Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަަގޭ ރިޕޯޓް

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މެންބަރުން އެނގެންޖެހޭ!

އެމްއެމްޕީއާރުސީގެ ފައިސާ 155 މީހަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުން ހިމެނޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2019 | އަންގާރަ 12:41
ަމަޖިލިސް އިންތިޙާބުގެ ކުރިން 155 އެކައުންޓްގެ ތަފްސީލް ހާމަކުރަން ރައްޔިތުން ދަނީ އެދެމުން

ަމަޖިލިސް އިންތިޙާބުގެ ކުރިން 155 އެކައުންޓްގެ ތަފްސީލް ހާމަކުރަން ރައްޔިތުން ދަނީ އެދެމުން

ދާދި މިދާކަށް ދުވަހު ނޫހަކުން ފެނުނު ސުރުހީއެކެވެ. މަގު މައްޗަށް ކުނިކޮތަޅު އުކާލާ މީހުންގެ ނަން ހާމަކުރާ ވާހަކެއެވެ. އޭގެ ފަހުން މަގު މައްޗަށް ކުނި އެޅި މީހުންގެ ނަން އާންމު ވެސް ކުރިއެވެ. މި ފަދަ ކުޑަ ކަމެއް ކުރި މީހުންގެ ނަން ހާމަކުރެވުނު އިރު، ދައުލަތުގެ ފާއިސާއަށް ހިޔާނާތްތެރިވާ މީހުންގެ ނަން ހާމަނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ އެ ކަން ހާމަކުރަން ކަމާ ބެހޭ ވުޒާރާތަކުން ފަހަތު ފަަހަޔަށް ބުރަވަނީ ކީއްވެހެއްޔެވެ؟

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފާއިސާ 155 މީހެއްގެ އެކައުންޓަށް ވަދެފައިވާ ކަމަށް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސި) އިން ބުނެފައިވާއިރު، އެ 155 މީހުންގެ ތެރެއިން ދެ މީހެއްގެ ނަން ފިޔަވާ އެހެން މީހުންގެ ނަން އަދިވެސް އޮތީ ބޮޑު ސިއްރެއްގެ ގޮތުގައެވެ. މި ދައްކަނީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތުގެ ވާހަކައެވެ. ދުރާލާ ޕްލޭން ކުރެވިގެން ފަސޭހަކަމާ އެކު ބޮޑު ކަރަޕްޝަނެއް ދައުލަތަކުން ހިންގި ކަމުގެ ވާހަކައެވެ. އަދިވެސް އެކަމުގައި ޝާމިލްވާ ގިނަ މީހުން މިނިވަންކަމާ އެކު އުޅެމުން އެބަދެއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފާއިސާ ވަދެފައިވާ 155 މީހުންގެ ނަން ހާމަކުރުމަށް އެކި ޕްލެޓް ފޯމްތަކުގައި ރައްޔިތުން ގޮވަމުން ދާތާ ގިނަ ދުވަސްވެއްޖެއެވެ. އޭސީސީން އެންމެ ފަހުން ހާމަކުރި މައުލޫމާތުތަކަށް ފަހު އެ އަޑު މި ވަނީ ގަދަވެފައެވެ. ހާއްސަކޮށް އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުންތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭތީއެވެ. މީގެ ތެރެއިން ގިނަ މެންބަރުންތަކެއް އޭޕްރީލް މަހު އޮންނަ މަޖިލީހުގެ އިންތިޚާބުގައި ގޮނޑި ދިފާއުކުރުމަށް ގެންދަނީ މަސައްކަތް ވެސް ކުރަމުންނެވެ. އެހެންކަމުން ރައްޔިތުން މަޖިލީހުގެ މިހާރުގެ ގިނަ މެންބަރުން ތިއްބެވީ ވަގު ފައިސާ ލިބިގަނެ އެއިން މަންފާ ހޯދައިގެން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެވޭ އިރު އެއީ ކޮން ބައެއްކަން އެނގުން މުހިންމެވެ. އެއީ ރައްޔިތު މީހާގެ ހައްގެކެވެ.

މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްއެމްޕީއާރުސީގެ ފައިސާ ލިބި އޭގެ މަންފާ ލިބުނު މެންބަރުން އެނގުން މުހިންމުވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ކުރިއަށް އޮތް 19 ވަނަ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަކަށް ހެދުމައްޓަކައި ވެސް އެއީ ކޮންމެހެން އެނގެންޖެހޭ މައުލޫމާތެވެ. ތިމާ ވޯޓު ދޭ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ ނުބައި އަމަލު ހިންގާފައިވާ މީހެއްތޯ ނުވަތަ ނޫންތޯ އެނގުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. އެ މައުލޫމާތު ސިއްރުކޮށްފައި އޮއްވައި އެ ވަގު ފައިސާގެ ހިޔަނީގައި އަލުން މަޖިލީހަށް ހޮވުމަކީ ގައުމަށް ވެވޭ ހިޔާނާތެކެވެ. އެކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި އެ މެންބަރުންނެއް ނޫނެވެ. އެކަން އެނގިހުރެ ސިއްރުކުރި އިދާރާތަކުން ވެސް އެއާ އެއްވަރުގެ ޒިންމާއެއް ނަގަންޖެހޭނެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިފައިވާ މެންބަރުން އަލުން މަޖިލީހަށް ހޮވިއްޖެ ނަމަ އެ މެންބަރުންގެ މަސްލަހަތަށްޓަކައި އެ މައްސަލަ އޮއްބޭނެ ގޮތްތަކާއި އެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ މަސައްކަތްތަކަށް ހުރަސް އެޅޭނެ ގޮތްތައް އެ މެންބަރުން ހޯދާނެއެވެ. މިހާރު ވެސް އެ ކޮމިޝަނަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ވަކި މަދެއް ނޫނެވެ. ކޮމިޝަނަށް ރައީސް ދެއްވަން ބޭނުންފުޅުވާ ބާރުތައް މިހާރު ވެސް ހިފަހައްޓާފައި ވަނީ މަޖިލީހުންނެވެ. އެމްއެމްޕީއާރުސީ އާއި ދައުލަތުގެ ތެރޭގައި ހިނގި އެހެން ކަރަޕްޝަންގެ އަމަލުތަކުން ނާޖާއިޒް ފައިދާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މެންބަރުން އެ މަޖިލީހުގައި ތިބުމަކީ އޭގެ ސަބަބު ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. އެ ކޮމިޝަނަށް ބާރުތައް ނުދީ ދިގު ދެއްމުމުގެ ބޭނުންމަކީ ވެސް އިންތިހާބުގެ ކުރިން މައްސަލަތައް ހިނގައިގަނެ މެންބަރުންގެ ނަންތައް އެ ކޮމިޝަނުން އާންމުކޮށްފި ނަމަ 19 ވަަ މަޖިލީހަށް އެ މެންބަރުންނަށް އައުމަށް އޮތް ފުރުސަތު ހަނިވާނެތީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ވަން 155 އެކައުންޓްގެ ތަފްސީލް ހާމަނުކުރެވެންވީ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތެއެވެ. އެމްއެމްޕީއާރްސީގެ ފައިސާ ވަދެފައި ވަނީ ކޮން ބައެއްގެ އެކައުންޓަށްކަން ސަރުކާރަށް އަދި ދައުލަތުގެ އިދާރާތަކަށް އެނގޭ އިރު އެކަން ހާމަނުކުރަންވީ އެއްވެސް ސަބަބެއް ނެތެއެވެ. އަނެއްކޮޅުން އެ ފައިސާ ވަދެފައިވާ ކަމަށް ތުހުމަތުކުރެވޭ ވަކި ބައެއްގެ ނަން ހާމަކޮށްފައި އަނެއް ބައެއްގެ ނަން ސިއްރުކުރުމަކީ ވެސް އިންސާފާއި ހަމަހަމަކަން ގެއްލޭ ކަމެކެވެ. ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ހާމަކުރުމަކީ ވެސް އިންސާފުން ބޭރުވުމެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަން އެންމެ ބޮޑަށް ތަހުގީގު ކުރި މުއައްސަސާއަކީ އޭސީސީ އެވެ. މި ކަމުގައި ރައްޔިތުންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެގެން ގޮސްފައި ވަނީ ވެސް ހަަމަ އެ މުއައްސަސާއަށެވެ. އޭސީސީން ބުނަމުން ދިޔައީ މި ކަމުގައި ހިމެނޭ މީހުންގެ ނަންތައް ހާމަނުކުރެވިގެން އުޅެނީ މި މައްސަލަ އަދިވެސް ތަހްގީގްކޮށް ނުނިމޭތީ ކަމަށެވެ. މި ކަމުގައި ޝާމިލްވާ ބައެއް ފަރާތްތަކުން ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާތީ އެ މީހުންގެ ބަޔާން ނުނެގިގެންނެވެ. ނަމަވެސް ކަމުގެ ތަޖްރިބާކާރުން ދެކިލައްވާ ގޮތުގައި ކޮންމެހެން އެ މީހުންގެ ބަޔާނާއި ނުލައިވެސް އެމްއެމްޕީއާރްސީގެ ފައިސާ ވަން 155 އެކައުންޓްގެ ތަފްސީލް ހާމަކުރެވެންޖެހޭނެއެވެ. އަދި އެފަދަ ޕޮލިސީއެއް އޭސީސީން ގެންގުޅެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އެ ފަރާތްތަކުން ދެކިލައްވައެވެ.

މިއީ ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލެވެ. މިއީ ރައްޔިތުންގެ ފާއިސާއެވެ. މި ކަމުގައި ވީހާ ވެސް ފުނަށް ފީނުމަށް ރައްޔިތުން ބޭނުންވެއެވެ. ސަރުކާރުން ކޮރަޕްޝަންގައި ޒީރޯ ޓޮލަރެންސް ޕޮލިސީ ގެންގުޅުއްވާ ކަމަށް ބުނުމަކުން ނުފުދެއެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ ފާއިސާ ވަން 155 އެކައުންޓްގެ މައުލޫމާތު ހާމަނުކޮށް ލަސްވެގެންދާ ކޮންމެ ވަގުތަކީ، ހިޔާނާތުގެ ކަންކަމަށް ފަސްއަޅާ ފޮރުވުމަށް މަސައްކަތް ކުރެވިގެންދާނެ ވަގުތެކެއެވެ. އެހެންކަމުން 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމުމަކަށް އައުމުގެ ކުރިން ނުވަތަ ވީހާވެސް އަވަހަކަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ ފާއިސާ ވަން 155 އެކައުންޓްގެ ތަފްސީލް ހާމަކޮށްދޭންޖެހެއެވެ. އޭގެ މަންފާ ލިބުނު މީހުންނާއި އެ ފައިސާ އިން ކެމްޕެއިންކޮށްގެން 19 ވަނަ މަޖިލީހުގެ ގޮނޑި ހޯދުމަށް މަސައްކަތްކުރަނީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގެން އެބަޖެހެއެވެ. ރައްޔިތުންނާ ގުޅުން ހުރި މިފަދަ ހައްސާސީ މައްސަލައެއްގައި ފަހަތަށް ނުޖެހި އަވަސް ފިޔަވަޅު އަޅުއްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

27 މެއި 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

02 އެޕްރީލު 2017
!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

26 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު