Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑްކަޕަށް އެނަލިސްޓުންނާއެކު ރާއްޖެ ޓީވީން ސޮއިކުރަން ފަށައިފި

9 އޮކްޓޯބަރު 2022 | އާދީއްތަ 14:38

މިފަހަރުގެ ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ރާއްޖެ ޓީވީން ދައްކާނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 9 އޮކްޓޯބަރު 2022 | އާދީއްތަ 14:38
އެނަލިސްޓުންނާއެކު ސޮއިކުރުން

އެނަލިސްޓުންނާއެކު ސޮއިކުރުން

އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ދުރަށް ދެއްކުމަށް ރާއްޖެޓީވީން ގެނެސްދޭ ކަވަރޭޖުގައި މެޗުތައް އެނަލައިޒް ކުރުމަށް އެނަލިސްޓުންނާއެކު ސޮއިކުރަން ފަށައިފިއެވެ.

މި ގޮތުން މި މުބާރާތް ރާއްޖެ ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް އެއްބަސްވެފައިވާ އެނަލިސްޓުންގެ ތެރެއިން މިއަދު ސޮއިކޮށްފައިވަނީ ހަތަރު އެނަލިސްޓަކާއެކުގައެވެ.

މި ހަތަރު އެނަލިސްޓުންނަކީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އާއި ސާފް ޗެމްޕިއަންޝިޕް 2008ގެ ކާމިޔާބު ކުރި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޝާހު އިސްމާއީލް (ސާޔާ) އާއި ރާއްޖޭގެ ޔޫތު ފުޓްބޯޅަ މުބާރާތްތަކުގެ އެންމެ ކާމިޔާބު ކޯޗު އަހުމްދު ޝާކިރުއެވެ.

މި އެނެލިސްޓުން، ރާއްޖެޓީވީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އާދީއްތަ ދުވަހުގެ ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ރާއްޖެޓީވީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒްމީ ސައީދެވެ.

ގަތަރުގައި އަންނަ މަހުގެ 20ން ޑިސެމްބަރު 18ށް ކުރިއަށްދާ ވޯލްޑްކަޕް ގެނެސްދިނުމަށް ރާއްޖެ ޓީވީއާއެކު އެއްބަސްވެފައިވައި ތިބި އެހެން އެނަލިސްޓުންނާއެކު ވަރަށް އަވަހަށް ސޮއިކުރަން ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ ވޯލްޑްކަޕުގެ ހުރިހާ މެޗެއް ބެލުންތެރިންނާއި ހަމައަށް ވަގުތުން ގެނެސްދިނުމަށް ރާއްޖެ ޓީވީން މިހާރު ވަނީ މީޑިއާނެޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއީ ސައްތައިން ސައްތަ ދިވެހި ޗެނަލްތަކަކުން މި ފޯރިގަދަ މުބާރާތް ރާއްޖެ ސަރަޙައްދަށް ދެއްކުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

މި މުބާރާތް ވިޔަފާރި އުސޫލުން ސްޕޮންސަރ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މިހާރު ވަނީ އެފުރުސަތު ހުޅުވާލާފައެވެ. ސްޕޮންސަރ އާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުނަމަ 7783158 ށް ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެވޭނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް