Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގުގެ އަގުވަޒަންކުރުން

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްޤީކުރުމުގައި ދިރާގުން އަދާކޮށްފައިވާ ދައުރު އަގުވަޒަންކޮށްފި

ދެ އެވޯޑު ވެސް ދިރާގަށް ލިބިފައިވަނީ ދިވެހިރާއްޖޭގެ މުވާސަލާތީ ޚިދުމަތް ތަރައްޤީކޮށް މީގެ ސަބަބުން ޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރުމުގައި އެ ކުންފުނިން އަދާކޮށްފައިވާ ދައުރަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 އޮކްޓޯބަރު 2022 | ބުދަ 09:31
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްޤީކުރުމުގައި ދިރާގުން އަދާކޮށްފައިވާ ދައުރު އަގުވަޒަންކޮށް ވަނީ އެވޯޑު ދީފައި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްޤީކުރުމުގައި ދިރާގުން އަދާކޮށްފައިވާ ދައުރު އަގުވަޒަންކޮށް ވަނީ އެވޯޑު ދީފައި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްޤީކުރުމުގައި ދިރާގުން އަދާކޮށްފައިވާ މުހިންމު ދައުރު ދިވެހި ސަރުކާރާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ފާހަގަކޮށް އެކުންފުނީގެ އަގުވަޒަންކޮށްފިއެވެ.

މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 3 އޮކްޓޫބަރުގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ހަފްލާގައި ދިރާގަށްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ދެއްވާ 'ޕްރެޒިޑެންޓްސް ގޯލްޑް އެވޯޑް ފޮރ އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޝަންސް ޓު ދަ ޑިވެލޮޕްމަންޓް އޮފް ޓޫރިޒަމް އިން ދަ މޯލްޑިވްސް' އެވޯޑް ލިބިފައެވެ.

މީގެ އިތުރުން، އެކުންފުންޏަށްވަނީ މަޓީގެ ފަރާތުން އަގުވަޒަންކުރުމުގެ 'ފަތުރުވެރިކަމުގެ 50 އަހަރު' އެވޯޑު ލިބިފައެވެ. މި ދެ އެވޯޑު ވެސް ދިރާގަށް ލިބިފައިވަނީ ދިވެހިރާއްޖޭގެ މުވާސަލާތީ ޚިދުމަތް ތަރައްޤީކޮށް މީގެ ސަބަބުން ޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރުމުގައި އެ ކުންފުނިން އަދާކޮށްފައިވާ ދައުރު ފާހަގަކުރުމުގެ ގޮތުންނެވެ.

ދިރާގުން ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ 'ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް' އެވޯޑްއާއި މަޓީގެ ފަރާތުން ދެއްވި '50 އަހަރުގެ ޓޫރިޒަމް' އެވޯޑު ލިބުމަކީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަޚުރެއްކަމަށް ބުނެފައެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި އެކުންފުނީގެ ހިއްސާ އަގުވަޒަންކޮށް ދެއްވި އެވޯޑްތަކަށް ދިވެހި ސަރުކާރަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ދިރާގުންވަނީ ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން، ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މި ދާއިރާ އިތުރަށް ކުރިއަރުވާ ތަރައްޤީކޮށް ޒަމާނީ އައު ބަދަލުތަކެއް ދިވެހި ފަތުރުވެރިކަމަށް ގެނެސްދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ. 

ދިރާގުފަތުރުވެރިކަމުގެ ރަން އަހަރު 2022މަޓީ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި
27 ނޮވެމްބަރު 2025

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް
25 ނޮވެމްބަރު 2025

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި
07 ނޮވެމްބަރު 2025

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު