުކަމަށް ބޭރުގެ މީޑިއާތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.

ރަޝިއާގެ މިސައިލް ހަމަލާތައް ވަނީ ޔޫކްރެއިންގެ އާންމުން ދިރިއުޅެމުންދިޔަ ގިނަ ސިޓީތަކަކަށް އަމާޒުވެފައެވެ. އޭގެތެރޭގައި ޔޫކްރެއިންގެ ވެރިރަށް ކިއެވް ވެސް ހިމެނެއެވެ. މީގެ އިތުރުން ހުޅަނގު ޔޫކްރެއިންގެ ސިޓީތައް ކަމަށްވާ ލިވިވް، ޓަރނޮޕިލް، ޒިޓޮމީރްގެ އިތުރުން ދެކުނުުގެ ސިޓީއެއް ކަމަށްވާ ޒެޕޮރީޒިއާ އާއި އިރުމަތީ ޔޫކްރެއިންގެ ޚާކީވްގެ އިތުރުން ޔޫކްރެއިންގެ މެދުގައިވާ ނިޕްރޯ ސިޓީ އާއި ކްރެމެންޝުކް ސިޓީއަށް ވެސް ވަނީ މި ހަމަލާތައް އަމާޒުވެފައެވެ.

ޔޫކްރެއިންގެ އޮފިޝަލުން މައުލޫމާތުދޭގޮތުގައި މިހަމަލާތަކުގައި 11 މީހުން ވަނީ މަރުވެފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ހޯމަ ދުވަހު ރަޝިއާއިން ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކަކީ ކްރައިމިއާ ބްރިޖު ގޮއްވާލުމުގެ ސަބަބުން އެކަމުގެ ބަދަލެއްގެ ގޮތުގައި ދިން ހަމަލާތަކެކެވެ.

ރަޝިއާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔޫކްރެއިންގެ ރައީސް ވޮލްޑީމިއަރ ޒެލެންސްކީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު