Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކްރައިމިއަރ ބްރިޖަށް ދިން ހަމަލާ

ކްރައިމިއަރ ބްރިޖަށް ދިން ހަމަލާގެ ބަދަލުގައި، މިހާތަނަށް ނުދޭވަރުގެ ވަރުގަދަ ހަމަލާތަކެއް

ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 10 އޮކްޓޯބަރު 2022 | ހޯމަ 16:38
ހޯމަ ދުވަހު ރަޝިއާއިން ވަނީ ޔޫކްރެއިންގެ އެކި ހިސާބުތަކަށް ކްރޫސް މިސައިލްގެ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި

ހޯމަ ދުވަހު ރަޝިއާއިން ވަނީ ޔޫކްރެއިންގެ އެކި ހިސާބުތަކަށް ކްރޫސް މިސައިލްގެ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި

ޔޫރަޕުގެ އެންމެ ދިގު ބްރިޖުކަމަށްވާ ރަޝިއާގެ ކްރައިމިއާ ބްރިޖު ގޮއްވާލުމުގެ ފަހަތުގައި އޮތީ ޔޫކްރެއިންކަމަށް، ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ތުހުމަތު ކުރައްވައިފައިވަނިކޮށް، އެބްރިޖަށް ދިން ހަމަލާގެ ބަދަލުގައި ވަރުގަދަ ހަމަލާތަކެއް ދޭން ރަޝިއާއިން ފަށައިފިއެވެ.

ހޯމަ ދުވަހު ރަޝިއާއިން ވަނީ ޔޫކްރެއިންގެ އެކި ހިސާބުތަކަށް ކްރޫސް މިސައިލްގެ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. މިއީ ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރެއިން ރަޝިއާ ފެށުނު ފަހުން މިހާ ވަރުގަދަ ވައިގެ ހަމަލާތަކެއް ރަޝިއާއިން ދިން ފުރަތަމަ ފަހަރުކަމަށް ބޭރުގެ މީޑިއާތަކުން ދަނީ ފާހަގަކުރަމުންނެވެ.

ރަޝިއާގެ މިސައިލް ހަމަލާތައް ވަނީ ޔޫކްރެއިންގެ އާންމުން ދިރިއުޅެމުންދިޔަ ގިނަ ސިޓީތަކަކަށް އަމާޒުވެފައެވެ. އޭގެތެރޭގައި ޔޫކްރެއިންގެ ވެރިރަށް ކިއެވްވެސް ހިމެނެއެވެ. މީގެ އިތުރުން ހުޅަނގު ޔޫކްރެއިންގެ ސިޓީތައް ކަމަށްވާ ލިވިވް، ޓަރނޮޕިލް، ޒިޓޮމީރްގެ އިތުރުން ދެކުނުުގެ ސިޓީއެއް ކަމަށްވާ ޒެޕޮރީޒިއާއާއި އިރުމަތީ ޔޫކްރެއިންގެ ޚާކީވްގެ އިތުރުން ޔޫކްރެއިންގެ މެދުގައިވާ ނިޕްރޯ ސިޓީއާއި ކްރެމެންޝުކް ސިޓީއަށްވެސް ވަނީ މި ހަމަލާތައް އަމާޒުވެފައެވެ.

ޔޫކްރެއިންގެ އޮފިޝަލުން މައުލޫމާތުދޭގޮތުގައި މިހަމަލާތަކުގައި 10 މީހުން ވަނީ މަރުވެފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ހޮނިހިރު ދުވަހު ޓްރަކެއް ގޮވައި ކްރައިމިއާ ބްރިޖުގެ ބައެއް ވަނީ ހަލާކުވެފައެވެ. މި ގޮވުމުގައި ޓްރަކާ ކައިރީގައި ދަތުރުކުރަމުންދިޔަ ކާރެއްގައި ތިބި ތިން މީހަކު މަރުވެފައިވާކަމަށް ރަޝިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

މި މައްސަލަ ތަހުގީގުކުރުމަށް ރަޝިއާއިން ނިންމާފައިވާއިރު، މައްސަލަ ތަހުގީގުކުރާ ކޮމިޓީއާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ޕުޓިން ވިދާޅުވީ، ޔޫކްރެއިނުގެ އިންޓެލިޖެންސް ފޯސްތަކުން ރަޝިއާގެ މުހިންމު ސިވިލް އިންފްރާސްޓްރަކްޗަރުތަކަށް ގެއްލުން ދިނުމަށް މަސައްކަތްކޮށްފައިވާކަމަށެވެ. އަދި އެއީ އެފަދަ ހަމަލާއެއްކަން ފާހަގަކުރައްވައި ޕުޓިން ވަނީ އެ ހަމަލާއަކީ ޓެރަރިސްޓު ހަމަލާއެއްގެގޮތުގައި ސިފަކުރައްވާފައެވެ.

ރަޝިއާއިން މި މައްސަލަ ބަލާ ކޮމިޓީގެ އިސްވެރިޔާ އެލެކްސެންޑަރ ވިދާޅުވިގޮތުގައި، ކްރައިމިއާ ބްރިޖުގައި ގޮއްވާލި ޓްރަކު ވަނީ އެހެން ބައެއް ގައުމުތަކުން ދަތުރުކޮށްފައެވެ. އެގޮތުން، ބަލްގޭރިއާއާއި ޖިއޯޖިއާއާއި އަރުމީނިއާފަދަ ސަރަހައްދުތަކުން އެ ޓްރަކު ދަތުރުކޮށްފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ގޮއްވުމުގެ ފަހަތުގައި ވަނީ ޔޫކްރެއިންކަމަށް ޕުޓިން ތުހުމަތު ކުރައްވާފައިވާއިރު، ޔޫކްރެއިންގެ ރައީސްގެ އެޑްވައިޒަރަކު ވަނީ އެކަން ދޮގުކުރައްވާއެވެ. އޭނާ ވިދާޅުވީ އެ ދެ ގައުމުގެ ތެރެއިން ޓެރަރިސްޓު ގައުމެއްގޮތުގައި އޮތީ އެންމެ ގައުމެއްކަމަށާއި، އެ ގައުމަކީ ކޮބައިކަން މުޅި ދުނިޔެއަށްވެސް އެނގޭކަމަށެވެ.

ރަޝިއާގެ ކްރައިމިއާ ބްރިޖަކީ ޔޫކްރެއިނަށް ހަމަލާދެމުން އަންނަ ރަޝިއާގެ ފޯސްތަކަށް ބޭނުންވާ މުހިންމު ސާމާނު ސަޕްލައި ކުރުމުގައި މުހިންމު ރޫޓެކެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިއާޔުކްރެއިން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު