Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ލުބްނާންގައި މޭބިސްކަދުރު ބޭންކް

ބޭންކުތައް ހަފުސްވި ލުބްނާންގައި މޭބިސްކަދުރު ބޭންކެއް

މޭބިސްކަދުރު ބޭންކަށް މިހާރު 6 އަހަރު ވަނީ ފުރިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2022 | ހުކުރު 07:11
ލުބްނާންގެ މޭބިސްކަދުރު ބޭންކް

ލުބްނާންގެ މޭބިސްކަދުރު ބޭންކް

ތަފާތު އެކި ހުނަރާއި އުކުޅުތައް ބޭނުންކޮށްގެން މޭބިސްކަދުރުގެ ދަނޑުވެރިކަން ކުރުމަށާއި މޭބިސްކަދުރަށް، ލުބްނާންގެ ދަނޑުވެރިޔާ، ކަމާލް އަލް-ސައިކަލީގެ ހިތުގައި އުފެދިފައިވާ ލޯތްބަކީ، އެތައް ޖީލަކުން ވާރުތަ ވެގެން އައިސްފައިވާ ލޯތްބެކެވެ. އޭނާ ބަލަހައްޓަމުންދާ ދަނޑުގެ ވަކި ސަރަޙައްދެއް ހާއްސަކޮށްފައި ވަނީ ތަފާތު އެކި ބާވަތްތަކުގެ މޭބިސްކަދުރު އާލާކޮށް، ރައްކާ ކުރުމަށެވެ. ސައިކަލީގެ ބަހުން ނަމަ، އޭނާގެ "މޭބިސްކަދުރު ބޭންކުގައި" މިއަދު ތަފާތު 72 ބާވަތެއްގެ މޭބިސްކަދުރު އެބަހުއްޓެވެ.

ކުފާރް މެޗްކީގެ މުނިސިޕަލް ކަންކަން ބެލެހެއްޓުމާ އެންމެ އިސްކޮށް ހަވާލުވެ ހުރި ސައިކަލީ ސިފަ ކުރާ ގޮތުގައި، "މޭބިސްކަދުރަކީ އޭނާގެ ދިރިއުޅުމެވެ."

3 ދަރިންގެ ބައްޕަ، ސައިކަލީއަކީ މޭބިސްކަދަރު ހެއްދުމުގެ މަސައްކަތުގައި އެ އާއިލާއިން ހަރަކާތްތެރިވާ 4 ވަނަ ޖީލެވެ.

ސައިކަލީގެ ދަނޑުތަކުން، ތަފާތު އެކި ބާވަތްބާވަތުގެ މޭބިސްކަދުރު ވިއްކި ކަމުގައި ވީ ނަމަވެސް، އޭނާގެ މޭބިސްކަދުރު ބޭންކުގައި ރައްކާ ކުރާ ބާވަތްތަކެއް ނުވިއްކައެވެ. 72 ބާވަތެއްގެ މޭބިސްކަދުރު ރައްކާކޮށްފައިވާ އެ ބޭންކުގައި، ކޮންމެ ބާވަތަކުން 3 ވަރަކަށް ގަސް ހުރެއެވެ. އެ ހުރިހާ ގަހެއް ހާއްސަކޮށްފައި ވަނީ، އެ ދަނޑަށް ޒިޔާރަތް ކުރާ މެހެމާނުންގެ ބޭނުމަށް އެކަންޏެވެ.

މި ދުވަސްވަރަކީ ލުބްނާންގެ އިޤްތިޞާދު އިނދަޖެހި، މާލީ ހީނަރުކަން ކުރިމަތިވެ، ވިޔަފާރި ބޭންކުތަކުން ފައިސާ ނެގޭ މިންވަރު ކޮންޓްރޯލް ކޮށްފައި ވާ ދުވަސްވަރަކަށް ވާ އިރު، އެކަމަށް އިޝާރާތް ކުރަމުން ސައިކަލީ ބުނީ، އޭނާގެ މޭބިސްކަދުރު ބޭންކަކީ ވަރަށް ތަފާތު ބޭންކެއް ކަމަށެވެ.

މުޅި ޤައުމު އެފުށް މިފުށަށް ޖެހިފައި އޮތެއް ކަމަކު، ސައިކަލީ ފަދަ ލުބްނާންގެ ރައްޔިތުން އަދިވެސް ބަލަމުން ދަނީ އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ކަންކަން ދެކޮޅު ޖައްސާ، އުޖާލާ މުސްތަޤުބަލެއް ކަށަވަރުކުރެވޭތޯއެވެ. މި ދަނޑިވަޅަކީ ހިތި ދާޚިލީ ހަނގުރާމައެއްވެސް ތަޖުރިބާ ކޮށްފައިވާ ލުބްނާންގެ ތާރީޚް ދެކެފައި ނުވާފަދަ ހީނަރުކަމަކާ އެ ޤައުމަށް ކުރިމަތިލާން ޖެހިފައި ވާ ހިތްދަތި ދަނޑިވަޅެކެވެ. މާލީ ގޮތުންވެސް ބޮޑެތި ގެއްލުންތަކަކާ އެ ޤައުމަށް ކުރިމަތިލާން ޖެހިފައި ވާ އިރު، ލުބްނާންގައި މިވަގުތު ތިބި ކޮންމެ 10 މީހަކުން 8 މީހަކީ ފަޤީރަކަށް ވަނީ ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނދަޖެހުނު އިޤްތިޞާދާއެކު ލުބްނާންގައި ވޯލްޑްކަޕްގެ ފޯރިއަށްވީ ކިހިނެއް؟

އިނދަޖެހުނު އިޤްތިޞާދާއެކު ލުބްނާންގައި ވޯލްޑްކަޕްގެ ފޯރިއަށްވީ ކިހިނެއް؟

29 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު