Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނަށް އެހީވުން

މުސްލިމް ވަރލްޑް ލީގުގެ މަސައްކަތަށް ޕާކިސްތާންގެ ބޮޑުވަޒީރު ތައުރީފްކުރައްވައިފި

10 އޮކްޓޯބަރު 2022 | ހޯމަ 14:01

މިފަދަ ހިތާމައިގެ ދަނޑިވަޅެއްގައި ދަތުރުފުޅެއް ކުރެއްވީތީ ޝުކުރު އަދާކުރެއްވި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 10 އޮކްޓޯބަރު 2022 | ހޯމަ 14:01
މުސްލިމް ވަރލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް، ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވަނީ

މުސްލިމް ވަރލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް، ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވަނީ

އިސްލާމް ދީނުގެ ދީނީ އެއްބައިވަންތަކަމާއި ސަގާފަތް، އަދި ހަމައެއާއެކުއެކީ ސުލްހަ މަސަލަސްކަމާއި އަޚްވަންތަ ލޯބި ދެމެހެއްޓުމަށް، މައްކާގައި ހުންނަ މުސްލިމް ވަރލްޑް ލީގް ޖަމާއަތުން ކުރަމުންދާ މަސައްކަތަށް ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ތައުރީފްކުރައްވައިފިއެވެ. ޝަހްބާޒް ޝަރީފް މިމޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ މުސްލިމް ވަރލްޑްލީގްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަލްއީސާ ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅެއްގައި ހޮނިހިރު ދުވަހު އިސްލާމް އާބާދަށް ވަޑައިގެންނެވުމުން އޭނާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މުހައްމަދު އަލްއީސާއަކީ އެސޯސިއޭޝަން އޮފް މުސްލިމް ސްކޮލަަރސްގެ ޗެއާމަންވެސްމެއެވެ.

މުހައްމަދު އަލްއީސާ ޕާކިސްތާނަށް ދަތުރުފުޅެއް މި ކުރައްވަނީ ދާދިފަހުން އެގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން، ހާލުގައިޖެހުނު މީހުންނަށް އެހީތެރިވުމުގެ ޚާއްސަ ކެމްޕެއިނެއް ފައްޓަވައިދެއްވުމަށެވެ. މުހައްމަދު އަލްއީސާގެ އަރިހުގައި މުސްލިމް ވަރލްޑް ލީގްގެ އިސް ބައެއް ބޭފުޅުން މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މުސްލިމް ވަރލްޑް ލީގްގެ ވަފްދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޝަހްބާޒް ޝަރީފް ވަނީ، ޕާކިސްތާނަށް ކުރިމަތިވި ހިތާމައިގެ ދަނޑިވަޅުގައި ޕާކިސްތާނަށް ދަތުރު ފުޅެއް ކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ. އަދި އިސްލާމީ އުއްމަތް އެކަތިގަނޑެއްގެގޮތުގައި ދެމެހެއްޓުމަށް މުސްލިމް ވަރލްޑް ލީގުން ކުރަމުންދާ މަސައްކަތް، ފަޚުރުވެރިކަމާއެކު ބައްލަވާކަމަށް ވިދާޅުވެފައިވެއެވެ.

ޑޮކްޓަރ އަލްއީސާގެ ވާހަކަފުޅުގައި ވިދާޅުވީ، އެބޭފުޅުން ވަޑައިގެންނެވީ އިސްލާމީ ޖަމާއަތެއްގެ ގޮތުން އަދާކުރަންޖެހޭ ޑިއުޓީއެއް އަދާކުރެއްވުމަށް ކަމަށެވެ.  

ޝެއިޚް އަލްއީސާ ވަނީ، ޕާކިސްތާނުގެ މިނިސްޓަރ އޮފް ރިލިޖަސް އެފެއަރޒް އެންޑް އިންޓަރ ފެއިތު ހާމަނީ މުފްތީ އަބްދުއްޝަކޫރް ޚާންއާވެސް ބައްދަލުކުރައްވައި، އިސްލާމިކް އެފެއަރޒާގުޅޭ އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މުސްލިމް ވަރލްޑް ލީގްގެ ވަފްދުން، ފެންބޮޑުވި އަވަށްތަކާއި ސިޓީތައް ބައްލަވާލެއްވުމަށް އެތަންތަނަށް ދަތުރުކުރެއްވުމަށް ހަމަ ޖެހިފައިވެއެވެ. އަދި ޑރ. އީސާ އެތައް މިސްކިތްތަކެއްގައި ދަރުސް ދެއްވުމަށްވެސް ހަމަޖެހިފައިވާކަމަށް ޚަބަރު ލިބެއެވެ.

ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ސައޫދީ އަރަބިއްޔާއިން މިހާރުވެސް ވަނީ އެތައް ކާގޯ މަތިންދާ ބޯޓެއްގެ އެހީގެ ސާމާނު ފޮނުވާފައެވެ. މީގެ ތެރޭގައި ޓެންޓާއި ރަޖާއާއި ކަދުރުފަދަ ތަކެތި ފޮނުވާފައިވެއެވެ.  

ޕާކިސްތާން

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 ސެޕްޓެމްބަރު 2025

ސެކިއުރިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޕާކިސްތާނުން އިސްރާއީލަށް ކުރުދޮށިން ދީފި

12 ސެޕްޓެމްބަރު 2025
ސެކިއުރިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޕާކިސްތާނުން އިސްރާއީލަށް ކުރުދޮށިން ދީފި
18 ޖުލައި 2025

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެއް ދުވަސް ތެރޭ 63 މަރު

18 ޖުލައި 2025
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެއް ދުވަސް ތެރޭ 63 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް