Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ކުރީގެ ކްލަބް ޗެލްސީއާ ދެކޮޅަށް ނުކުތުމަކީ ޖިރޫޑްއަށް އުފަލެއް!

އޭސީ މިލާން އޮތީ ގްރޫޕްގެ އެއްވަނާގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2022 | ބުދަ 02:35
ޖިރޫޑް ޕްރެކްޓިސްގައި

ޖިރޫޑް ޕްރެކްޓިސްގައި

ޗެމްޕިއަންސް ލީގުގައި ކުރީގެ ކްލަބް ޗެލްސީއާ ދެކޮޅަށް ނުކުތުމަކީ އުފަލެއް ކަމަށް އޭސީ މިލާންގެ ފޯވާޑް ޖިރޫޑް ބުނެފިއެވެ.

ގްރޫޕް ސްޓޭޖްގައި ބުދަ ދުވަހުގެރޭ 00:00 ގައި ޗެލްސީގެ ދަނޑުގައި, ޗެލްސީއާ ދެކޮޅަށް އޭސީ މިލާން ނުކުންނާނެއެވެ. ފުޓުބޯޅަ މެޗަށް ނުކުންނައިރު މިލާންގެ އިސް ފޯވާޑަކީ ކުރިން ޗެލްސީއާއެކު ޗެމްޕިއަންސް ލީގު އުފުލާލި ޖިރޫޑްއެވެ. މިދިޔަ ސީޒަންގައި އޭސީ މިލާނަށް ބަދަލުވެ, މިލާނަށް ސެރީ އޭ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ފޯވާޑް ބުނީ ޗެލްސީގެ ދަނޑަށް އެބުރު ދިއުމަކީ ޚާއްޞަ އުފަލެއްކަމަށެވެ. އަދި ޗެލްސީގެ ސްޓޭޑިއަމުން އޭނާއަށް މަރުހަބާ ކިޔާނެކަމަށް އުއްމީދުކުރާކަމަށެވެ.

ޖިރޫޑް ބުނީ އޭނާ ކްލަބް ދޫކޮށްލީ ވެސް ރަނގަޅަށް ކަމަށާއި, އެހެންކަމުން ރަނގަޅަށް ކަންތައްތައް ވާނެކަމަށް އުއްމީދުކުރާކަމަށެވެ. ޗެލްސީގައި މިހާރުވެސް އޭނާއާއެކު ކުޅުނު ގިނަ ކުޅުންތެރިންތަކެއް ތިބިކަން ފާހަގަކޮށް ޖިރޫޑް ބުނީ އެ ކުޅުންތެރިން އޭނާއަށް އެނގޭކަމަށެވެ. އެކަމަކު ކޯޗު ބަދަލުވެފައިވުމުން ޗެލްސީން ކުޅޭނީ ކިހިނެއްކަން ނޭންގޭކަމަށެވެ.

މެޗަށް ނުކުންނައިރު ޗެލްސީގެ މިޑްފީލްޑަރު ކާންޓޭއާއި ކީޕަރު މެންޑީ ވަނީ އަނިޔާއަށްފަހު ތަމްރީނުތަކަށް ނުކުމެފައެވެ. އަދި މިޑްފީލްޑަރު ޖޯޖީނިއޯއާއި, ފޯވާޑް ކައި ހާވާޓްޒް ވެސް ޓީމާއެކު އަންނަނީ ފަރިތަކުރަމުންނެވެ.

މިމެޗު އެންމެ ބޮޑަށް ޚާއްޞަވާ 36 އަހަރުގެ ޖިރޫޑް ވަނީ ޗެލްސީއާއެކު ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫރޮޕާ ލީގާއި އެފްއޭކަޕް ވެސް އުފުލާލާފައެވެ. ޗެލްސީ ދޫކޮށް އިޓަލިއަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. ޗެލްސީއާއި އޭސީ މިލާން ހިމެނޭ ގްރޫޕްގެ އެއްވަނާގައި އޮތީ މިލާނެއެވެ. ޕޮއިންޓަކާއެކު ޗެލްސީ އޮތީ ފުލުގައެވެ.

އޮލިވިއޭ ޖިރޫއޭސީ މިލާން

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ޖިރޫޑް، ފްރާންސްގެ ލީލް އަށް ބަދަލުވަނީ

ޖިރޫޑް، ފްރާންސްގެ ލީލް އަށް ބަދަލުވަނީ

28 ޖޫން 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި

އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި

07 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު