Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުން

ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ: އާޒިމް

އެމްޓީސީސީ އިން މި ސަރުކާރުގައި މަސައްކަތެއް ފަށައިފި ނަމަ އެ މަސައްކަތް ކުރިއަށް ނުގެންގޮސް ނުހުންނާނެކަމުގެ ޔަގީންކަން އާޒިމް ވަނީ ދެއްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 އޮކްޓޯބަރު 2022 | ބުރާސްފަތި 04:12
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސ.ހިތަދޫ ބަނދަރު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެ މަޝްރޫއު އަކީ ހިތަދޫގެ ގިނަ ބަޔަކު އެ މަޝްރޫޢުއަކަށް އިންތިޒާރުކުރަމުން އައި މަޝްރޫޢުއެއް ކަަމަށެވެ. އެެހެންކަމުން އެ މަސައްކަތް ކިހާ އަވަހަކަށް ނިންމާލާނެތޯ އާއްމުން ސުވާލު ކުރާ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެމްޓީސީސީއިން ފަށާ އެއްވެސް މަސައްކަތެއް ނުނިންމާ ދޫކޮށް ނުލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ހިތަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 5 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމާއި، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙުމަދު ރަޝީދާއި، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ނާޒިލްއާއި، އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

64.11 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙުގެ ސަރުކާރުން ހިންގަވާ ވަރަށް މުހިއްމު މަޝްރޫޢެއް ކަމަށް އެމްޓީސީސީ އިން ވަނީ ފާހަގަކޮށްފައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، ހިތްފަސޭހަ އަތިރި މައްޗަކާއި ފަތާ ސަރަހައްދެއް ސ. ހިތަދޫގެ ރައްޔިތުންނަށް ލިބިގެންދާނެކަން އެ ކުންފުނިން ބުނެއެވެ. މި މަޝްރޫޢުގެ ދަށުން، 6891 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 975 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުންކުރުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 570 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ސްޓްރަކްޗަރ ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު