Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްލަބް އޭދަފުށި، ނުކުޅެ ފުރަތަމަ ޑިވިޝަނަށް

ނުކުޅެ ޗެމްޕިއަންކަން ބޭނުމެއްނޫން، މިއީ ވަރަށްބޮޑު ގެއްލުމެއް- ކްލަބް އޭދަފުށި

4 އޮކްޓޯބަރު 2022 | އަންގާރަ 17:24

އޭދަފުށި ފުރަތަމަ ޑިވިޝަނަސް ދިޔައީ ދެވަނަ ޑިވިޝަން ނުކުޅެ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 4 އޮކްޓޯބަރު 2022 | އަންގާރަ 17:24
ޤައުމީ ޓީމާ ދެކޮޅަށް ނުކުތް ކްލަބް އޭދަފުށި - ފޮޓޯ: ކްލަބް އޭދަފުށި

ޤައުމީ ޓީމާ ދެކޮޅަށް ނުކުތް ކްލަބް އޭދަފުށި - ފޮޓޯ: ކްލަބް އޭދަފުށި

މުބާރާތުގައި ނުކުޅެ, ވާދަނުކޮށް, އަނެއްބުރަށް ދާންވެސް އަދި ޗެމްޕިއަންކަންވެސް ބޭނުންނުވާކަމަށް ކްލަބް އޭދަފުށިން ބުނެފިއެވެ.

ކްލަބް އޭދަފުށިން މިހެން ބުނެފައިމިވަނީ ސެންޓްރަލް ލީގުގެ ގްރޫޕް އޭގައި ބައިވެރިވި ތިން ޓީމްގެ ތެރެއިން ދެ ޓީމް ފަހު ވަގުތު މުބާރާތުން ވަކިވުމުން, މެޗެއް ނުކުޅެ ސެންޓްރަލް ލީގުގެ ފުރަތަމަ ޑިވިޝަންގެ ޖާގަ ލިބިފައިވަނިކޮށެވެ. އެ ގްރޫޕްގައި ވާދަކުރަން އޮތް ހިންނަވަރާއި ނައިފަރު މުބާރާތުން ވަކިވީ މުބާރާތުގެ އެ ގްރޫޕްގެ މެޗުތައް ފަށަން ގާތްވެފައިވަނިކޮށެވެ. މިމަހުގެ ފުރަތަމަ ހަފުތާގައި ފަށަން އޮތް އެ ގްރޫޕްގެ މެޗުތައް ކުޅޭގޮތަށް އޮތީވެސް އޭދަފުށި ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.

ކްލަބް އޭދަފުށީގެ ބޯޑް މެންބަރު އަދި ކުރިން މޮޅަށް ކުޅުނު އަބްދުލްމަޖީދު ހަސަން ބުނީ، ނުކުޅެ ޗެމްޕިއަންކަން ހޯދަން ކްލަބް އޭދަފުށިން ބޭނުންނުވާކަމަށެވެ. ބޭނުންވަނީ ވާދަކޮށްގެން މޮޅުވެގެން ޗެމްޕިއަންކަން ހޯދަން ކަމަށާއި, ތައްޔާރުވީވެސް އެވިސްނުމުގައިމަމަށެވެ.

ކްލަބް އޭދަފުށިން މުބާރާތަށް ތައްޔާރުވަމުން އައީ އޭ ލައިސަންސް ކޯޗު މުހައްމަދު އާތިފްގެ ބެލުމުގެ ދަށުންނެވެ. އަދި ބިދޭސީ ތިން ކުޅުންތެރިން ގެނެސް ޓީމް ވަރުގަދަކުރިއެވެ. އެކަމަކު މިހާރު ކޯޗާއި ބިދޭސީ ތިން ކުޅުންތެރިންވެސް ވަނީ ފޮނުވާލާފައެވެ. އެކަމަށް ބޮޑު ޚަރަދުތަކެއް ހިނގާފައިވުމުން، އެއީ ކްލަބް އޭދަފުއްޓަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމަށް އެކްލަބުން ބުނެއެވެ. އަދި އެކްލަބްގެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިނުދެވުމަކީ މާބޮޑު ގެއްލުމެއްގެގޮތުގައި ކްލަބުން ގަބޫލުކުރެއެވެ.

މީގެއިތުރުން މުބާރާތް ހޯސްޓްކުރަން އޭދަފުށި ސްޓޭޑިއަމް ރަނގަޅު ހާލަތަށް ގެނައުމަށްޓަކައި، އެސްޓޭޑިއަމް އަޅައިދެއްވި އަހުމަދު ނަޒީރު ބޮޑު ހޭދައެއްކުރެއްވި ކަމަށާއި, މަސައްކަތް ނިންމުމަށް 24 ގަޑިއިރު މަސައްކަތްކުރި ކަމަށް ކްލަބުން ބުނެއެވެ. ނަމަވެސް ފަހުވަގުތު މުބާރާތް ނުކުޅެވޭކަން އެނގުން އެއީ ވަރަށް ބޮޑު ދެރައަކާއި ހިތްދަތިކަމެއްކަމަށް އަބުދުލްމަޖީދު ބުންޏެވެ.

ކްލަބް އޭދަފުށި ސެންޓްރަލް ލީގުގެ ދެވަނަ ޑިވިޝަނުން ޖާގަ ހޯދީ އޯޕަން ރައުންޑްގައި ވާދަކޮށް ކުރިހޯދައިގެންނެވެ.

ކުލަބް އޭދަފުށި

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2023

ވާހިދު: އުއްމީދުގެ ދަންމަރު ދިއްލައިދިން ފަހުރުވެރި ލެޖެންޑް

05 ނޮވެމްބަރު 2023
ވާހިދު: އުއްމީދުގެ ދަންމަރު ދިއްލައިދިން ފަހުރުވެރި ލެޖެންޑް
29 އޮކްޓޯބަރު 2023

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމް: އެހެން ރަށްރަށާއި ސަރުކާރަށް ވެސް ނަމޫނާއެއް

29 އޮކްޓޯބަރު 2023
އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމް: އެހެން ރަށްރަށާއި ސަރުކާރަށް ވެސް ނަމޫނާއެއް
27 އޮކްޓޯބަރު 2023

އޭދަފުށީ ކަޕް: އިއްބެގެ ދެ ގޯލުން ޗެމްޕިއަންކަން ހުސްސޮންގުން ޓީމަށް

27 އޮކްޓޯބަރު 2023
އޭދަފުށީ ކަޕް: އިއްބެގެ ދެ ގޯލުން ޗެމްޕިއަންކަން ހުސްސޮންގުން ޓީމަށް
27 އޮކްޓޯބަރު 2023

އޭދަފުށި ތާރީޚުގެ ތެރެއަށް: ފުޓްބޯޅަ މުބާރާތުގެ ޓިކެޓް ބްލެކް މާކެޓަށް

27 އޮކްޓޯބަރު 2023
އޭދަފުށި ތާރީޚުގެ ތެރެއަށް: ފުޓްބޯޅަ މުބާރާތުގެ ޓިކެޓް ބްލެކް މާކެޓަށް
27 އޮކްޓޯބަރު 2023

އޭދަފުށީ ކަޕް: ތައްޓާމެދު އުއްމީދު އެބައޮތް: ކޯޗު ނިޔާ

27 އޮކްޓޯބަރު 2023
އޭދަފުށީ ކަޕް: ތައްޓާމެދު އުއްމީދު އެބައޮތް: ކޯޗު ނިޔާ
27 އޮކްޓޯބަރު 2023

އޭދަފުށީ ކަޕް ފައިނަލް: ޝަރަފުވެރި މެހުމާނަކަށް ސެމްބެ

27 އޮކްޓޯބަރު 2023
އޭދަފުށީ ކަޕް ފައިނަލް: ޝަރަފުވެރި މެހުމާނަކަށް ސެމްބެ
30 ސެޕްޓެމްބަރު 2022

މެޗެއް ނުކުޅެ ކްލަބް އޭދަފުށި ސެންޓްރަލް ލީގުގެ ފުރަތަމަ ޑިވިޝަނަށް

30 ސެޕްޓެމްބަރު 2022
މެޗެއް ނުކުޅެ ކްލަބް އޭދަފުށި ސެންޓްރަލް ލީގުގެ ފުރަތަމަ ޑިވިޝަނަށް
07 ސެޕްޓެމްބަރު 2022

ޕެނަލްޓީގައި އޭދަފުށި ބަލިކޮށް، ފައިނަލްގެ ދެވަނަ ޖާގަ ހިންނަވަރަށް

07 ސެޕްޓެމްބަރު 2022
ޕެނަލްޓީގައި އޭދަފުށި ބަލިކޮށް، ފައިނަލްގެ ދެވަނަ ޖާގަ ހިންނަވަރަށް
03 ސެޕްޓެމްބަރު 2022

ލީގު ބުރުގެ އެއްވަނަ ނައިފަރު ޗެލްސީއަށް، ދެވަނަ ކްލަބް އޭދަފުއްޓަށް!

03 ސެޕްޓެމްބަރު 2022
ލީގު ބުރުގެ އެއްވަނަ ނައިފަރު ޗެލްސީއަށް، ދެވަނަ ކްލަބް އޭދަފުއްޓަށް!
31 އޯގަސްޓު 2022

ނައިފަރުން ކްލަބް އޭދަފުށި ބަލިކޮށްފި

31 އޯގަސްޓު 2022
ނައިފަރުން ކްލަބް އޭދަފުށި ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް