Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަތަރު މަޝްރޫއެއް ހިންގަން ހަވާލުކުރުން

ހުޅުމާލޭގައި ބޮޑު 4 މަޝްރޫއެއް ހިންގުމަށް އެޗްޑީސީން ބަޔަކާ ހަވާލުކޮށްފި

ހުޅުމާލޭގައި 9000 މީހުންގެ ޖާގައިގެ ލޭބަރ އެކޮމޮޑޭޝަނަކާއި ގަރާޖުތައް ހިންގުމަށް އޮޓޯ ސެންޓަރެއް ހެދުމަށް ހަވާލުކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2022 | ބުރާސްފަތި 17:23
މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

ހުޅުމާލޭގައި ހަަތަރު މަޝްރޫއެއްގެ މަސައްކަތް ކުރުމަށް, ހަތަރު ކުންފުންޏަކާއެކު ބުރާސްފަތި ދުވަހު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

އެޗްޑީސީއާއެކު ސޮއިކުރި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ; ހޮންގްކޮންގްގެ ރޯޓައިމް އިންޖިނިއަރިންގ ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑާއި، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަނާއި، ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެސޯސިއޭޓެޑް ބިޒްނަސް އޭޖެންޓްސް (އޭބީއޭ)އެވެ.

މިކުންފުނިތަކާއެކު އެޗްޑީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޢާޠިފްއެވެ.

އެޗްޑީސީން ތަރައްގީކުރާ ވާކާސް ބިލްޑިންގަކީ ރާއްޖޭގެ އެކި ކުންފުނިތަކުން އެކި މަސައްކަތްތައް ކުރުމަށް ގެނެވޭ ބިދޭސީ މުވައްޒަފުންނަށް، ރައްކާތެރި ތަނަވަސް އެކޮމޮޑޭޝަންގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ފެށިގެންދާ މަޝްރޫއެކެވެ. އެޗްޑީސީގެ ވާކާސް ބިލްޑިންގ ފަރުމާކޮށްފައިވަނީ 7،000 ލޭބަރުންނާއި 2،000 ހޮސްޕިޓަލިޓީ ސްޓާފުންނަށް ތިބެވޭގޮތަށް 18 ބްލޮކް ހިމަނައިގެންނެވެ. މީގެ ކޮންމެ ބްލޮކެއްގައި 4، އަދި 6 މީހުންގެ ޖާގައިގެ ކޮޓަރިތަކާއި، ފާޚާނާބަރިއަކާއި، ނަމާދުގެއަކާއި އަދި ފިހާރަ ހިމެނެއެވެ. މި ބިލްޑިންގގައި، އެކަމަށް ޚާއްސަކުރެވިފައިވާ ފްލޯރތަކުގައި ބަދިގެއާއި މެސް ހޯލް ހުރެއެވެ. އަދި ބޭކަރީ ފުޑް ސްޓޯރޭޖާއި މެސްރޫމްތައްވެސް މި ބްލޮކްގައި ހިމެނެއެވެ. މި ބިލްޑިންގގެ އޮފީސްތައް 5 ފްލޯރއެއްގައި ވަކިވަކިން ހުންނާނެއެވެ. އަދި މިތަނުގައި ސެކިއުރިޓީ ރޫމާއި ކޮންފަރެންސް ހޯލާއި މެޑިކަލް ރޫމް ހިމެނެއެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ހޮންގްކޮންގްގެ ރޯޓައިމް އިންޖިނިއަރިންގ ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑެވެ. އެގްރީމަންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 14 މަސްދުވަސްތެރޭ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވެއެވެ. މިއެއްބަސްވުމުގައި ރޯޓައިމް އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު ޗިން ޝެންގްވޫއެވެ.

ހުޅުމާލޭގައި އަޅާ އޮޓޯ ސެންޓަރަކީ ބޭސްމެންޓާއެކު 5 ބުރި ހިމެނޭ، 35،400 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. މި އިމާރާތުގައި 7 ސަރވިސް ލިފްޓް ހުރުމާއި ގަރާޖުތަކަށް މި އިމާރާތުން ތަނަވަސް ޖާގަ ލިބިގެންދާނެއެވެ. އެޗްޑީސީގެ ސަސްޓެއިނެބަލް ސިޓީ މޮޑެލްގެ ދަށުން މި އިމާރާތުން ވާރޭފެން ނަގައި ރައްކާކުރެވޭނެއެވެ. އަދި އިރުގެ ހަކަތަ މި އިމާރާތުގައި ބޭނުންކުރުމުގެ އިތުރުން، ކަރަންޓް ކާރުތަކަށް ޚާއްސަ ޗާޖިންގ ސްޓޭޝަންތައް ހުންނާނެއެވެ. އެޗްޑީސީން ބުނިގޮތުގައި ދުވާލުގެ އަލިކަން ލިބޭނޭހެން ބިލްޑިންގ ފަރުމާކުރެވިފައި ހުރުމުން، ހަކަތަ ބޭނުންވާވަރު މި އިމާރާތުގައި ދަށްވާނެއެވެ. މި އިމާރާތުގައި ވޭސްޓް ވޯޓަރ ޓްރީޓްކުރެވި ރިސައިކަލް ކުރެވި ވޭސްޓް ތަރުތީބު އުސޫލުން ސޯޓްކުރެވި ރައްކާތެރިކަމާއެކު ނައްތާލެވޭނެއެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަނެވެ. އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ދެ އަހަރު ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ނިންމަންޖެހެއެވެ. މިއެއްބަސްވުމުގައި ޗައިނާ ސްޓޭޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޖަންގް ޓާއޯއެވެ.

މާލެ ސަރަހައްދުގައި ވެހިކަލް ޕާކްކުރާނެ ޖާގައާއި ހަރުދަނާ އުސޫލުތައް ނެތުމަކީ ރައްޔިތުންގެ ފަރާތުން ލިބޭ އެންމެ ބޮޑު ޝަކުވާއެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދުމުގެގޮތުން ދަމާސްގެ އިސްނެގުމުގެ މަތިން ޕާކިންގ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރުމަށް އެޗްޑީސީން ނިންމީއެވެ. 24،700 އަކަފޫޓުގެ ޖާގައިގެ ޕާކިންގ އިމާރާތުގެ 6 ފްލޯރ (ބޭސްމެންޓް ޕާކިންގއާއެކު) ޚާއްސަ ކުރެވިފައިވަނީ ވެހިކަލް ޕާކްކުރުމަށެވެ.

މި އިމާރާތުގެ ޓެރަސްގައި، އަވިން ހަކަތަ ޖެނެރޭޓްކުރުމަށް ސޯލާރ ޕެނެލް ހަރުކުރެވިފައި ހުރުމުގެ އިތުރުން، ފުޑްކޯޓެއްވެސް މި ސަރަހައްދުގައި ހެދުމަށް ނިންމާފައިވެއެވެ. އަދި ދެ ފްލޯރއެއް ކޮމަރޝަލް ބޭނުންތަކަށް ޚާއްސަކުރާއިރު، މިތަނުގައި ފިހާރަތަކާއި ފާޚާނާތައް ހުންނާނެއެވެ. މި އިމާރާތުގައި ވެލޭ ޕާކިންގގެ ޚިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކޮށް، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ޕާކިންގ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

ދަމާސްގެ މި މަޝްރޫއުގެ ސަބަބުން ރައްޔިތުން އެދޭ، އަދި ސަރުކާރުން މާލެ ސަރަހައްދުގައި ހައްލުކުރުމަށް ބޭނުންވާ ޕާކިންގގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް އެޗްޑީސީން ދެކެއެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމަން ދީފައިވަނީ ދެ އަހަރެވެ. ދަމާސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޞާލިޙެވެ.

އޭބީއޭއަކީ ރާއްޖޭގައި އިންޝުއަރެންސް ބްރޯކިންގ ޚިދުމަތް ދިނުމުގައި 10 އަހަރުގެ ތަޖުރިބާ ހޯދައިފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ އާ ރިއަލް އެސްޓޭޓް ވެންޗަރ ހުޅުމާލެ ޑޭކެއަރ ސެންޓަރަކީ މިވަގުތު ހުޅުމާލެއަށް ވަރަށް މުހިއްމު މަޝްރޫއެއްކަމަށް އެޗްޑީސީން ބުނެއެވެ. މި ސެންޓަރަކީ 3،000 އަކަފޫޓުގެ ޖާގައިގެ 6 ބުރީގެ އިމާރާތެކެވެ. މި ސެންޓަރުން ޒަމާނީ ޑޭކެއަރގެ ހުރިހާ ޚިދުމަތެއް ލިބެން ހުންނާނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ޚާއްސަ ކްލިނިކްތައްވެސް މި ސެންޓަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. އެގްރީމަންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 21-24 މަސްދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމަންޖެހެއެވެ. އޭބީއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ގާސިމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު