Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

އަލޮންސޯ ލަނޑުތަކުން ޗެލްސީ ސަލާމަތް ވެއްޖެ

ޗެލްސީން މޮޅުވީ ފަހު ވަގުތު މާކޮސް އަލޮންސޯ ކާމިޔާބުކުރި ލަނޑުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2017 | ހޯމަ 06:03
ޗެލްސީން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ޗެލްސީން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ޓޮޓެންހަމް އަތުން އެއްވަރުވެ މެޗު ނިމެންދަނިކޮށް، މެޗުގެ ފަހު ވަގުތުގައި، މާކޯސް އަލޮންސޯ ކާމިޔާބު ކޮށްދިން ލަނޑުން ޗެލްސީ މޮޅުވެއްޖެ އެވެ.

މި މެޗުން ޗެލްސީ މޮޅުވީ 1-2 ގެ ނަތީޖާ އިންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި، ޗެލްސީގެ ދެ ލަނޑު ވެސް، ކާމިޔާބު ކޮށްދިނީ މާކޮސް އަލޮންސޯ އެވެ. މިއީ މިފަހަރުގެ ލީގުގައި ޗެލްސީ މޮޅުވި ފުރަތަމަ މެޗަށް ވާއިރު އެންމެ ފަހުން އެޓީމު ލީގްގައި އަމިއްލަ ދަނޑުގައި ބާންލީ އަތުން ވަނީ 3-2 ން ބަލި ވެފަ އެވެ. މެޗު ފެށިގެން ވަރަށް ކުރީ ކޮޅު ޗެލްސީއާ އަލަށް ގުޅުނު އަލްވާރޯ މޮރާޓާ އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ހުސް ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ޓޮޓެންހަމްގެ ހާފުގެ މެދެއްހާ ހިސާބުން ސެޒާ އަޒްޕްލިކުއޭޓާ ނަގައިދިން ބޯޅަ، މޮރާޓާ ބޮލުން ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ޓޯޓެންހަމްގެ ގޯލް ދަނޑި ކައިރިން އަރިމަތިން ބޭރަށެވެ.

ޗެލްސީގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ 24 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން މާކޮސް އަލޮންސޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ގޯލަށް ފަހު މެޗުގެ ކުޅުން ޓޮޓެންހަމްއިން ރަނގަޅުކުރިއިރު، މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް 42 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ހެރީ ކޭން އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފައެވެ. އެހެން ނަމަވެސް އޭރިއާ ތެރެއަށް ވަދެ، ކޭން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑި އަށެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފް ޗެލްސީން ނިންމާލިއިރު، މެޗުގެ 82 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެހެން ނަމަވެސް ޓޮޓެންހަމްއިން ނަތީޖާ ހަމަހަމަ ކުރި ލަނޑަކީ ޗެލްސީގެ މިޝީ ބަޓްޝުއާއީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން، ދެ މިނެޓަށް ވެފައި ވަނިކޮށް އަލޮންސޯ ވަނީ ޗެލްސީގެ ދެވަނަ ލަނޑުޖަހާ ލީޑުނަގައިދީފައެވެ.

މި ލަނޑަކީ ފަހު ހާފުގައި ކުޅެން ނިކުތް ޕެޑްރޯ، ތަނަވަސް ކޮށްދިން ފުރުސަތެއްގެ ބޭނުންކޮށްގެންނެވެ. ލީގުގައި ކުޅުނު ދެވަނަ މެޗުން ޗެލްސީ މޮޅުވިއިރު އެޓީމު ވަނީ ފުރަތަމަ މެޗުގައި ބާންލީއަތުން 2-3 ގެ ނަތީޖާއަކުން ބަލިވެފައެވެ. ޓޮޓެންހަމް ވަނީ ލީގުގެ ފުރަތަމަ މެޗުގައި ނިއުކާސަލް އަތުން 0-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ އެވަޓަންއާއެވެ. ޓޮޓެންހަމް ބައްދަލުކުރާނީ ބާންލީއާއެވެ. މި ދެމެޗު ވެސް ކުޅޭނީ އަންނަ ހަފްތާ އާދިއްތަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

11 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު