Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އާރުޓީއެލް ފެރީގެ ހިދުމަތް

އަނގަމަތީ ދޯނިތަކުގައި ކުރި ދަތުރު އޭސީ ކުރި އަރާމު އުޅަނދަކަށް - ބޮޑުތިލަދުންމަތީ ރައްޔިތުން އުފަލުން ފޮޅިފައި

ބޭނުން ވަގުތަކު ޓިކެޓް ނަގާލެވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2022 | ހުކުރު 10:16
އާރުޓީއެލް ފެރީގެ ހިދުމަތާއެކު ބޮޑުތިލަދުންމަތީ ރައްޔިތުން މިއަދު ތިބީ އުފަލުން ފޮޅިފައި

އާރުޓީއެލް ފެރީގެ ހިދުމަތާއެކު ބޮޑުތިލަދުންމަތީ ރައްޔިތުން މިއަދު ތިބީ އުފަލުން ފޮޅިފައި

އާރުޓީއެލްގެ ވާހަކައަކީ މިއަދު އެތަކެއް ރައްޔިތުންނެއް ދައްކަމުން އަންނަ ވާހަކައެވެ. އާރުޓީއެލް އަކީ އެއްގަމާއި ކަނޑުގެ ދިވެހިންގެ ބައިވެރިޔާއެވެ. އެކި ސައިޒުތަކުގެ ބަހުން ފެށިގެން އޭސީ ކުރި ހައިސްޕީޑް ފެރީތަކެވެ. އެތަކެއް ލުއިފަސޭހަތަކެއް ގެނުވާ އެތައް ރައްޔިތުންގެ ހިތުގެ ފިނިކަމެވެ.

މުޅި ރާއްޖެ ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުމުން މި ނިޒާމުގެ ހަގީގީ ފޮނިމީރުކަން ދިވެހިންނަށް ލިބިގެންދާނެއެވެ. އެހެނަސް މިއަދު މި ހިދުމަތުގެ ފޮނިމީރުކަން ހޯދަމުން ދަނީ ބޮޑުތިލަދުންމަތީގެ ރައްޔިތުންނެވެ. މީގެ ވިއްސަކަށް އަހަރު ކުރިއަށް ބަލާލާއިރު، އެއިރު ދަތުުކުރަމުން ދިޔައީ ރިޔާ ދޯނީގައެވެ. ރަށަކަށް ދެވިއްޖެއްޔާ ދެން އަނބުރާ ރަށަށް އާދެވެނީ 3 ދުވަހުންނެވެ. އެހާވެސް ދަތުރުކުރަން އެއިރު އުނދަގުލެވެ. އެއިރު އަތޮޅު ވެރިކަންކުރާ ނޮޅިވަރަންފަރަށް ދެވޭނީ އަހަރަކުން އެއްފަހަރު ހައްޖަށްދާ ގޮތަށް ކަމަށް ނައިވާދޫން ވާހަކަ ދެއްކި މީހަކު އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުންޏެވެ. ކުޅުދުއްފުށި ޖެހިފައި އޮންނަ އިރުވެސް އެ ރަށް ދިއުމަކީ ވެސް ނާދިރުކަމެއް ކަމަށެވެ.

އެއިރު ކުޅުދުއްފުއްޓަށް ދަތުރެއް ކުރެވޭނީ 2000 ރުފިޔާއަށެވެ. އެއީ ނައިވާދޫންނެވެ. ކުޅުދުއްފުށިން ނައިވާދޫއަށް އަންނަންޏާ އެވަރު ހަރަދުކުރަންޖެހޭ ކަމަށާއި، ހުޅަނގުގެ ގަދަ މޫސުމުގައި، ރާޅު ބޯ މަތިން އަންނަ އިރު ދަތުރުކުރުމަކީ ނުވާނެކަމެއް ކަމަށެވެ. މީހުން މަރުވިޔަސް ތިބެންޖެހެނީ ބަލަން ކަމަށާއި، މީގެ ކުރިން މަރުވެފައިވެސް އެބަތިބި ކަމަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.

ބައެއް ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމަށް ދަތުރުހަދާފައި ދާންޖެހޭ ފަރާތްތަކަކީ މިކަމުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހޭ މީހުންނެވެ. ހަފްތާއަކު އެއްފަހަރު ދާންޖެހުނަސް އެއީ އަތުންދާ އެތައް ހާސް ރުފިޔާއެކެވެ. އަސާސީ ހިދުމަތެއް ހޯދަށް އެތައް ހާސް ރުފިޔާއެއް ހޭދަކުރަންޖެހުމަކީ ރައްޔިތުންނަށް އެކަމުގެ މާޔޫސްކަން ގެނުވި ކަމެކެވެ. ނަމަވެސް މިކަންވެސް ބަދަލުވީ އާރުޓީއެލްއާއެކުގައެވެ.

އާރުޓީއެލް ލޯންޗުގެ މުވައްޒަފުން ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކި ހާއްސަ ކަމެއްދެއެވެ.

ފަތިހުގެ އަލިކަން ވެރިވުމުގެ ކުރިން ސްޓޭޝަން ކުރެވިފައިވާ ރަށްރަށުގެ ކައްޕިންނާއި، ފަޅުވެރިން އާރުޓީއެލް ފެރީތައް ދަތުރަށް ތައްޔާރުކުރެއެވެ. މުޅި ފެރީ ޗެކްކޮށް ސާފުކޮށް އިންޖީނު ޓެސްޓު ކުރެއެވެ.

އަރާ އިރާއެކު ދަތުރުވެރިން އާރުޓީއެލްގެ އެޕްލިކޭޝަނުން ފޯނުން ޖީބަށް ލުއި، ހެޔޮއަގުގައި ޓިކެޓް ނަގައިގެން ލޯންޗަށް އަރަނީ ގަޑިއަށް ފުރާނެކަމުގެ އިތުބާރާއި ޔަގީންކަމާއެކުއެވެ. ލޯންވުގައި ހަރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް ޓިކެޓް ވެރިފައިކުރެވެއެވެ.

މި ސިސްޓަމް އަދި އެޕްލިކޭޝަންތައް މޮނިޓަރކޮށް އެމްޓީސީސީގެ އިންފޮރމޭޝަންސް ކޮމިއުނިކޭޝަންސް ޓީމުންނާއި ބެކް އޮފީސް ސްޓާފުން ބަލަހައްޓަމުންދެއެވެ. ފަޅުވެރިން ލެގެޖް ލޯޑްކޮށް ނިމުމުން، ލޯންޗުގެ ކެޕްޓަން ދަތުރުކުރާނެ މަންޒިލްތަކާއި، ހޭދަވާނެ ވަގުތުގެ ތަފްސީލް އިންޓަރކޮމް މެެދުވެރިކޮށް ފަސިންޖަރުންނަށް އަންގައެވެ.

މި ލޯންޗްތަކުގެ ފަޅުވެރިންނަކީ އެ ލޯންޗެއް ސްޓޭޝަން ކުރާ ރަށްރަށުގެ މީހުންނެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް މަސައްކަތް ނިންމާފައި، ފަޅުވެރިން، އަނބިން ކައިރިއަށް، އަމިއްލަ ގެއަށް އަމިއްލަ އާއިލާ ކައިރިއަށް ދެވެއެވެ.

ބަލާބެލުމަށް މިއީ ފެރީތަކަކާއި، ފެރީ ހަޓްތަކެކެވެ. ނަމަވެސް މިއީ ރާއްޖޭގެ ދަތުރުފަތުރަށް ގެނެވުނު އިންގިލާބީ ބަދަލެކެވެ.

ރައްޔިތުންނަށް ހަގީގަތުގައި ވެސް ރަށު ބަންދުން ސަލާމަތްވެވޭނެ ކަމުގެ އިހުސާސް ކުރެވެން ފަށައިފިއެވެ. ހާސްކަން ފިލާ ހިނގައްޖެއެވެ.

ރާއްޖޭގެ މިނިވަން މާހައުލުގައި މިނިވަންކަމާއެކު، ތައުލީމް އުނގެނި ސިއްހީ ހިދުމަތް ހޯދާ، ވިޔަފާރިކޮށް އުފާވެރިކަމާއެކު ދިރިއުޅެވޭނެކަމުގެ ޔަގީންކަން ލިބިއްޖެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެރީތައް މެދުވެރިކޮށް ދަތުރުކުރުމުގައި ހަމަ އަސްލު ވެސް ލުއި ފަސޭހަތަ؟

ފެރީތައް މެދުވެރިކޮށް ދަތުރުކުރުމުގައި ހަމަ އަސްލު ވެސް ލުއި ފަސޭހަތަ؟

25 އެޕްރީލު 2018
ބީޗް ކުރޫޒަރ: ވަރަށް ފުރިހަމަ، ދަތުރުކުރަން މިވަރެއް ނެތް!

ބީޗް ކުރޫޒަރ: ވަރަށް ފުރިހަމަ، ދަތުރުކުރަން މިވަރެއް ނެތް!

19 ޖެނުއަރީ 2018
ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް

ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް

09 ޑިސެމްބަރު 2017
ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

10 ނޮވެމްބަރު 2017
ވަޒީރުންގެ އދ. ދަތުރު، ބޭކާރު ހަރަދެއް!

ވަޒީރުންގެ އދ. ދަތުރު، ބޭކާރު ހަރަދެއް!

24 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު