Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއައްޑޫ ހިތަދޫގައި މޫދަށް އެރޭނެ ތަނެއް ނެތުން

އެމްޕީ އަސްލަމްއަށް ޖަޒުބާތީ ވަގުތުކޮޅެއް: "އޯޝަން ޕޫލެއްގެ ފެށުން" ފެނުމުގެ އުންމީދުގައި

6 އޮކްޓޯބަރު 2022 | ބުރާސްފަތި 10:51

ކުރިން ކޯއްޓޭއަށް މޫދަށް ދިޔަނަަމަވެސް މިހާރު މޫދަށް ދާނެ ތަނެއް ނެތް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 އޮކްޓޯބަރު 2022 | ބުރާސްފަތި 10:51
މެމްބަރު އަސްލަމް

މެމްބަރު އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަކީ ހަމަގައިމުވެސް ސިޔާސީ ޕޯޑިއަމްތަކަށް އާ މޫނަކަށް ނުވާނެއެވެ. އަސްލަމް ފާހަގަކުރެވެނީ އާއްމުކޮށް ޕޯޑިއަމްތަކުގައި ސަކަ މިޒާޖަކާއެކު ލުއި ގޮތަކަށް ވާހަކަފުޅުދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. ނުވަތަ ސިޔާސީގޮތުން ދައްކަވާ ސިޔާސަ ވާހަކަފުޅުތަކާއި، ފާޑުކިޔުމުގެ ޗަސްބު ހެޔޮވަރު ބޭފުޅެއްގެ ގޮތުގައެވެ. އެހެންނަމަވެސް ބުދަ ދުވަހު ހިތަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވާހަކަފުޅުދެއްކެވީ ތަފާތު މޭރުމަކުންނެވެ. އޭނާގެ ވާހަކަފުޅު މިފަހަރު ހުރީ ސިޔާސީ ފާޑުކިޔުމެއް ނުވަތަ ސިޔާސީ ތައުރީފަކަށް ފުދޭވަރަށްވުރެ އަސަރުގަދަ މިސްރާބަކަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދެއްކެވި ހައެއްކަ ބޭފުޅުންގެ ތެރެއިން އަސްލަމްގެ ވާހަކަފުޅު މަޑުމައިތިރިވެފައި އަބުއިކަން ބޮޑެވެ. އެހެންނަމަވެސް އެ އެއީ އެހާ ޖަޒުބާތީވެސް ވާހަކަތަކެކެވެ. ހަނދާނުގެ ސޮފުހާތައް ބަންޑުންކޮށްލައްވައި ދެއްކެވި ވާހަކަފުޅުތަކަކީ; މޫދަށް އެރޭނެ ހިތްފަސޭހަ ތަންކޮޅެއް ހޯދުމުގެ ފޮނި ތަސައްވުރުގެ ވާހަކައެވެ. މޫސުމީ އޮއިވަރުގައި ގިރައިގެން ދިޔަ ހޭޅިފަށާއެކު، އަސްލަމްފަދަ އެތައް ބަޔަކު އައްޑޫގައި މޫދަށް އެރި ސަކަމަޖާ ނެގި ދުވަސްތައް މާޒީއަށް ހަދައިފިއެވެ. މިއަދު ހިތަދޫގައި މޫދަށް ދާން ހިތްފަސޭހަ ތަނެއް އޮތުމަކީ އަސްލަމް ދެކެވަޑައިގަންނަވާ ކަޅާއި ހުދުގެ ހުވަފެނެކެވެ.

އައްޑޫ ބަހުރުވައިން "ވަޑަ" ނުވަތަ ވަޅު ފަދަ ތަނެއް، މޫދުގައި ފަތާ ސަރަހައްދެއްގެ ގޮތުގައި އޮތުމަކީ "އޯޝަން ޕޫލްއެއްގެ ފެށުން" ކަމަށް ގަބޫލުފުޅުކުރައްވާކަން އަސްލަމް ފާހަގަކުރެއްވިއެވެ. އެއީ އައްޑޫގެ މެނިފެންސްޓޯގައިވެސް ހިމަނާފައިވާ ކަމެއް ކަމަށާއި، އެ ހިސާބަށް ކަންކަން ފުރިހަމަވުމަކީ އޭނާގެ ބޮޑު އުންމީދެއްކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އަސްލަމްގެ ވާހަކަތައް އިތުރަށް ކުރިއަށް ގެންދެވީ އޭނާގެ ޅަ ދުވަސްވަރުގެ ހަނދާންތަކާ އެކުގައެވެ. ކުރިން ކޯއްޓޭއަށް މޫދަށް ދިޔަ ނަަމަވެސް، މިހާރު މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި މޫދަށް ދެވޭނެ ގޮތް ނެތުމަކީ އާއްމުންގެ ކަންބޮޑުވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަސްލަމްގެ ވާހަކަފުޅު ކުރިއަށްގެންދެވީ އައްޑޫ ބަހުރުވައާއި ދިވެހި ބަސް މަސްހުނިކުރައްވައިގެންނެވެ. ކުޑައިރުގެ ހަނދާންތަކުގެ ވާހަކަތައް ދެއްކެވީ އަސްލަމްގެ މާދަރީ ބަހުންނެވެ.

އަސްލަމްގެ ވާހަކަފުޅުގައި، އޭނާ ކުޑައިރު އެ ސަރަހައްދުތަކުން ފެނުނު ގުދުރަތީ ރީތިކަން މިހާރު ގެއްލިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެފަދަ ތަންތަން ހިމާޔަތްކުރަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. ހިތަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަކީ އެތައް ދުވަހެއް ވަންދެން އޭނާ ދެކެވަޑައިގަތް ހުވަފެނެއްކަމަށް އަސްލަމް ތަކުރާރުކޮށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2019

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މެންބަރުން އެނގެންޖެހޭ!

12 ފެބުރުއަރީ 2019
އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މެންބަރުން އެނގެންޖެހޭ!
20 ސެޕްޓެމްބަރު 2018

އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލަ އަދީބާ ހިސާބުން ނިންމާލެވޭކަށް ނެތް!

20 ސެޕްޓެމްބަރު 2018
އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލަ އަދީބާ ހިސާބުން ނިންމާލެވޭކަށް ނެތް!
18 ސެޕްޓެމްބަރު 2018

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނިޒާމުގެ މައްސަލައެއް ނޫން، ރާވައިގެން ހިންގާފައިވާ 'ޖަރީމާ' އެއް!

18 ސެޕްޓެމްބަރު 2018
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނިޒާމުގެ މައްސަލައެއް ނޫން، ރާވައިގެން ހިންގާފައިވާ 'ޖަރީމާ' އެއް!
23 ޖޫން 2018

އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!

23 ޖޫން 2018
އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!
17 ޖޫން 2018

އަންހެނުންނަކީ ބޮކްސް އޮފީހުގައި 'ވިހައެއް' ނޫންކަން 'ވީރޭ ދި ވެޑިން' އަދި އޯޝަންސް 8' އިން ދައްކާލައިފި!

17 ޖޫން 2018
އަންހެނުންނަކީ ބޮކްސް އޮފީހުގައި 'ވިހައެއް' ނޫންކަން 'ވީރޭ ދި ވެޑިން' އަދި އޯޝަންސް 8' އިން ދައްކާލައިފި!
28 މާރިޗު 2018

އެމްޕީއެލްއިން ކަނޑާލީ އެތައް އަހަރެއްގެ ތަޖުރިބާހުރި ތަޢުލީމީ މީހުން، ބިކަ ކޮށްލީ އެތައް އާއިލާއެއް!

28 މާރިޗު 2018
އެމްޕީއެލްއިން ކަނޑާލީ އެތައް އަހަރެއްގެ ތަޖުރިބާހުރި ތަޢުލީމީ މީހުން، ބިކަ ކޮށްލީ އެތައް އާއިލާއެއް!
16 އޯގަސްޓު 2017

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟
15 ޖުލައި 2017

އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!

15 ޖުލައި 2017
އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!
26 މާރިޗު 2017

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

26 މާރިޗު 2017
!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ
16 ޖެނުއަރީ 2017

ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

16 ޖެނުއަރީ 2017
ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް