Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ކަންކަން ރަނގަޅުވާނީ ކަރުދާހުގައި ޕްލޭން އޮވެގެނެއް ނޫން، އަމަލީ ރަނގަޅު މަސައްކަތެއް ކުރެވިގެން: ސޮބާ

ސޮބާ ބުނީ ކާމިޔާބަކީ އޮވާ ނައިޓަކުން ހޯދޭނެ އެއްޗެއް ނޫން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އޮކްޓޯބަރު 2022 | ބުދަ 02:30
ކޯޗު ސޮބާ އެފްއޭއެމްގެ އިސްވެރިންނާއެކު

ކޯޗު ސޮބާ އެފްއޭއެމްގެ އިސްވެރިންނާއެކު

ރާއްޖޭގެ ފުޓުބޯޅަ ރަނގަޅު ވާނީ ކަރުދާހުގައި ޕްލޭން ކޮށްގެން ނޫން ކަމަށާއި، އަމަލީ ރަނގަޅު މަސައްކަތެއް ކުރެވިގެން ކަމަށް ނިއު ރޭޑިއަންޓުގެ ކޯޗު މުޙައްމަދު ސޮބާ (ސޮބާ) ބުނެފިއެވެ.

ސޮބާ އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ފުޓުބޯޅަ އޮތް ޙާލަތާ މެދު ވަރަށް ބޮޑަށް ކަން ބޮޑުވުން ފާޅުކޮށްފައެވެ. ޕޯސްޓުގައި ސޮބާ ބުނީ ފުޓުބޯޅައިގައި އޮތީ ކޮން ޕްލޭނެއްތޯ އާއި ކުރެވުނީ ކޮން މަސައްކަތެއް ތޯއެވެ. ސޮބާ ބުނީ ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ މުބާރާތް ފެށެން މަހަކަށް ކައިރިވީމަ ކަމަށެވެ. ނަމަވެސް މުބާރާތް އޮންނަކަން އެނގެނީ ކުއްލި އަކަށް ނޫން ކަމަށާއި، މާ ކުރިން ވެސް އޮންނަ ކަން އެނގޭ ކަމަށް ސޮބާ ބުންޏެވެ.

މީގެ އިތުރުން ސޮބާ ބުނީ ކާމިޔާބަކީ އޮވާ ނައިޓަކުން ހޯދޭނެ އެއްޗެއް ނޫން ކަމަށެވެ. އެކަމުގައި ކުޅުންތެރިންގެ މައްސަލައެއް ނެތްކަން ސޮބާ ވަނީ ފާހަގަކޮށްފައެވެ. އޭނާ ބުނީ ކުދިންނަށް ލިބިފައި ހުރި ފަރިތަކުރުންތަކުގެ އަލީގައި ހުރިހާ ކުދިން ވެސް ވަރަށް މަސައްކަތް ކުރާ ކަމަަށެވެ. ނަމަވެސް އެ ކުދިންނަށް މަދު ވަނީ އިންޓަނޭޝަނަލް މެޗުތަކާއި، އެ މެޗުތަކުގައި ކުޅޭނެ އިތުބާރުކަމަށް ސޮބާ ބުންޏެވެ.

ޔޫތު ޑިވެލޮޕްމަންޓުގައި ވެސް މަސައްކަތް ކުރަމުން އަންނަ ސޮބާ ބުނީ، ކުދިންނަށް ދެމިގެންދާނެ ގޮތަކަށް ފަރިތަކުރުންތައް ބޭނުންވާ ކަމަށެވެ. އަދި އެކުވެރިކަމުގެ މެޗުތަކާއި، މުބާރާތްތައް ބޭނުންވާ ކަމަށެވެ. ސޮބާ ބުނީ ގިނަ ފަހަރަށް ފެންނަނީ މެޗެއް ކުޅެ ވެސް ނުލައި، މުބާރާތަށް ފުރައިގެންދާ މަންޒަރު ކަމަށެވެ. އެގޮތަށް ގޮސް ކުއްލިއަކަށް މެޗަށް އެރީމަ، ކުޅުންތެރިން ހާސްވެ، ގިނަ ގޯސްތަކެއް ހެދޭނެ ކަން ސޮބާ ވަނީ ފާހަގަކޮށްފައެވެ.

ޕޯސްޓު ނިންމާލަމުން ސޮބާ ވަނީ ސުވާލެއް އުފައްދާފައެވެ. އެއީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި ނުވަތަ ޔޫތު ޑިވެލޮޕްމަންޓުގެ ތެރޭގައި ތިބީ މި ކަންކަން ނުދަންނަ ވަރުގެ މީހުންތޯއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ސޮބާހު މުޙައްމަދުގައުމީ ހޭންޑްބޯލް ޓީމު

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި
18 ނޮވެމްބަރު 2025

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
26 އޮކްޓޯބަރު 2025

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު