Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލެވަކޫސަން

ލެވަކޫސަންގެ ކޯޗުކަމާ އަލޮންސޯ ހަވާލުވެއްޖެ

ލެވަކޫސަންގެ ކޯޗުކަމާ އަލޮންސޯ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އޮކްޓޯބަރު 2022 | ބުރާސްފަތި 02:40
ޒަބީ އަލޮންސޯ

ޒަބީ އަލޮންސޯ

ޖަރުމަނުގެ ބަޔާ ލެވަކޫސަންގެ ކޯޗުކަމާ ޒަބީ އަލޮންސޯ ހަވާލުވެއްޖެއެވެ.

ލެވަކޫސަނުން ވަނީ އެ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ޖެރާޑޯ ސިއޯނޭ މަގާމުން ވަކިކޮށްފައެވެ. އެއީ މި ސީޒަންގެ ޖަރުމަނު ލީގުގައި އެ ޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.

ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ވެސް ކުޅެފައިވާ އަލޮންސޯ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2018 ވަނަ އަހަރު ރެއާލް މެޑްރިޑުގެ 14 އަހަރުން ދަށުގެ ޓީމުންނެވެ. އެއަށްފަހު 2019 ވަނަ އަހަރު އޭނާ ވަނީ ރެއާލް ސޮސިއެޑާޑްގެ ބީ ޓީމުގެ ކޯޗުކަމާ ހަވާލުވެ، އެ ޓީމަށް އިރުޝާދު ދީފައެވެ. އެ ޓީމުގެ ކޯޗުކަން އޭނާ ދޫކޮށްލީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އުމުރުން 40 އަހަރުގެ އަލޮންސޯ ބުނީ ލެވަކޫސަން އަކީ ވަރަށް ރަނގަޅު ކުލަބެއް ކަމަށެވެ. އެނާ ބުނީ ކުރިން ބަޔާން މިއުނިކަށް ކުޅުނު ދުވަސްވަރު، އޭނާ އަށް އެ ޓީމު (ލެވަކޫސަން) އެނގޭ ކަމަށެވެ. ލެވަކޫސަންގައި ހުނަރުވެރި މޮޅެތި ކުޅުންތެރިން ތިބިކަން ފާހަގަކޮށް އަލޮންސޯ ބުނީ އެ ޓީމާއެކު ކުރިއަށްދާން އޭނާ ބޭނުންވާ ކަމަށެވެ.

ލެވަކޫސަންގެ ކޯޗުކަމާ އަލޮންސޯ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ޓީމާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އަލޮންސޯ ވަނީ އޭނާގެ ސީނިއާ ކެރިއަރުގައި ރެއާލް މެޑްރިޑު، ލިވަޕޫލް އަދި ބަޔާން މިއުނިކް ފަދަ ބޮޑެތި ކުލަބުތަކަށް ކުޅެފައެވެ. އަދި އެ ކުލަބުތަކާއެކު އޭނާ ވަނީ ގިނަ ކާމިޔާބީ ވެސް ހޯދާފައެވެ. މީގެ އިތުރުން އަލޮންސޯ އަކީ ސްޕެއިންގެ ޤައުމީ ޓީމަށް ވެސް ގިނަ ދުވަހު ކުޅެދީފައިވާ، ހުނަރުވެރި މިޑްފީލްޑަރެކެވެ. އެލޮންސޯ އޭނާގެ ސީނިއާ ކެރިއަރު ނިންމާލީ 2017 ވަނަ އަހަރުއެވެ. އެންމެ ފަހުން އޭނާ ކުޅުނު ކުލަބަކީ ވެސް ޖަރުމަނު ލީގުގެ ބަޔާންއެވެ.

އިތުރަށް ކިޔާލަން

04 މެއި 2018

ރޭންޖާސްގެ ކޯޗުގެ މަގާމާއި ޖެރާޑް ހަވާލުވެއްޖެ

04 މެއި 2018
ރޭންޖާސްގެ ކޯޗުގެ މަގާމާއި ޖެރާޑް ހަވާލުވެއްޖެ
19 އެޕްރީލު 2018

ޗެލްސީގެ އަލޮންސޯ ތިން މެޗަށް ސަސްޕެންޑްކޮށްފި

19 އެޕްރީލު 2018
ޗެލްސީގެ އަލޮންސޯ ތިން މެޗަށް ސަސްޕެންޑްކޮށްފި
07 އެޕްރީލު 2018

ލިވަޕޫލްއަށް ސެމީގެ ޖާގައެއް ކަށަވަރެއް ނުވޭ: އަލޮންސޯ

07 އެޕްރީލު 2018
ލިވަޕޫލްއަށް ސެމީގެ ޖާގައެއް ކަށަވަރެއް ނުވޭ: އަލޮންސޯ
10 ނޮވެމްބަރު 2017

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، މޮރީނިއޯ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވަނީ!

10 ނޮވެމްބަރު 2017
ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، މޮރީނިއޯ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވަނީ!
01 ނޮވެމްބަރު 2017

ގައުމީ ޓީމު ދޫކޮށް، އިންމަ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ

01 ނޮވެމްބަރު 2017
ގައުމީ ޓީމު ދޫކޮށް، އިންމަ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު