Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޕީއެލްގެ ޑީސަލް ޚިޔާނާތް

އެމްޕީއެލްގެ ޑީސަލް ޚިޔާނާތް: 28.32 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވޭ

އެމްޕީއެލްގެ ޓަގު ބޯޓުތަކަށް އެޅުމަށް ހުޅުމާލޭ ޖެޓީ ސަރަހައްދަށް އެފްއެސްއެމްގެ ބައުޒަރުތަކުން ސަޕްލައިކޮށްފައިވާ 799،900 ލީޓަރުު ނުވަތަ 7،247،081 ރުފިޔާގެ ޑީސަލް ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2022 | ހުކުރު 06:17
އެމްޕީއެލްގެ ޑީސަލް ޚިޔާނާތް - ބޮޑެތި އަދަދުތަކުން ތެލުން ވައްކަންކޮށްފައިވޭ

އެމްޕީއެލްގެ ޑީސަލް ޚިޔާނާތް - ބޮޑެތި އަދަދުތަކުން ތެލުން ވައްކަންކޮށްފައިވޭ

އެމްޕީއެލްގެ އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ ޑީސަލް ގަތުމުގައި ހިންގާފައިވާ ޚިޔާނާތުގެ ތެރެއިން 28.32 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ މާލޭ ކޮމާޝަލް ހާބަރުގައި އެމްޕީއެލް އިން ކުރިއަށްގެންދާ އޮޕަރެޝަންތަކުގެ ބޭނުމަށް އެފްއެސްއެމް އިން ވިއްކި ޑީސަލްގެ ތެރެއިން 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް 28،316،141 ރުފިޔާގެ ޑީސަލް، ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ޖަނަރޭޓަރުތައް ހިންގުމަށް ދޫކުރިކަމަށް ރެކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 9،617،691 ރުފިޔާގެ ޑީސަލް އާއި ޓަގު ބޯޓުތައް އޮޕަރޭޓްކުރުމަށް ދޫކުރިކަމަށް ރެކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 18،570،834 ރުފިޔާގެ ޑީސަލް އާއި އަރްޓީޖީ ކްރޭންތަކަށް އެޅުމަށް ދޫކުރިކަމަށް ރެކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 127،616 ރުފިޔާގެ ޑީސަލްއެވެ.

Advertisement - newsAdvertisement

މި ރިޕޯޓުގައި ބުނެފައިވަނީ އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ގަނެފައިވާ ޑީސަލްގެ ތެރެއިން ގެއްލިފައިވާ ޑީސަލްގެ ތެރޭގައި، އެމްޕީއެލްގެ ޓަގު ބޯޓުތަކަށް އެޅުމަށް ހުޅުމާލޭ ޖެޓީ ސަރަހައްދަށް އެފްއެސްއެމްގެ ބައުޒަރުތަކުން ސަޕްލައިކޮށްފައިވާ 799،900 ލީޓަރުު ނުވަތަ 7،247،081 ރުފިޔާގެ ޑީސަލް ހިމެނޭއިރުު އެމްޕީއެލްގެ ޓަގުުބޯޓުތަކަށް ހުޅުމާލެ ޖެޓީ ސަރަޙަދުން ތެޔޮނާޅާ ކަމަށް ޓަގުުބޯޓުތަކުގެ ކެޕްޓަނުން މަޢުލޫމާތުުދީފައިވާ ކަމަށެވެ. އަދި ޓަގުުބޯޓެއް އޮޕަރޭޝަންގައި ބޭނުންކޮށްފައިނުވާ މުއްދަތުގައި ވެސް އެ ޓަގުުބޯޓަށް ހުޅުމާލެ ޖެޓީ ސަރަހައްދުން ތެޔޮ ދޫކޮށްފައިވާ ކަމަށް އެފްއެސްއެމްގެ ޑެލިވަރީ ނޯޓްތަކުގައި ރެކޯޑްކޮށްފައިވާ ކަމަށެވެ.

އެމްޕީއެލްގެ އެކިއެކި ޔުނިޓްތަކަށް ބޭނުންވާ ޑީސަލް ހޯދުމަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނޮވެންބަރުު މަހުގެ ނިޔަލަށް އެ ޔުނިޓުތަކުން އެމްޕީއެލްގެ ޕްރޮކިއުމަންޓު ސްޓޯރަށް ފޮނުވާ ރިކުއެސްޓް ފޯމުތަކުން ކޮޕީ ފޯމުތަކެއް ހަދައި ސޮއި ފޯޖުކޮށް އަދި ތާރީޚު ބަދަލުކުރުމަށްފަހު ތައްޔާރުކޮށްފައިވާ، 13.42 މިލިއަން ރުފިޔާގެ ތެޔޮ 1.40 މިލިއަން ލީޓަރުގެ ތެޔޮ ހިމެނޭ ފޯޖްކޮށްފައިވާ ފޯމުތަކާއި އަދި އެމްޕީއެލްގެ އެކިއެކި ޔުނިޓްތަކުން ތެޔޮ ހޯދުމަށް އެޑްވާންސްކޮށްު ފޮނުވާ ފޯމުތަކުގެ ތެރެއިން ބައެއް މި ހިޔާނާތް ހިންގުމަށް ބޭނުންކޮށްފައިވާ ކަމަށެވެ.

އެމްޕީއެލް އިން ގަންނަ ތެލުގެ ތެރެއިން ދުވަހުން ދުވަހަށް ޖަނަރޭޓަރުތަކަށާއި އުޅަނދުތަކަށް ދޫކުރެވޭ ތެލާއި ތެޔޮ ދޫކުރެވުނު ތަންތަނާއި އުޅަނދުތަކާ ގުޅޭ މަޢުލޫމާތު އެކައުންޓިން ސިސްޓަމަށް ވައްދަނީ ރިކުއެސްޓް ފޯމުތަކުގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށްވާއިރ،ު ރިކުއެސްޓް ފޯމުތައް ފޯޖުކޮށްު އެ ފޯމުތަކުގައި ހުންނަ ސައްޙަ ނޫން މަޢުލޫމާތުު އެކައުންޓިން ސިސްޓަމުގައި ރެކޯޑްކުރަމުން ގޮސްފައިވަނީ އޮޅުވާލުމުގެ ގޮތުން، އެމްޕީއެލް އިން ގަންނަ ޑީސަލްގެ ތެރެއިން ބައެއް ބާކީކުރެވިފައިނުވާކަމާއި އެމްޕީއެލް އިން ގަންނަ ހުރިހާ ތެލެއް އެމްޕީއެލްގެ ބޭނުމަށް ދޫކޮށްފައިވާކަން ދެއްކުމަށާއި އަދި ތަކުރާރުކޮށް އެމްޕީއެލް އަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ޑީސަލް ގަނެ އޭގެތެރެއިން ބައެއް ނާޖާއިޒުު ގޮތުގައި އެހެން ފަރާތަކަށް ސަޕްލައިކުރުމަށް މަގުފަހިކުރުމުގެ ގޮތުންކަމަށެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ އެމްޕީއެލް އަށް ބޭނުންވާ ތެޔޮގަތުމަށް އެމްޕީއެލް އިން އެފްއެސްއެމް އަށް ފޮނުވާ ޕާޗޭސް އޯޑަރުގެ ދަށުން އެކިފަހަރުުމަތިން އެމްޕީއެލް އަށް ބޭނުންވާ ޑީސަލްގެ އަދަދާއި ޑީސަލް ފޮނުވަންވީ ތަން ލިޔެކިޔުމުން އެފްއެސްއެމް އަށް އެންގުމުގެ ބަދަލުގައި ފޯނުގެ ޒަރީއާ އިން އެމްޕީއެލް އަށް ދުވަހުން ދުވަހަށް ބޭނުންވާ ތެލުގެ އަދަދު އަންގާ ގޮތަށް ހަމަޖައްސާފައި އޮތުމުން، އެމްޕީއެލްގެ އުޅަނދުތަކަށް އެޅުމަށް ޑީސަލް ފޮނުވަންޖެހޭ ތަންތަން ނޫން އެހެން ތަންތަނަށް ޑީސަލް ފޮނުވުމަށް ފުރުޞަތުުފަހިވެ، މި އިންޓާނަލް ކޮންޓްރޯލްސް ވީކްނަސްގެ ސަބަބުން ވެސް ތެލުގެ ޚިޔާނާތް ހިންގުމަށް މަގުފަހިވިކަމަށެވެ.

ކޮވިޑްގެ ސަބަބުން 2020 އަހަރު ބަނދަރުގެ އޮޕަރޭޝަން ކުޑަވި ނަމަވެސް، އެ އަހަރު ގަނެފައިވާ ޑީސަލްގެ އަދަދު 2021 ވަނަ އަހަރު ގަނެފައިވާ ޑީސަލްގެ އަދަދަށްވުރެ 59 އިންސައްތަ އިތުރުކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ އިތުުރުން ހުޅުމާލޭ ޖެޓީ ސަރަޙައްދަށް އެފްއެސްއެމް އިން ސަޕްލައިކުރި ޑީސަލްއާ ހަވާލުވި ކަމަށް އެމްޕީއެލްގެ ޕްރޮކިއުމެންޓު ސްޓޯރުގެ އެސިސްޓެންޓު މެނޭޖަރު ޑެލިވަރީ ނޯޓުތަކުގައި ސޮއިކޮށްފައިވަނީ ޓަގު ބޯޓުތަކަށް އަޅާފައިނުވާ ޑީސަލް ޓަގު ބޯޓުތަކަށް އަޅާފައިވާކަން ދެއްކުމުގެ ގޮތުންކަމަށް ވުމާއި، އަދި ހުޅުމާލޭ ޖެޓީ ސަރަޙައްދުން އެމްޕީއެލްގެ ޓަގު ބޯޓުތަކަށް ޑީސަލް އަޅަމުން ގޮސްފައި ނުވިނަމަވެސް އެފްއެސްއެމްގެ ބައުޒަރުތަކުން ހުޅުމާލޭ ޖެޓީ ސަރަޙައްދުން އެމްޕީއެލްގެ ޓަގު ބޯޓުތަކަށް ޑީސަލް ދޫކޮށްފައިވާ ކަމަށް އެފްއެސްއެމްގެ ޑްރައިވަރުން ޑެލިވަރީ ނޯޓުގައި ލިޔެ ސޮއިކޮށްފައިވުމުން، އެފް.އެސް.އެމް އިން އެމްޕީއެލްއަށް ސަޕްލައިކުރަންޖެހޭ ޑީސަލް ސަޕްލައިކުރުމުގައި ހިންގާފައިވާ ޚިޔާނާތުގައި އެމްޕީއެލް އާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތްކަމަށް ބެލެވޭކަަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

މީގ އިތުރުން އެމްޕީއެލް އަށް ގަންނަ ތެލުގެ ތެރެއިން ޖަނަރޭޓަރުތައް ހިންގުމަށް ތެޔޮ ބޭނުންކުރެވޭ ގޮތް ބެލުމަށް 2019 ވަނައަހަރުު ކުރިއަށް ގެންގޮސްފައިވާ އިންޓާނަލް އޮޑިޓުން އެމްޕީއެލް އަށް ގަންނަ ތެލުގެ ތެރެއިން ބައެއް ގެއްލިގެންދާކަން ފާހަގަ ކޮށްފައިވީ ނަމަވެސް، ތެލުގެ ބަޖެޓު ތައްޔާރުކުރުމުގައި އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެލުގެ ޙަޤީޤީ އަދަދުު ބެލުމަށް އެމްޕީއެލްގެ ވަކިވަކި ޔުނިޓުތަކުން މަޢުލޫމާތުުހޯދައި އެ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށްގެން އަހަރުން އަހަރަށް އެމްޕީއެލް އަށް ބޭނުންވާ ތެލުގެ އަދަދުު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު