Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

"މުސާރަ ކުޑަކުރުމަށް އެއްވެސް ކުޅުންތެރިޔަކަށް މަޖުބޫރެއް ނުކުރަން"

ބާސެލޯނާ އިން ބެލީ ދެ ފަރާތަށް ވެސް އެންމެ ރަނގަޅަށް ކަންތައް ކުރެވޭނެ ގޮތެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޮކްޓޯބަރު 2022 | ހޯމަ 03:00
ބާސެލޯނާގެ ރައީސް ލަޕޯޓާ

ބާސެލޯނާގެ ރައީސް ލަޕޯޓާ

މުސާރަ ކުޑަ ކުރުމަށް ބާސެލޯނާގެ އެއްވެސް ކުޅުންތެރިޔަކަށް މަޖުބޫރު ކުރައްވާފައިނުވާނެ ކަމަށް އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

ލަޕޯޓާ މިހެން ވިދާޅުވީ ބާސެލޯނާ އަށް ކުޅެމުން އަަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ލަޕޯޓާ ވިދާޅުވީ ޑި ޔޯން ހޯދުމަށް އެދި ޕްރިމިއާ ލީގުގެ ގިނަ ކުލަބުތަކެއްގެ ހުށަހެޅުން ބާސެލޯނާ އަށް ލިބުނު ކަމަށެވެ. ލަޕޯޓާ ވިދާޅުވި ގޮތުގައި އެ ހުށަހެޅުންތަކަކީ ވަރަށް އަގު ބޮޑު ހުށަހެޅުންތަކެއް ކަމަށެވެ. ނަމަވެސް ބާސެލޯނާ އިން ބޭނުންވަނީ ޑި ޔޯން ކުލަބުގައި ބަހައްޓަން ކަމަށް ވެސް ލަޕޯޓާ ވިދާޅުވިއެވެ.

ލަޕޯޓާ މިހެން ވިދާޅުވިއިރު، ޑި ޔޯން ހޯދުމުގެ މަސައްކަތް މެންޗެސްޓަރ ޔުނައިޓެޑުން ކުރި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެއީ އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބޭނުންވެގެންނެވެ.

އިތުރަށް ލަޕޯޓާ ވިދާޅުވީ ބާސެލޯނާ އިން މުސާރަ ކުޑަކުރުމަށް އެއްވެސް ކުޅުންތެރިޔަަކަށް އަންގާފައިނުވާނެ ކަމަށެވެ. ނަމަވެސް ބާސެލޯނާ އިން ބެލީ ދެ ފަރާތަށް ވެސް އެންމެ ރަނގަޅަށް ކަންތައް ކުރެވޭނެ ގޮތެއް ކަމަށް ލަޕޯޓާ ވިދާޅުވިއެވެ.

ބާސެލޯނާ އަށް ދިމާވި މާލީ ޙާލަތުން އަރައިގަތުމަށް ބައެއް ކުޅުންތެރިން ވަނީ މުސާރަ ކުޑަކޮށްފައެވެ. މީގެ އިތުރުން ކުލަބުގެ ޚަރަދުތައް ކުޑަކޮށް، ކުލަބުގެ ބައެއް އެސެޓު ވަނީ ވިއްކާލާފައެވެ. މިހާރު ބާސެލޯނާ އޮތީ މާލީ ގޮތުން ދިމާވި ދަތި ޙާލަތުން އަރައިގަނެ، މާލީ ގޮތުން ރަނގަޅު ހިސާބެއްގައެވެ.

ބާސެލޯނާޖޮއާން ލަޕޯޓާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
19 އޮކްޓޯބަރު 2025

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު