Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނުރައްކާތެރި ކޯފް ސިރަޕް އެއް

ކޯފް ސިރަޕްގެ ގޮތުގައި ބޭނުން ކުރެވޭ ހަތަރު ބޭހެއް، ކުޑަކުދިންގެ މަރާ ގުޅުމެއް އޮވެދާނެ: ޑަބްލިއު އެޗްއޯ

7 އޮކްޓޯބަރު 2022 | ހުކުރު 13:27

މި ބޭހުގެ ސަބަބުން ބަޑަށް ތަދުވުމާ، ހޮޑުލެވުން، ބޭރަށް ހިންގުން، ކުޑަކަމުނުދެވުން، ބޮލުގަ ރިއްސުން އަދި ސިކުޑިއަށް އަސަރުކުރުމާ އަދި ކިޑްނީ އަށް ގެއްލުން ވުން ފަދަ ކަންކަން ކުރިމަތިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 7 އޮކްޓޯބަރު 2022 | ހުކުރު 13:27
ޑަބްލިއު އެޗް އޯ ގެ ޗީފް ޓެޑްރޮސް

ޑަބްލިއު އެޗް އޯ ގެ ޗީފް ޓެޑްރޮސް

ހުޅަގު އެފްރިކާގެ ގައުމެއްކަމަށްވާ ގެންބިޔާ ގައި 66 ކުޑަކުދިން މަރުވި ހާދިސާތަކަކާ ގުޅިގެން ކުޑަކުދިންގެ ކޯފް ސިރަޕްގެ ގޮތުގައި ބޭނުން ކުރެވޭ ހަތަރު ބޭހެއް ބޭނުން ނުކުރުމަށް އަންގާ، ޑަބްލިއުއެޗްއޯ އިން އެލަރޓް ނެރެފިއެވެ.

އެފަރާތުން ބުނެފައިވާ ގޮތުގައި މި ސިރަޕްތައް ބޭނުން ކުރުމުން ކުޑަކުދިންގެ ކިޑްނީ އަށް ގެއްލުންވާ ކަމަށް ބެލިފައިވާ ކަމަށާއި ގެންބިޔާގައި މަރުވި 66 ކުދިން މަރުވެފައިވަނީ މި ބޭސްތައް ބޭނުން ކުރުމުގެ ސަބަބުން ކަމަށް ވުން އެކަށީގެންވާ ކަމުގައެވެ.

މަނާ ކުރެވުނު ހަތަރު ކޯފް ސިރަޕް އުފައްދާފައިވަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ މެއިޑެން ފާމަކިއުޓީކަލްސް އިންނެވެ. ޑަބްލިއުއެޗްއޯ އިން ބުނީ އެބޭސްތަކުގެ ރައްކާތެރިކަމުގެ ގެރެންޓީ އެކުންފުންޏަށް ދެވިފައި ނުވާ ކަމުގައެވެ.

މިކަމާ ގުޅިގެން ކުންފުނިން އާންމުކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ބީބީސީގެ ފަރާތުން ގުޅުމުން، އެބޭސްތަކާ ކުދިންގެ މަރާ ހުރި ގުޅުމުގެ ހެކި ހިއްސާކުރުމަށް ޑަބްލިއު އެޗްއޯ ގައި އެދިފައިވާނެ ކަމަށް އިންޑިޔާގެ އޮފިޝަލުން ބުނެފައިވާ ކަމަށް ވެއެވެ.

ޑަބްލިއު އެޗްއޯ އިން މަނާކުރި ހަތަރު ކޯފް ސިރަޕް އަކީ:

ޕްރޯމެތަޒީން އޯރަލް ސޮލިއުޝަން

ކޮފެކްސްމަލިން ބޭބީ ކޯފް ސިރަޕް

މަކޯފް ބޭބީ ކޯފް ސިރަޕް، އަދި

މަ ގްރިޕް އެން ކޯލްޑް ސިރަޕްއެވެ.

މިހަތަރު ބޭހަކީ ގެމްބިޔާގައި ވިއްކާކަން ފާހަގަ ކުރެވިފައިވާ ހަތަރު ބޭހެކެވެ. ނަމަވެސް އެހެން ސަރަހައްދުތަކަށާ ގައުމުތަކަށް ވެސް މިބޭސް ޑިސްޓްރިބިއުޓް ކޮށްފަ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑަބްލިއު އެޗް އޯ އިން ބުނެފައި ވެއެވެ. އަދި މިބޭސް ބޭނުން ކުރުމުން ހަށިގަޑަށް ސީރިއަސް ގެއްލުން ތައް ލިބި އަދި މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައި ވެއެވެ.

ޑަބްލިއުއެޗްއޯ އިން މިކަމުގެ ތެރެޔަށް ވަދެފައިވަނީ، ގެމްބިޔާގެ ފަސްއަހަރުން ދަށުގެ ތުއްތު ކުދިނަށް ކިޑްނީ އިންޖަރީ ގެ މައްސަލަތައް ކުރިމަތިވާން ފެށިކަން އެގައުމުގެ މެޑިކަލް އޮތޯރިޓީ ތަކުން ފާހަގަ ކޮށް އެކަން ރިޕޯޓް ކުރި ހަމަ އިންނެވެ. މިކަން ކުރިމަތިވާ ކަން ފާހަގަވީ މިދިޔަ ޖުލައިމަހުން ފެށިގެން ކަމަށް ވެއެވެ. ކިޑްނީ އިންޖަރީ ގެ މައްސަލަ ފާހަގަވި ހަމައިން ފެށިގެން ޕެރަސެޓަމޯލް ސިރަޕްވެސް ދިނުން މަނާކުރެވުނު ކަމަށް ވެއެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ބޭސްތައް ލެބޯޓަރީގަ އެނަލައިސް ކުރުމުން އޭގައި އެކަށީގެން ނުވާ މިންވަރަކަށް "ޓޮކްސިކް" ނުވަތަ ވިހަ މާއްދާ އެއްކަމަށްވާ ޑައިތައިލީން ގްލައިކޮލް އަދި އެތައިލީން ގްލައިކޮލް ހިމެނޭކަން ފާހަގަ ވެފައިވާ ކަމަށެވެ. މި ބާވަތްތަކަކީ ހަށިގަޑަށް އެތެރެވުމުން ބަޑަށް ތަދުވުމާ، ހޮޑުލެވުން، ބޭރަށް ހިންގުން، ކުޑަކަމުނުދެވުން، ބޮލުގަ ރިއްސުން އަދި ސިކުޑިއަށް އަސަރުކުރުމާ އަދި ކިޑްނީ އަށް ގެއްލުން ވުން ފަދަ ކަންކަން ކުރިމަތި ކުރުވާ މާއްދާ ތަކެކެވެ. އަދި މިގެއްލުން ތަކުގެ ސަބަބުން މަރުވުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައި ވެއެވެ. ގެމްބިޔާގެ ސިއްހީ އޮފިޝަލުން މިދިޔަމަހުވަނީ އެގައުގެ ކުޑަކުދިންތަކެއް މަރުވެފައިވާކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ސީދާ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

ޖެނީވާގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޮސް ބުދަ ދުވަހު ވިދާޅުވެފައިވަނީ އެކުދިންގެ މަރާއި ގުޅިގެން އާއިލާތަކުން ވަނީ ވަރަށްވެސް ފުން ހިތާމައިގައި ކަމުގައެވެ.   

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

01 މާރިޗު 2017

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މެލޭޝިއާ އިން ދައުވާ އުފުލައިފި

01 މާރިޗު 2017
ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މެލޭޝިއާ އިން ދައުވާ އުފުލައިފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
18 ފެބުރުއަރީ 2017

ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

18 ފެބުރުއަރީ 2017
ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް