Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާކޯސް އަލޮންސޯ

ޗެލްސީގެ އަލޮންސޯ ތިން މެޗަށް ސަސްޕެންޑްކޮށްފި

އަލޮންސޯ ސަސްޕެންޑްކުރަން ނިންމީ ލޯންގަށް ކުރި ނުރައްކާތެރި ޓެކަލްއަކާ ގުޅިގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 އެޕްރީލު 2018 | ބުރާސްފަތި 12:28
ސައުތުހެމްޕްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި އަލޮންސޯ ހަމަލާއެއް ފޮނުވާލަނީ

ސައުތުހެމްޕްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި އަލޮންސޯ ހަމަލާއެއް ފޮނުވާލަނީ

ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު މާކޯސް އަލޮންސޯ ތިން މެޗަށް ސަސްޕެންޑް ކުރުމަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފިއެވެ.

އިނގިރޭސި އެފްއޭއިން އަލޮންސޯ ސަސްޕެންޑް ކުރަން ނިންމީ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ސައުތުހެމްޕްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ޝޭން ލޯންގަށް ކުރި ނުރައްކާތެރި ޓެކަލްއަކާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ހިންގި ތަހުގީގަށް ޖަވާބުދާރީވަމުން އަލޮންސޯ ބުނީ އޭނާ ކުރި ޓެކަލްއަކީ ނުރައްކާތެރި ޓެކަލްއަކަށް ނުބެލެވޭނެ ކަމަށާއި އެކަމާ ގުޅިގެން އޭނާއަށް ދިނުމަށް ނިންމާފައިވާ އަދަބަކީ ކުރި ކުށަށް ވުރެ ބޮޑު އަދަބެއް ކަމަށެވެ.

އެހެން ނަމަވެސް އަލޮންސޯގެ މި ބަޔާނަށް ފުރަގަސްދީ އެފްއޭ އިން ވަނީ އޭނާ ތިން މެޗަށް ސަސްޕެންޑް ކުރުމަށް ނިންމާފައެވެ. މި މެޗުގައި ރެފްރީކަން ކުރި މައިކް ޑީން އަދި އޭނާގެ އެސިސްޓަންޓުންނަށް މި ޓެކަލް ފެނިފައިނުވާއިރު އެފްއޭ އިން މި ނިންމުން ނިންމާފައި ވަނީ މެޗަށް ފަހު ވީޑިއޯ ރިޕްލޭތަކަށް ބެލުމަށް ފަހުއެވެ.

ސައުތުހެމްޕްޓަންގެ ކޯޗު މާކް ހިއުސް މި ނިންމުމާ ގުޅޭ ގޮތުން ބުނީ މެޗުގެ ތެރެއިން ރެފްރީންނަށް މި ޓެކަލް ނުފެނުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި އެހެން ނަމަވެސް މެޗަށް ފަހު އެފްއޭއިން މިކަމާ ގުޅޭގޮތުން ގޮތެއް ނިންމުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި މެޗުގެ ތެރެއިން އެ ޓެކްލް ފެނުނު ނަމަ އަލޮންސޯއަށް ރަތް ކާޑު ދައްކަން ޖެހޭނެ ކަމަށާއި އެހާ ހިސާބުން މެޗުގެ ނަތީޖާއަށް އަސަރުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ހިއުސް ބުނެފައި ވެއެވެ.

މި ސަސްޕެންޝަނާ އެކު އަލޮންސޯއަށް އާދިއްތަ ދުވަހު އެފްއޭ ކަޕް ސެމީ ފައިނަލުގައި ސައުތުހެމްޕްޓަންއާ ދެކޮޅަށް ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ މެޗު ގެއްލޭނެއެވެ. ހަމައެހެންމެ ބާންލީއާ ދެކޮޅަށް ބުރާސްފަތި ދުވަހު ޕްރިމިއާ ލީގުގައި ކުޅޭ މެޗާއި ސްވަންސީއާ ދެކޮޅަށް މި މަހުގެ 28 ވަނަ ދުވަހު ކުޅޭ މެޗު ވެސް ގެއްލޭނެއެވެ. މި މެޗުތަކުގައި އަލޮންސޯގެ ބަދަލުގައި ޗެލްސީގެ ފުރަތަމަ އެގާރައިން ފުރުސަތު ދޭނެ ކަމަށް ބެލެވޭނީ ޖެނުއަރީ މަހު އެ ޓީމާ ގުޅުނު އެމަސަން ޕަލްމިއޭރީއަށެވެ.

އަލޮންސޯ އަންނަނީ މި ސީޒަނުގައި ޗެލްސީއަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ މި ސީޒަނުގައި ޗެލްސީއަށް ހަ ލަނޑު ޖަހައިދީފައިވާއިރު މި އަދަދަށް ޕްރިމިއާ ލީގުގައި ކުޅޭ އެހެން އެއްވެސް ޑިފެންޑަރަކަށް ލަނޑު ޖެހިފައެއް ނުވެއެވެ. މީގެ އިތުރުން އޭނާ ވަނީ ޕްލޭޔަރސް ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ޓީމުން ވެސް ޖާގަ ހޯދާފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު